ވާގޮތް: ކެކިކެކި އޮންނަ ހަމައެކަނި ކޯރު

ވާގޮތް: ކެކިކެކި އޮންނަ ހަމައެކަނި ކޯރު

އެމެޒޯން ރެއިންފޮރެސްޓްގެ އަޖައިބުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް އަޖައިބަކީ، ޖަންގަލީގެ މެދުގައިވާ ކެކިކެކި އޮންނަ ކޯރެކެވެ. މިއީ މުޅި ދުނިޔޭގައި ވެސް ވާ ހަމަ އެކަނި "ބޮއިލިން ރިވާ" އެވެ. މި އަޖައިބު ކުރުވަނިވި އަދި ސިއްރުތަކުން ފުރިގެންވާ ކޯރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދިރާސާވެރިންނާއި ސައިންސްވެރިންގެ އިތުރުން ފަތުރުވެރިންގެ ޝައުގުވެރިކަން ވަނީ ލިބިފަ އެވެ. ޕެރޫވިއަން ޖަންގަލީގެ ފުންމިނުގައިވާ މި ބޮއިލިން ރިވާއަކީ އިންސާނުންނަށް ދުނިޔޭގެ ސިއްރުތައް އެނގޭ މިންވަރު މަދުކަމުގެ ހެއްކެކެވެ.

އެމެޒޯނިއަންގެ ޝާވީ ބަހުން "ޝަނާއީ-ޓިމްޕިޝްކާ" ގެ ނަން ދެވިފައިވާ މަޝްހޫރު ބޮއިލިން ރިވާއަކީ އާދައިގެ ކޯރެއް ނޫނެވެ. އެއީ 20 ފޫޓާއި 16 ފޫޓާ ދެމެދުގެ ފުންމިނެއްވާ، ހަތަރު މޭލު ދިގު ކޯރެކެވެ. ހިތްތަކުގައި ހައިރާންކަން އުފެދެނީ އޭގެ ފިނިހޫނުމިނުންނެވެ. މި ކޯރުގެ ފެނަކީ އެއްވެސް ވަގުތެއްގައި ފިނި އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އަތް ނުލެވޭހާ ހޫނު އެއްޗެކެވެ. ކޯރުގެ ބައެއް ބައިތަކުގައި 100 ޑިގްރީ ސެލްސިއަސްއާ ހަމައަށް ފިނިހޫނުމިން ފޯރާއިރު، މިއީ އިންސާނުން ދިރިހުއްޓާ ކައްކާލެވޭނެ މިންވަރެކެވެ.

Advertisement

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިކަމުގެ ސިއްރަކީ ބިމު އަޑިން ފެން ގެނެސްދޭ، ދުނިޔޭގެ އެންމެ ބޭރު ފަށަލަ ނުވަތަ "ކްރަސްޓް" އަށް އައިސްފައިވާ އާދަޔާހިލާފު ބަދަލެކެވެ. މި ބަދަލުގެ ސަބަބުން ބިމުގެ މައްޗަށް ފެން ދަތުރުކުރާއިރު ހޫނުކޮށްދެނީ އެވެ. މީގެ އިތުރުން ކައިރީގައިވާ އަލިފާން ފަރުބަދަތަކުގެ ހަރަކާތްތަކުން ވެސް ފެނަށް ހޫނު ހަކަތަ ލިބިދާނެ ކަމަށް ޖިއޮލޮޖިސްޓުން ލަފާކުރެ އެވެ. މިވެސް ކޯރުގެ ހޫނު ކަމަށް އިތުރަށް ބާރު ފޯރުވާނެ ކަމެކެވެ. ނަމަވެސް މި ކަމުގެ ސީދާ އަދި ކަށަވަރު މަރުހަލާތަކެއް އެއްވެސް ފަރާތަކަށް ހޯދިފައެއް ނުވެ އެވެ.

