ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓު ދޭން ހުރި ތެޔޮ މިއަދު ހުސްވާނެ ކަމަށް ބުނެފި

ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ގާޒާގެ މަގެއް : ޒަހަމްވެގެން ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ ގާޒާގެ މީހުންގެ އަދަދު ވަނީ 5،000 އަށްވުރެ މައްޗަށް އަރާފަ -

ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ގާޒާގެ މަގެއް : ޒަހަމްވެގެން ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ ގާޒާގެ މީހުންގެ އަދަދު ވަނީ 5،000 އަށްވުރެ މައްޗަށް އަރާފަ -

އިޒްރޭލުން އެއްކަމާއި ކަނޑާއި ވައިގެ މަގުން ހިސާރުކޮށްފައި އޮންނަތާ 17 އަހަރު ވެފައިވާ ގާޒާއަށް މެދު ނުކެނޑި ބޮންއެޅުމުގެ ސަބަބުން އެޝަހަރުން ކަރަންޓު ކެނޑިފައި ވާއިރު ހޮސްޕިޓަލުތަކަށް ކަރަންޓުދޭ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ވެސް މާދަމާއަށް ހުސްވާނެ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ގާޒާއަށް ބޭނުންވާ ކަރަންޓުގެ 80 އިންސައްތަ ލިބެނީ އިޒްރޭލުންނެވެ. ހަނގުރާމައާއެކު އިޒްރޭލުން ވަނީ އެ ކަރަންޓު އަދި ފެންވެސް ގާޒާއަށް ކަނޑާލާފަ އެވެ. ގާޒާގައި ދެން ބޭނުންކުރާ 20 އިންސައްތަ ކަރަންޓަކީ ފަލަސްތީނު ދައުލަތުން އޮޕަރޭޓުކުރާ އިންޖީނުގެތައް އަދި ޖަނަރޭޓަރުތަކުން އުފައްދާ ކަރަންޓެވެ.

"ގާޒާގެ ހޮސްޕިޓަލުތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ހުރި ތެލުގެ ސްޓޮކު މާދަމާ ހުސްވާނެ، ކަރަންޓު ހުސްވުމާއެކު ހޮސްޕިޓަލުތަކުގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށް ބެލެވޭ" ފަލަސްތީނުގެ ހެލްތު މިނިސްޓަރު މައި ކައިލާ ގަތަރުގެ އަލްޖަޒީރާއަށް ވިދާޅުވި އެވެ.

އިޒްރޭލުން މިހާރު ވަނީ ގާޒާއަށް އެއްވެސް އެހީއެއް ފޯރުކޮށްދޭން މަސައްކަތްކުރާ އުޅަނދުތަކަށްވެސް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ. ހާއްސަކޮށް މިސްރާ ގާޒާއާ ދެމެދު އޮންނަ ރަފާހް ބޯޑަރު ހުރަސްކޮށް އެހީ ފޯރުކޮށްދޭ އުޅަނދުތަކަށް ބޮން އަޅާނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އިންޒާރުދީފަ އެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުން އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 950 މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި ޒަހަމްވެ ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 5،000 އިން މައްޗަށް ގޮސްފަ އެވެ.

ހޮނިހިރު ދުވަހު ފެށި ހަނގުރާމާގައި އެންމެ ފުރަތަމަ ހަމަލާދިނީ ހަމާސްއިންނެވެ. އެއާއެކު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށް މެދުކެނޑުމެއްނެތި ގާޒާއަށް ހަމަލާދެމުންނެވެ. ގާޒާއިންވެސް ދަނީ އިޒްރޭލަށް ވޭތުވެދިޔަ ހަތަރު ދުވަހު ހަމަލާދެމުންނެވެ. އޭގެއިތުރުން ލުބުނާނުގެ ހިޒްބުﷲ އިން އަދި ސީރިއާގެ ޖަމާއަތްތަކުންވެސް ވަނީ އިޒްރޭލަށް ހަމަލާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox