އިދިކޮޅު ޕާޓީތައް ހިމަނައިގެން ގުޅިފައިވާ ސަރުކާރެއް އިޒްރޭލުން އެކުލަވާލައިފި

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ) އަދި އިދިކޮޅު ނޭޝަނަލް ޕާޓީގެ ލީޑަރު ބެނީ ގާންޒް (ކ) : އިޒްރޭލުން އެކުލަވާލި ހަނގުރާމައިގެ ސަރުކާރު މިހާރު ވަނީ މަސައްކަތްތައް ފަށާފަ -

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ) އަދި އިދިކޮޅު ނޭޝަނަލް ޕާޓީގެ ލީޑަރު ބެނީ ގާންޒް (ކ) : އިޒްރޭލުން އެކުލަވާލި ހަނގުރާމައިގެ ސަރުކާރު މިހާރު ވަނީ މަސައްކަތްތައް ފަށާފަ -

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމާ ގުޅިގެން އިޒްރޭލުގައި ވެރިކަންކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ ގުޅިގެން ހަނގުރާމައިގެ ހާލަތަށް ކުއްލި ސަރުކާރެއް އެކުލަވާލައިފި އެވެ.

އިޒްރޭލުން ކުއްލި ސަރުކާރު ރޭ އިއުލާނުކުރިއިރު، ވޭތެވެދިޔަ ދެ ދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިދިކޮޅު ނޭޝަނަލް ޕާޓީގެ ލީޑަރު ބެނީ ގާންޒް ވަނީ ދިގު މަޝްވަރާތަކެއް ބާއްވާފަ އެވެ. ދެ ޕާޓީގެ ލީޑަޝިޕުން ވެސް ރޭ ނިންމީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެންމެން އެކުލެވޭ ސަރުކާރެއް އުފެއްދުމަށެވެ.

"އަމާންކަމުގެ ވަގުތުތަކާއި ހަނގުރާމައިގެ ވަގުތުތައްވޭ، މިއީ ހަނގުރާމައިގެ ވަގުތު" ކުރިން އިޒްރޭލުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރި ގާންޒް ރޭ ބުންޏެވެ.

އަލަށް އުފެއްދި ސަރުކާރުން އެއްވެސް ގާނޫނެއް ފާސްކުރުން އަދި ހަނގުރާމައާ ނުގުޅޭ ނިންމުންތަކެއް ނުނިންމާނެ އެވެ. ކުއްލި ސަރުކާރާއެކު އިޒްރޭލުން އަންނަނީ މިދިޔަ ހޮނިހިރު ދުވަހު ފެށި ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށް ތައްޔާރުވަމުންނެވެ.

އިޒްރޭލުން މިހާތަނަށް ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރު ވަނީ 1227 އަށް އަރާފަ އެވެ. އެއީ ގާޒާގައި ޝަހީދުވި 1200 މީހަކާއި ހުޅަނގު އައްސޭރީގައި ޝަހީދުވި 27 މީހެކެވެ.

ހަމާސް ގެ އިތުރުން ލުބުނާނުގެ ހިޒްބުﷲ އަދި ސީރިއާއިންވެސް އިޒްރޭލަށް ހަމަލާދެމުންދާއިރު، ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1200 އަށްވުރެ މައްޗަށް އަރާފަ އެވެ.

ހަމާސްއަށް ދަތިކުރުމަށް ކަމަށް ބުނެ އިޒްރޭލުން މިހާރު ވަނީ ގާޒާއަށް ފޯރުކޮށްދޭ ކަރަންޓާއި ފެނުގެ ހިދުމަތްތައްވެސް ކަނޑާލާފަ އެވެ. އަދި އެއްވެސް ގޮތަކަށް ގާޒާއަށް އެހީ ފޯރުކޮށްދިނުމުގެ މަގުތައްވެސް އިޒްރޭލުން ވަނީ ބަންދުކޮށްފަ އެވެ.

އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތައް އެދެމުންދިޔަ ނަމަވެސް، އިޒްރޭލުން އެ އެދުންތަކަށް ދީފައިވަނީ ބީރު ކަންފަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox