ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ސިވިލް ސާވިސްގެ ތެރެއިން މަތީ މަގާމުތަކެއް ދޭކަމުގެ ތުހުމަތު

އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމެޓީތަކުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އިޔާން/އަދަދު

އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމެޓީތަކުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އިޔާން/އަދަދު

ސިވިލް ސާވިސް ކޮމިޝަނުގެ ތެރެއިން މަގާމުތަކެއް އުފައްދައި، މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އައްޔަނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ ތުހުމަތު އިންތިހާބީ ރައީސްގެ ޓްރާންސިޝަން ކޮމެޓީގެ ޑިރެކްޓަރު ޖެނެރަލް އަބްދުއްރަހީމް އަބްދުﷲ ކުރައްވައިފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިހާރު ލިބޭ ފަދަ މުސާރައެއް ލިބޭ މަގާމެއް ސިވިލް ސާވިސްގެ ތެރެއިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން މިހާރު ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަކީ އައު ސަރުކާރުގެ ވިސްނުމާއި ތަފާތު ވިސްނުމެއް ގެންގުޅުއްވާނެ ބައެއް ކަމުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި މިހާރު ތިއްބެވި ބޭފުޅުންނަށް ދެން އަންނަ ސަރުކާރެއްގެ ތެރޭގަ ތިބެވޭ ގޮތަށް ސިވިލް ސާވިސްގަ މަގާމު އުފެއްދުމަކީ އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ސިޔާސީ މަގާމުތަކުގަ ތިއްބެވި ބޭފުޅުން އަނެއްކާ ދެން އަންނަ ސަރުކާރެއްގެ ތެރޭގަ ތިބެވޭ ގޮތަށް ސިވިލް ސާވިސްގަ މަގާމު އުފައްދައިގެން އެ ބޭފުޅުންނަށް މަގާމުގެ ދިނުމުގެ ވިސްނުން ގެންގުޅުމަކީ އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން،" އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

އަބްދުލްރަހީމް ވަނީ އިތުރު މަގާމުތަކެއް ނުއުފެއްދުމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސަށް އެއްގޮތަކަށް ވެސް މިކަން [މަގާމުތައް އުފައްދައިގެން ސިޔާސީ ބޭފުޅުން އައްޔަނުކުރުން] ނުކުރައްވާށޭ މިއީ ކޮށްގެން ވާނެ ކަމެއް ނޫނޭ،"

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުލްރަހީމް ވަނީ އިންތިގާލީ މަރުހަލާގެ ތެރޭގައި ގައުމުތަކަށް އާ ސަފީރުން ހަމަޖެއްސުން ވެސް ކުށްވެރި ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox