"ފަލަސްތީނާއެކު ދިވެހިން" ބޮޑު ހިނގާލުން: އެންމެން ގޮވާލީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރަން

މިރޭ ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން: ގިނަ ބަޔަކު އެދެނީ އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރަން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިރޭ ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން: ގިނަ ބަޔަކު އެދެނީ އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރަން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފަލަސްތީނާއެކު ދިވެހީން ތިބިކަން ހާމަކޮށް ފަލަސްތީނު މިނިވަންކުރަން ގޮވާލަން މާލޭގައި މިރޭ ބޭއްވި ބޮޑު ހިނގާލުމަށް ގިނަ ބަޔަކު ބައިވެރިވެ، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލައިފި އެވެ.

ރަސްފަންނު ބީޗުން ފެށި މި ހިނގާލުމުގައި ފަލަސްތީނުގެ ދިދަ ތަކާއި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅު ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއި އިޒްރޭލު ބޮއިކޮޓްކުރަން ގޮވާލާ ބޮޑު ހިފައިގެން ތިބި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެ އެވެ.

އެ ހިނގާލުމުގައި އެއް އަޑަކުން އިވެމުން ދިޔައީ ތަކުރީބުގެ އަޑާއި ފަލަސްތީނު މިނިވަން ކުރުން ގޮވާ އަޑެވެ. އަދި އިޒްރޭލު ބޮއިކޮޓް ކުރުމަށާއި ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރަން ވެސް ހިނގާލުމުގެ ބައިވެރިން ވަނީ އަޑުހަރުކޮށް ތަކުރާރުކޮށް ގޮވާލާފަ އެެވެ.

މިރޭގެ އެއްވުމުގެ ތެރެއިން: ހިނގާލުން ބޭއްވީ މަޖީދީ މަގުގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
މިރޭގެ އެއްވުމުގެ ތެރެއިން: ހިނގާލުން ބޭއްވީ މަޖީދީ މަގުގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިރޭގެ އެއްވުމުގެ ތެރެއިން: ހިނގާލުން ބޭއްވީ މަޖީދީ މަގުގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އިޒްރޭލާ ދެކޮޅު މާހައުލެއް ދިވެހިރާއްޖޭގައި އުފެދި، ވަރުގަދަވަމުންދާ ކަމަށް ބުނެ އެ ގައުމުގެ ރަައްޔިތުންގެ ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފަ އެވެ.

އޮކްޓޯބަރު 7، އިން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން އަންނަނީ ގާޒާއަށް ބޮން އަޅަމުންނެވެ. ގާޒާގެ އާއްމުން އުޅޭ ތަންތަނަށާއި ހޮސްޕިޓަލުތަކަށްވެސް އިޒްރޭލުން ބޮން އަޅައި އެތައް ތަނެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްފަ އެވެ. އަދި ގާޒާ އިން ކަރަންޓާއި ފެނާއި ކަނޑާލާފައިވާއިރު ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީ ތަކެތި އެތެރެކުރުން ވެސް އިޒްރާއިލުން ވަނީ ހުއްޓުވާފަ އެވެ.

މި ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 4،137 މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެ އެވެ. އަދި މި ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލައި އެއްވުންތައް އަންނަނީ ބާއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox