ހުލާސާކޮށް އިއްޔެ: ފަލަސްތީނަށް އެސްޓީއޯ ގްރޫޕުގެ ދީލަތި އެހީއެއް

Oct 18, 2023, 2:28 AM
އެސްޓީއޯ ގްރޫޕްގައި ކުންފުނިތަކުގެ އިސްވެރިން ފައިސާގެ އެހީގެ ރަމްޒީ ޗެކް ދައްކާލަނީ. މި އެހީ ހަވާލުކުރީ ފަލަސްތީނަށް އެހީވުމަށް އިއްޔެ ކުރިއަށް ގެންދިޔަ ޓެލެތޯނުގައި. -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ގްރޫޕްގައި ކުންފުނިތަކުގެ އިސްވެރިން ފައިސާގެ އެހީގެ ރަމްޒީ ޗެކް ދައްކާލަނީ. މި އެހީ ހަވާލުކުރީ ފަލަސްތީނަށް އެހީވުމަށް އިއްޔެ ކުރިއަށް ގެންދިޔަ ޓެލެތޯނުގައި. -- ފޮޓޯ: އެސްޓީއޯ

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާ އިއްޔެ ހަދިޔާ ކުރި އެވެ.

އޮކްޓޯބަރު ހަތެއްގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދުކޮށްލާފައިވާއިރު އެސްޓީއޯއިން ވެސް ވަނީ މި ދަނޑިވަޅަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އުދުވާނެއް ހިންގަމުންދާ ދަނޑިވަޅެއް ކަމަށް ބުނެފަ އެވެ.

ރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައެއްގެ ގޮތުގައި ތިބި ބައެއް ކަމަށާއި މިހާރު ހިންގަމުންދާ އުދުވާނާ ގުޅިގެންވެސް ދިވެހިން ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފައިވާކަން އެސްޓީއޯއިން ފާހަގަކުރި އެވެ.

މި އެއް މިލިއަން ރުފިޔާ ހަދިޔާކުރުމުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް، އެމްއެސްއެސް އަދި އެފްއެސްއެމްއިން ބައިވެރިވި އެވެ.

އެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ރުފިޔާގެ އެހީ ހަވާލުކުރީ ފަލަސްތީނަށް އެހީ ހޯދަން އިއްޔެ ކުރިޔަށް ގެންދިޔަ "އަހަރުމެން ފަލަސްތީނާއެކު" ޓެލެތޯނުގެ ތެރެއިންނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

އައިލެންޑު އޭވިއޭޝަނުން މާފަރު އެއާޕޯޓުގައި ހެދި ފިއުލް ފާމް. މިއީ އެ ކުންފުނީގެ ފުރަތަމަ ފިއުލްފާމް. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
އައިލެންޑު އޭވިއޭޝަނުން މާފަރު އެއާޕޯޓުގައި ހެދި ފިއުލް ފާމް. މިއީ އެ ކުންފުނީގެ ފުރަތަމަ ފިއުލްފާމް. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

އައިލެންޑު އޭވިއޭޝަނުން މާފަރު އެއާޕޯޓުގައި ހެދި ފިއުލް ފާމް. މިއީ އެ ކުންފުނީގެ ފުރަތަމަ ފިއުލްފާމް. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox