ހުލާސާކޮށް އިއްޔެ: ކައުންސިލް މިނިސްޓްރީ އުފައްދަން ވިދާޅުވުމުން މުއިއްޒަށް ފާޑުކިޔުން

Sep 18, 2023, 2:04 AM
ޮޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޮޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމުން ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރަން ފެށިކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރަން ޕީޕީއެމް/ޕީއެެންސީމް ހޮނިހިރު ދުވަހުގެ ރޭ ހދ. ފިނޭގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓަކީ ކައުންސިލްތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ތެރެއިން ވެސް ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ. އެ ކަންކަން ހަމަޖެއްސުމަށް ޓަކައި، އޭނާގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކައުންސިލްތައް ފުރިހަމައަށް ފަންކްޝަން ވާނެ ގޮތަށް ހަމަޖައްސާނަން، އެ ކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކޮށްގެން، އޭރުން ހަމައެކަނި ގްރާންޓްގެ ގޮތުގައި ކަނޑައެޅޭ ފައިސާ އެކަންޏެއް ނޫން، ސަރުކާރުގެ ތެރެއިން އިތުރު ފަންޑުގެ ފުރުސަތުތައް ލިބޭނެ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ އެ ސިޔާސަތާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި އެއީ "ލާމަރުކަޒީ ސިޔާސަތު މަރައިލުން" ކަހަަލަ ކަމެކެވެ. މަރުކަޒީ ސަރުކާރުގެ ދަށަށް ގެންދިއުމުން ކައުންސިލްތައް ބާރުވެރިވާނީ ކިހިނެތްތޯ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށް ބަދަލުނުވާ އިރު، އޮތް އެޓޯލްސް މިނިސްޓްރީ އަލުން އުފެއްދުން ކަމަށް ވެސް އެތައް ބަޔަކު ސިފަކުރި އެެވެ.

"މިއީ ހުރިހާ ކޯޓްތަކަށާއި ޝަރުއީ ހުރިހާ މުއައްސަސާތަކަށް ޖަސްޓިސް މިނިސްޓްރީއެއް އުފެއްދުން ކަހަލަ ކަމެއް،" އަލީ މުއުމިން ގެ ނަމުގައި ޓްވިޓާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ކައުންސިލްތަކަށް މިނިސްޓްރީ އެއް ހެދުމަކީ މިހައިތަނަށް ހާސިލުކުރެވުނު ލާމަޒުކަޒީ ހުރިހާ ބާރެއް ރޫޅައިލުން ކަމަށެވެ. އެއީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އަލުން އަނެއްކާ އެޓޯލްސް މިނިސްޓްރީ ހެދުމަކީ، މިހާތަނަށް ހާސިލުކުރެވުނު ލާމަރުކަޒީ ހުރިހާ ބާރެއް ރޫޅާލުން. މިއީ ވަރަށް ނުރައްކާ ކަމެއް،" ކައުންސިލްތަކަށް މިނިސްޓްރީއެއް ހަދަން މުއިއްޒު ހުށަހެޅުއްވި ވާހަކަ ގެނެސްދިން ހަބަރެއް ކްއޯޓް ޓްވީޓްކުރައްވަމުން ވަހީދު ލިއުއްވި އެވެ.

ވިލާ ކޮލެޖްގެ ޑީން އޮފް ގްރެޖުއޭޓް ރިސާޗް އިބްރާހީމް ލަތީފު ވިދާޅުވީ ކައުންސިލްތަކަށް މިނިސްޓްރީއެއް ހެދުމަކީ ތަރައްގީއަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އެެއީ އަލުން ވިސްނައިލަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދުމަކީ ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ކުރިން އޮތް "ކަތީބު ނިޒާމު" އިޔާދަ ކުރުން ފަދަ ކަމެއް ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ކުރިން ރަށްރަށާއި އަތޮޅުތައް ހިންގަމުން ދިޔައީ އެޓޯލްސް މިނިސްޓްރީން އައްޔަން ކުރާ ކަތީބުންނާއި އަތޮޅުވެރިން ތިއްބަވައިގެންނެވެ.

މި ނިޒާމަށް އިޝާރާތް ކުރައްވައި، ފާޑުކީ ފަރާތްތަކުން ވަނީ މައިއްޒުގެ ކެމްޕޭނު ޝިޔާރު، ދިވެހީންގެރާއްޖެ، "ކަތީބުރާއްޖެ" އަށް ބަދަލުކޮށް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުކޮށްފަ އެވެ.

ފާޑުކިއުންތައް އަމާޒުވުމުން މުއިއްޒު މިހާރު އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ސިޔާސަތު އިތުރަށް ތަފްސީލުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންގެ މަންދޫބުންންނަށް، ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރު މެދުވެރިކޮށް ފުރިހަމައަށް ކުރެވޭނެ ގޮތް ހެދުމެވެ.

ލޯކަލް ކައުންސިލްތަކާ ސަރުކާރާ ގުޅުވައިދޭ އިދާރާއަކަށް މިހާރު އޮންނަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ އެވެ. އެ އޮތޯރިޓީގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވަނީ ހޯމް މިނިސްޓަރެވެ. މިހާރު މިއޮތް ގޮތަށް ކައުންސިލްތައް ފުރަތަމަ އިންތިހާބުކުރީ 2011 ވަނަ އަހަރު އެވެ.

މުއިއްޒުގެ ހޯމް މިނިސްޓަރުކަމުގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް އެ މިނިސްޓްރީގެ ދަށަށް ނެގި އެވެ. އަދި ސިޓީ ކައުންސިލް ކުރިން ހިންގަމުންދިޔަ، ބިއްލޫރިޖެހިގެއިން ނެރެ ކުރިން މާފަންނު އަވަށު އޮފީސް ހިންގި ތަނަށް ބަދަލުކުރި އެވެ. އަދި ސިޓީ ކައުންސިލަށް ފުލުހުން ވައްދައި، އެ ތަނުގެ ބައެއް ހާޑުޑިސްކުތައް ވެސް ޔާމީންގެ ސަރުކާރުގައި ނަގާފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިހާރު މި ހިންގާ ލާމަރުކަޒީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މާލެއިން ޒިޔާރަތް ކުރެއްވި ގެއެއްގައި މީހަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މާލެއިން ޒިޔާރަތް ކުރެއްވި ގެއެއްގައި މީހަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މާލެއިން ޒިޔާރަތް ކުރެއްވި ގެއެއްގައި މީހަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox