ލިބޭ މަގާމުތަކަށްވުރެ މުހިންމީ ޕީއެންސީ ސަރުކާރުގެ ސިޔާސަތު ބައްޓަންވާނެ ގޮތް: ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު (ކ) އަދި އެ ޕާޓީ ލީޑުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު : ޑިމޮކްރެޓުންނަށް މުހިންމީ އާ ސަރުކާރުގެ ސިޔާސަތުތައް އެ ޕާޓީގެ ވިސްނުމާ އެއްގޮތްވުން ކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިމޮކްރެޓުންގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު (ކ) އަދި އެ ޕާޓީ ލީޑުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު : ޑިމޮކްރެޓުންނަށް މުހިންމީ އާ ސަރުކާރުގެ ސިޔާސަތުތައް އެ ޕާޓީގެ ވިސްނުމާ އެއްގޮތްވުން ކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީއިން އެކުލަވާލާ ސަރުކާރަކުން ލިބޭ މަގާމުތަކަށްވުރެ މުހިންމީ އެ ޕާޓީން ގަބޫލުކުރާ މިންގަނޑުގެ ތެރެއިން އާ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވުން ކަމަށް ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހެންވާރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހ.މައިޒާންދޮށު ގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ، އަލަށް އެކުލަވާލެވޭ ސަރުކާރުގައި ބައިވެރިވުމާމެދު ކުރެވޭ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުލްރަހީމް އަބްދުﷲ އާ އެކުވެސް މި މަހުގެ ތެރޭ ބައްދަލުކޮށް ޕީއެންސީގެ ސަރުކާރުގައި ޑިމޮކްރެޓުން ދެކެން ބޭނުންވާ ކަންކަން ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއުޅެނީ ކޮންމެހެން ސަރުކާރެއްގެ ކިތައް މަގާމުގަތޯ ޑިމޮކްރެޓްސް ތިބޭނީ [ބެލުމަށް] އެވާހަކަތަކެއް ނޫނޭ އެހާ ބޮޑަކަށް ދައްކަމުން މިދަނީ، އެއަށްވުރެ ބޮޑަށް ބޭނުމޭ އަޅުގަނޑުމެން ހިމެނޭ ސަރުކާރެއްގަ ވެއްޖިއްޔާ އަޅުގަނޑުމެން ބޭނުންވާ ސިޔާސަތުތަކެއް ރައީސް އަދި ސަރުކާރުން ހިންގުން"

ތަފުސީލުކޮށްދެއްވަމުން ހަސަން ލަތީފު ވަނީ ފަރުދީ ތަނަވަސްކަމާއި އަބުރުވެރި ހަޔާތެއް ރައްޔިތުންނަށް ލިބޭނެ ގޮތެއް ހެދުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލޭނެ ސިޔާސަތުތަކެއް އާ ސަރުކާރުން ބައްޓަން ކުރުމަށް ބައްދަލުވުންތަކުގައި އެދި، ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، ސިޔާސަތުގެ ތަކުގެ އިތުރުން އެކަންކަން ތަންފީޒުކުރުމަށް ސަރުކާރުގައި ހިމެނޭ ޕާޓީއެއްގެ ގޮތުން ބައިވެރިވާން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި އެކި ލެވެލްތަކުގައި ޑިމޮކްރެޓުން ޝާމިލްވާނެ ކަމުގެ ޔަގީންކަން ޕީއެންސީއިން ދީފައިވާ ކަމަށްވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރެއްވި ހަސަން ލަތީފު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލަތަކަށްފަހު އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. އެމްޑީޕީގެ 13 މަޖިލިސް މެންބަރަކާވެސް އެކު އުފެއްދި ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި އެވެ.

ދެވަނަ ބުރުގައި އެމްޑީޕީ އަދި ޕީއެންސީއާއެކު މަޝްވަރާ ތަކެއް ކުރި ނަމަވެސް އެ ޕާޓީން ނިންމީ ރަސްމީކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ. ނަމަވެސް، ޕާޓީގެ ލީޑަޝިޕުގެ ބައެއް މެންބަރުންނާއި އާންމު މެންބަރުން ވަނީ ދެވަނަ ބުރުގައި ޕީއެންސީއަށް ކެމްޕޭން ކޮށްދެއްވާފަ އެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒުވެސް ވަނީ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާފަ އެވެ.

އެއާއެކު އަލަށް އުފެދޭ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވުމަށް ޕީއެންސީއާއެކު މަޝްވަރާތައް ވަނީ ފަށާފަ އެވެ. ނަމަވެސް، އާ ސަރުކާރުން ލިބޭ މިންވަރެއް ނުވަތަ މަގާމުތަކެއް ދެ ޕާޓީން ކުރެ ޕާޓީއަކުން އަދި ރަސްމީކޮށް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox