ހުޅުމާލޭ ހިޔާ ފްލެޓުގެ ބެލްކަނިން ކުޑަ ފިރިހެން ކުއްޖަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ އެ ކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެ ކުއްޖާ ވެއްޓުނީ ހަ ވަނަ ޓަވަރުންނެވެ.
އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން "އަދަދު" ނޫހާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ވެއްޓުނީ ބާރަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ ވެއްޓުނީ މިރޭ 12:00 ހާއިރު އެވެ.
"އެ ކުއްޖާ އޮތީ ވަރަށް ބޮޑަށް ޒަހަމްވެފައި. ވެއްޓުނީ ކީއްވެގެން ކަމެއް ނޭނގޭ،" އޭނާ ކިޔައި ދިނެވެ.

މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.











