އިޒްރޭލާ ދެކޮޅަށް ގަރާރަކާއި ކުއްލި މައްސަލައެއް ހުށަހެޅުމުން އެޖެންޑާ ކުރީ ގަރާރު

އިޒްރޭލާ ދެކޮޅަށް ގަރާރަކާއި ކުއްލި މައްސަލައެއް ހުށަހެޅުމުން އެޖެންޑާ ކުރީ ގަރާރު

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ އެހެން ޖަރީމާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށް، ހަމަ އެ މޭރުމުން ހުށަހެޅި ކުއްލި މައްސަލައެއް އެޖެންޑާ ނުކުރަން މަޖިލީހުން ނިންމައިފި އެވެ.

ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މިއަދު އިންނެވި، މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވިދާޅުވީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާ ނުކުރީ އެއް މައްސަލައެއްގައި ގަރާރަކާއި ކުއްލި މައްސަލައެއް އެއް ފަހަރާ ހުށަހަޅައިފި ނަމަ ކުރިއަށް ގެންދެވޭނީ ގަރާރު ކަމަށެވެ. މަޖިލީހުގެ ގަވައިދު ތަންދެނީ އެގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގަރާރަކީ ހަގީގަތުގައި ދުރާލައި ނަތީޖާ ނެރެވޭ މަސައްކަތަކަށް ވާތީ ގަރާރައިގެން ކުރިއަށް ދިއުން. ކުއްލި މައްސަލައަކަށް ބަހުސް ކުރެވެނީ އެޖެންޑާގައި އެ މައްސަަލަ [ކުއްލި މައްސަލައިގެ މައުޞޫއުގައި ހުށަހަޅާފައި ބިލެއް ނުވަތަ ގަރާރެއް] ނުހިމެނޭ ނަމަ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިވަނީ ހަމަ މި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުރިއާ ލައި ގަރާރެއް ލިބި އަދި މިއަދު އެޖެންޑާކޮށްފައި،" އީވާ ވިދާޅުވި އެވެ.

އިޒްރޭލާ ދެކޮޅު ކުއްލި މައްސަލަ އެޖެންޑާ ނުކުރާތީ، ފަލަސްތީނު މައްސަަލައިގެ ބަހުސް ކުރިއަށް ގެންދިއުމުގެ ފުރުސަތު މިއަދު ނެތް ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޖާބިރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖާބިރު ކަންބޮޑުވުން ފާޅުކުރެއްވުމުން، އެކަން އިތުރަށް ތަފްސީލު ކޮށްދެއްވި އެވެ.

ޖާބިރު ވިދާޅުވީ ގަވައިދުގައި ހުންނަ އަކުރު އަކުރުގައި ހިފައިގެން މިފަދަ މުހިއްމު މައްސަލަތައް އެޖެންޑާ ނުކުރުން ރަނގަޅުނޫން ކަމަށެވެ.

އީވާ ވިދާޅުވީ އިޒްރޭލާ ދެކޮޅު ގަރާރު މިއަދަށް އެޖެންޑާ ނުކޮށް ކުއްލި މައްސަލަ އެޖެންޑާކުރަން ގަރާރު ހުށަަހެޅުއްވި މެމްބަރަށާއި ކުއްލި މައްސަލަ ހުށަހެޅުއްވި މެމްބަަރަށް ރިޔާސަތުން ފުރުަސަތު ދިން ކަމަށެވެ. އެހެން ނަމަވެސް ގަރާރު ހުށަހެޅުއްވި މެމްބަރު (ވިލިނގިލި ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސައިން) އެދިވަޑައިގެންނެވީ ގަރާރު މިއަދަށް އެޖެންޑާ ކުރަން ކަމަށެވެ.

ގަރާރު މިއަދަށް އެޖެންޑާކުރުމުން މިއަދު ކުރެވޭނެ ހަމަ އެކަނި ކަމަކީ ގަރާރުގެ ފުރަތަމަ ކިއުން އިއްވުމެވެ. ބަހުސަކަށް މިއަދު ހުޅުވައެއް ނުލެވޭނެ އެވެ. ކުއްލި މައްސަލަ އެޖެންޑާކުރި ނަމަ މިއަދު ވެސް ބަހުސް ކުރެވުނީހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox