އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަން ރައީސް ގޮވާލައްވައިފި

Oct 16, 2023, 2:24 PM
ރައީސް ސޯލިހު: ވިދާޅުވީ އިޒްރޭލުން ހިންގަނީ ލާއިންސާނީ ޖަރީމާތަކެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު: ވިދާޅުވީ އިޒްރޭލުން ހިންގަނީ ލާއިންސާނީ ޖަރީމާތަކެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަގުވާމީ މުޖުތަމައުން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތާބެއްގައި ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުގެ ސިފައިން ހިންގާ "ލާއިންސާނީ، އަނިޔާވެރި" އަމަލުތައް އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރިކުރާ ކަމަށެވެ. އަދި އެ ޖަރީމާތައް ތަހުގީގު ކުރުމަށް ހުރިހާ ދިވެހިންގެ ނަމުގައި ގޮވާލާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގާޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް އަޅުގަނޑުމެން ކުށްވެރިކުރަނީ އެންމެ ހަރުކަށި ޢިބާރާތުން،" ރައީސް ވިދާޅުވި އެވެ. "ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ތަހުގީގުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލަން."

އޭގެ އިތުރުން ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން، ކާފަރުންގެ އަތްމަތީގައި ޝަހީދުވަމުންދާ ދިޔުމަކީ އިސްލާމީ އުއްމަތަށް ލިބޭ ބޮޑު ހިތާމައެއް ކަމަށެވެ. އަދި ވިދާޅުވީ ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، މުސްލިމުންގެ މުގައްދަސް ބިނާތަކަށް ގެއްލުންދިނުމަކީ "އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ހަންޖަރެއް" ކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް އަޅުގަނޑުމެން ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެތައް މިލިޔަން އަހުންނާއި އުހުތުންނެއް، ގައިރު މުސްލިމުންގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެ އަދި ޒަހަމްވަމުންދާކަމީ، މުޅި އިސްލާމީ އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތާމައެއް،" ރައީސް ވިދާޅުވި އެވެ. "ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ ބިމުގައިވާ މުސްލިމުންގެ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑަމުން ދިޔުމަކީ، އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ހަންޖަރެއް."

ފަލަސްތީނު މިނިވަން ކުރުމަށް ހަމާސް އިން އިޒްރޭލަށް ހަމަލާދޭން ފެށީ އޮކްޓޯބަރު 7، ގަ އެވެ. އޭގެ ފަހުންް އިޒްރޭލުން ވަނީ ފަލަސްތީނުގެ 3000 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވަރަށް ގިނަ އެވެ. އަދި އެ ހަމަލާތަކުގައި ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އިޒްރޭލުގެ 1400 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުގެ ވެރިން ގޮވަމުންދަނީ ފަލަސްތީނުގެ ހުރިހާ ރައްޔިތުން މެރުމަށެވެ. ގާޒާއިން އާންމުން ނުކުތުމަށް ގޮވާލުމަށްފަހު، ނުކުންނަން މަސައްކަތް ކުރި މީހުން ވެސް އިޒްރޭލުން ދަނީ މަރަމުންނެވެ. އަދި ގާޒާއިން ފެނާއި ކަރަންޓު ވެސް ވަނީ ކަނޑާލައިފަ އެވެ. އަދި ހާއްސަކޮށް، އަނިޔާވާ މީހުންނަށް އެހީވުމަށް މަސައްކަތް ކުރާ މީހުންނާއި ތަކެއްޗަށް ވެސް ދަނީ ގެއްލުންދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox