ފަލަސްތީނުގެ ދިފާއުގައި މުޅި ރާއްޖޭގައި ބޮޑު އެއްވުންތަކެއް ބާއްވަނީ

ފަލަސްތީނާ އެއްކޮޅަށް ރާއްޖޭގެ ރަށެއްގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: މިފަހަރުގެ މުޒާހަރާ ވެސް މުޅި ރާއްޖޭގައި ކުރާނެ -- ފޮޓޯ: އަލީ ރަމީޒު

ފަލަސްތީނާ އެއްކޮޅަށް ރާއްޖޭގެ ރަށެއްގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: މިފަހަރުގެ މުޒާހަރާ ވެސް މުޅި ރާއްޖޭގައި ކުރާނެ -- ފޮޓޯ: އަލީ ރަމީޒު

ފަލަސްތީނާއެކު ދިވެހީން ތިބިކަން ހާމަކޮށް އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އެއްވުންތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާ، ޖަމާއަތްތައް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފަައިވާ އެ އެއްވުން މާލޭގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެއްވުން ރާވާ ހިންގުމުގައި ހަރަކާތްތެރިވާ އަޒްހަދު އަހުމަދު ބުންޏެވެ.

"ފުރަތަމަ މިއޮތީ ބުރާސްފަތި ދުވަހުގެ ރޭ ސުލްހަވެރި އެއްވުމެއް، އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު އޮތީ މިހާރު ހުޅުވާލެވިފައި،" އަޒްހަދު ބުންޏެވެ.

އޭނާ ބުނީ އެ ހަރަކާތް ކުރިއަށް ގެންދާނެ ސީދާ ވަގުތެއް އަދި ކަނޑައަޅާފައި ނުވަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އެ މުއައްސަސާތަކުން ހުއްދަ ލިބުމުނުހައި އަވަހަކަށް އެއްވުމާ ބެހޭ އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް އަޒްހަދު ބުންޏެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއްވުމުގެ އިތުރުން ޖެހިގެން އަންނަ ހުކުރު ދުވަހު ވެސް މުޅި ރާއްޖޭގައި ސައިކަލު ބުރެއް ޖެހުމަށް ނިންމާފައިވާ ކަމަށް އަޒްހަދު ވިދާޅުވި އެވެ.

"މި ހަފުތާގެ ހުކުރު ދުވަހު އޮންނާނެ ސައިކަލު ބުރެއް، އެ ހަރަކާތުގައި ވެސް ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ،" އަޒްހަދު ބުންޏެވެ.

އޭނާ ވިދާޅުވީ އެ ދެ ހަރަކާތައް ފަހު ވެސް ފަލަސްތީނުގެ ދިފާއުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި އެކަންކަމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެދޭ ޖަމިއްޔާ ޖަމާއަތްތަކުން އައިއޭސީގެ ލޯކަލް ކޯޑިނޭޝަން ނަންބަރު، 9862121 އަށް ގުޅުމަށް އެފަރާތުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox