ހުލާސާކޮށް އިއްޔެ: ރިޔާސީ ކެމްޕޭނުގައި އެހެން ގައުމުތަކުގެ ވާހަކަތައް ނުހިމަނަން ނަޝީދު ގޮވާލެއްވުން

Sep 25, 2023, 1:12 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ އަދި ޕީއެންސީއިން ކުރަމުންދާ ކެމްޕޭނުގައި ބޭރު ގައުމަތަކުގެ ވާހަކަ ނުހިމެނުމަށާއި އެހެން ގައުމުތަށް އިންތިހާބުގައި ބައިވެރިނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ގޮވާލެއްވި އެވެ.

ނަޝީދު މިފަދައިން ގޮވާލައްވާފައިވަނީ އަންނަ މަހުގެ 29 ގައި ބާއްވާ ވެރިކަމުގެ ނިޒާމާ ގުޅޭ އާންމު ވޯޓާ ބެހޭގޮތުން އިއްޔެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"އަޅުގަނޑުމެންގެ އިންތިހާބެއްމީ، މި ރާއްޖޭގެ ރައްޔިތުން މިއަށް ވޯޓުދޭން އޮތީ، މި ރާއްޖޭގެ ރައީސަކު އިންތިހާބަކު ކުރުމުން މި އަންނަނީ، އެހެންވީމަ އެކަން (އެހެން ގައުމުތަކުގެ ވާހަކަ ދެއްކުން) އެގޮތަށް ނުކުރަމަކީ ވަރަށް ބޮޑު ރަނގަޅަކަށް ވާނެކަން އަޅުގަނޑު ދެކެން"

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅުން މި ސަރުކާރާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެންމެ ބޮޑަށް ދައްކާ ވާހަކަތަކަކީ އިންޑިއާއާއެކު ބާއްވާ ގުޅުމެގެ ވާހަކަ އެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އިންޑިއާއިން ނުރައްކާ ކުރަމުންދާ ކަމަށް އިދިކޮޅުން އެތަކެއް ތުހުމަތެއް ކުރެ އެވެ.

ފުރަތަމަ ބުރުގައި ލިބުނު ނާކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ވާހަކަތަކުގެ ހަގީގަތް ހާމަނުކުރެވުން ކަމަށް ރައީސް ސޯލިހުވެސް ވިދާޅުވި އެވެ. އެއަށްފަހު އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިން އަންނަނީ އިންޑިއާ އާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ހަގީގަތް ހާމަކުރައްވާ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުންނެވެ.

އެގޮތުން އުތުރު ތިލަފަޅު ތަރައްގީ ކުރުމާއި އިންޑިއާގެ އެހީގައި ރާއްޖޭ ގެނެސްފައިވާ ދެ ހެލިކޮޕްޓަރާއި ޑޮނިއާ ފްލައިޓުގެ ތަފުސީލުތައްވެސް އެމްޑީޕީގެ ކެމްޕޭނުން ދަނީ ތަކުރާރުކޮށް ހާމަކުރަމުންނެވެ. ނަމަވެސް، އިދިކޮޅުން އަންނަނީ އެ ވާހަކަތަކަށް ބެލުމެއް ނެތި ކުރަމުންދާ ތުހުމަތުތައް ތަކުރާރުކުރަމުންނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން އެ މާލަމުގައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން އެ މާލަމުގައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން އެ މާލަމުގައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox