މޯލްޑިވިއަން އާއި އެމްއޭސީއެލް އަދި ސިވިލް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ރިވިއުކުރަން ފަށައިފި

ގައުމީ އެއާލައިންގެ ކެބިން ކްރޫއިންތަކެއް ވީއައިއޭ އެއާޕޯޓުގައި. އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ---

ގައުމީ އެއާލައިންގެ ކެބިން ކްރޫއިންތަކެއް ވީއައިއޭ އެއާޕޯޓުގައި. އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ---

ރައީސުުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދާ އެއްގޮތަށް އޭވިއޭޝަން ދާއިރާއާ ގުޅުންހުރި މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުުކުރުމަށް ރިވިއުކުރަން ފަށައިފި އެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރެއްވީ ރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާގަ އެވެ. އެ އެމަނުކުފާނު ވިދާޅުވި ގޮތުގައި އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން އޮނިގަނޑު ރިވިއުކުރަން މިހާރު ވަނީ ފަށާފަ އެވެ.

ރައީސްގެ މި ވައުދާ އެއްގޮތަށް މިހާރުވެސް ތިން އިދާރާއެއްގެ މުވައްޒަފުންގެ މުސާރަ ރިވިއުކުރަން ފަށާފައިވާކަން ސަރުކާރުގެ އޮފިޝަލަކު ވަނީ މި ނޫހަށް ޔަގީންކޮށްދީފަ އެވެ.

އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ގްރައުންޑް ހޭންޑްލިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެއާ ނެވިގޭޝަން ސާވިސަސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ރިވިއު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެެވެ.

އޭގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަވެސް ރިވިއުކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދުވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ރިވިއުކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިހާދު މިއަދު މި ނޫހަށް ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑާ ބެހޭ މައުލޫމާތު މިހާރު ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ރިވިއުތަކަށްފަހު މުވައްޒަފުންގެ މުސާރަތަކަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ކެބިންކްރޫއިންނާއި މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މުސާރައިގެ ކުރިއެރުން ދިނުމުގައި ސަރުކާރުން ބަލަނީ އެއްވެސް ދާއިރާއެއް ބާކީނުކޮށް، އެންމެންނަށް ހަމަހަމަ އުސޫލަކުން އެކަން ކޮށްދިނުމަށެވެ.

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމި އިރު ޖެނުއަރީ މަހުން ފެށިގެން ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރަން ރައީސް ވަނީ ނިންމަވައިފަ އެވެ. ޕޭ ހާމަނައިޒޭޝަންގެ ދަށުން ތައުލީމީ، ސިއްހީ އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox