ވޯޓުލުމުން އިނގިލީގައި ޖަހާ ފާހަގަ މިފަހަރު ވޯޓުލާ މީހާގެ ވައަތުގެ މެދު އިނގިލީގައި ޖަހާ ގޮތަށް އިލެކްޝަނުން ހަމަޖައްސައިފި އެވެ.
ވޯޓުލާންދާ މީހުންގެ އަތުގެ އިނގިލީގެ ނިޔަފައްޗާއެކު ޖަހާ މި ފާހަގަ އަކީ އެމީހާ ވޯޓުލާފައިވާކަން ޔަގީންކުރުމަށް ޖަހާ ފާހަނގަ އެކެވެ. މާކަރުން ޖަހާ މި ފާހަގަ އަކީ ގިނަ ދުވަސްތަކަށް ނުފިލާ ހުންނަ ފާހަގައަކަށްވާތީ ކައިރި ކައިރީގައި އިންތިހާބުތައް ބާއްވާއިރު ކޮންމެ އިންތިހާބަކަށް ފާހަގަ ޖަހާ އިނގިލި ބަދަލުކުރެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މި ފާހަގަ ޖަހާފައިވަނީ ވޯޓު ލި މީހުންގެ ވައަތު ޝަހާދަތް އިނގިލީގަ އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްގައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މި ފާހަގަ ޖަހާނީ ވޯޓުލާން ދާ މީހާގެ ވައަތު މެދު އިނގިލީގަ އެެވެ.
ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ކުރިއަށް ދާނީ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތެވެ.