ބޮއިލިން ރިވާއަކީ ލޮލަށް ޝައުގުވެރި ކޯރެއް ނަމަވެސް ސައިންސްވެރިންނަށް މިއީ ބޮޑު އަރަތެކެވެ. ޖިއޮސައިންޓިސްޓެއް އަދި ނޭޝަނަލް ޖިއޮގްރަފިކް އެކްސްޕްލޯރަރެއް ކަމަށްވާ ޑރ. އަންޑްރެސް ރޫޒޯ ވަނީ 2016 ވަނަ އަހަރުގެ ޓެޑް ޓޯކެއްގައި އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އެގޮތުން ކާފަގެ ވާހަކަތަކުން މި ކޯރު ދަސްވެ، ހޯދުމުގެ ދަތުރަކަށް ނިކުތް ގޮތުގެ ވާހަކަ ހިއްސާކޮށްފަ އެވެ. އޭނާގެ ދިރާސާއިން ހާމަވީ ކޯރުގެ ވަށައިގެންވާ ކުރިއަރަމުން އަންނަ އިކޯސިސްޓަމެކެވެ. އެ ކޯރުގެ އާދަޔާ ހިލާފު ހާލަތަށް ހޭނިފައިވާ ތަފާތު ދިރުންތައް ކޯރުގެ ވަށައިގެންވާ ކަމަށް ރޫޒޯ ބުނެފައިވެ އެވެ.

އެގޮތުން ބޮއިލިން ރިވާގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ދިރުމަކީ "ބޮއިލިން ރިވަ ޝްރިމްޕް" އެވެ. ކޯރުގެ ގަދަ ހޫނަށް ހޭނިފައިވާ ދިރުމެކެވެ. މި ދިރުންތައް ފަހުމުވުކީ ކޯރުގެ ބައެއް ސިއްރުތައް ދެނެގަތުމުގެ ތަޅުދަނޑި ކަމަށް ޑރ.ރޫޒޯ ގަބޫލުކުރެ އެވެ. ބޮއިލިން ރިވާއަކީ އިކޯލޮޖިކަލް ހޮޓްސްޕޮޓަކަށްވެފައި ވާއިރު، ސައިންސްވެރިން ފެނުގައި ހުންނަ މައިކްރޯއޮގަނައިޒްމަންޓްތައް ދިރާސާ ކުރުމަށް މުހިންމު ކަމަށް ދެކެ އެވެ.

ކޯރަށް ސައިންޓިފިކް ޝައުގުވެރިކަން ހުރި ނަމަވެސް، މި ކޯރަށް ވެސް ނުރައްކާތަކެއް ކުރިމަތިވެ އެވެ. ވަށައިގެންވާ ރެއިންފޮރެސްޓަކީ ގަސްތައް ކެނޑުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޑީފޮރެސްޓޭޝަންގެ ބިރު އުފެދިފައިވާ ތަނެކެވެ. އަދި ބޮއިލިން ރިވާގެ ހާއްސަ އިކޯސިސްޓަމް ދެމެހެއްޓޭ ނާޒުކު ބެލެންސް އަށް ދަނީ ލޮޅުންތައް އަރަމުންނެވެ.

ސައިންސްވެރިން ބޮއިލިން ރިވާގެ ފެންގަނޑުގެ ފުންމިނަށް ދަތުރުކުރާ ވަރަށް، ޖަވާބަށް ވުރެ ގިނައިން އިތުރުވަނީ ސުވާލުތަކެވެ. މި ގަދަ ހޫނަށް މެދުވެރިވަނީ ކޮން ސަބަބަކާ ހުރެތޯ އާއި، މިފަދަ ހާލަތްތަކުގައި ކޯރުގެ ވަށައިގެންވާ ދިރުންތަކަށް ދިރި ހުރެވޭނީ ކިހިނެއްތޯ އެވެ؟ ޖިއޮލޮޖީއާއި ބަޔޮލޮޖީއާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން އާ ހޯދުންތަކުގެ ތަޅުދަނޑި މި ކޯރުގެ ސިއްރުތަކުގައިވޭ ހެއްޔެވެ؟

އެމެޒޯންގެ ބޮއިލިން ރިވާ އަކީ ދުނިޔޭގެ ފޮރުވިފައިވާ އަޖައިބުތަކުގެ ހަނދާން އާކޮށްދޭ ކޯރެކެވެ. މި ޕްލެނެޓްގެ ބަޔޯޑައިވަސިޓީ ރައްކާތެރިކުރުމުގެ މުހިންމުކަމުގެ އަދި ގުދުރަތާއި ސަގާފަތާ އޮންނަ ފުން ގުޅުމުގެ ރަމްޒެކެވެ. މި ކޯރުގެ ސިއްރުތައް ހޯދައި ވިސްނަން މަސައްކަތް ކުރަމުން ދާއިރު، ކުރިއަށް އޮތް ޖީލުތަކަށް އެމެޒޯން އާއި އޭގެ ލާމަސީލު ގުދުރަތީ ހަޒާނާތައް ހިމާޔަތް ކުރުމުގެ އަވަސް ބޭނުންތެރިކަން ވެސް ހަނދާން ކޮށްދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox