ދައުރުވަނީ ސީރިއަސް ހާލުގައި އޮތް ކުޑަކުއްޖަކު ޑޯނިއާ ފްލައިޓުގައި އުފުލި ވީޑިއޯ: އެމްއެންޑީއެފް

މިއަދު ޑޯނިއާ ބޯޓުގައި މާލެ ގެނައި ކުޑަކުއްޖާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާލަނީ : ދައުރުވަނީ ސީރިއަސް ހާލުގައި އޮތް ކުޑަކުއްޖަކު އުފުލި ވީޑިއޯ - ފޮޓޯ: އެމްއެންޑީއެފް

މިއަދު ޑޯނިއާ ބޯޓުގައި މާލެ ގެނައި ކުޑަކުއްޖާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާލަނީ : ދައުރުވަނީ ސީރިއަސް ހާލުގައި އޮތް ކުޑަކުއްޖަކު އުފުލި ވީޑިއޯ - ފޮޓޯ: އެމްއެންޑީއެފް

މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދިޔަ ދެ އަހަރުގެ ކުޑަކުއްޖަކު ޑޯނިއާ ފްލައިޓުގައި އިތުރު ފަރުވާއަށް މާލެ ގެނައި ދަތުރުގެ ވީޑިއޯއެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކާ ގުޅިގެން "އަދަދު" އިން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ދަތުރަކީ މެޑިކަލް އެވެކުއޭޝަންއެއް ކަމަށެވެ.

އަދި ޑޯނިއާ ފްލައިޓު ދަތުރުކުރީ ހަނިމާދޫއިން ކާޑެއްދޫ އަށް އަދި ކާޑެއްދޫއިން މާލެއަށް ކަމަށާއި ބޯޓު މިހާރު އެނބުރި ހަނިމާދޫއަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ކުޑަކުއްޖެއްގެ ހާލު ސީރިއަސް ވެގެން މާލެ ގެންނަން ކުރި ދަތުރެއް މިއަދު މެންދުރު ފަހު ކުރީ" ސިފައިންގެ އޮފިޝަލު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނެފައިވަނީ މިއަދު ޑޯނިއާ މާލެއަށް ދަތުރުކުރީ ހަނިމާދޫގައި ތިބި ކަމަށްބުނާ އިންޑިއާ ސިފައިން ގޮވައިގެން ކަމަށެވެ. އަދި އެމީހުން މާލެއަށް ގެނެސްފައިވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައި ހުޅުލޭގައި ބޭތިއްބުމަށް ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދުވެސް ވަނީ ދައުރުވަމުންދާ ވީޑިއޯތައް ދޮގުކޮށް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތު އުފެދޭގޮތަށް ހަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ ހަމަތަކާއި މުޅިން ހިލާފު، ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ.

ޑޯނިއާ ބޯޓާ ބެހޭގޮތުން މި ވާހަކަތައް ދައުރުވަމުން މިދަނީ، ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު، ކެމްޕޭނުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އިދިކޮޅުން ފެތުރި ދޮގުތަކަށް ރައްދުނުދެވުން ކަމަށާއި، ދެވަނަ ބުރުގައި ހާމަކުރެވެންހުރި ހުރިހާ އެއްޗެއް ހާމަކޮށް އިތުރަށް ހަގީގަތް އޮޅުންފިލުވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ފާހަގަ އެ ކުރެއްވީ ދެ ވަނަ ދައުރަކަށް އެ މަނިކުފާނު އިންތިހާބު ވެއްޖެ ނަމަ، ރާއްޖެ އިންޑިއާގެ "ސްޓޭޓަކަށް" ވެގެންދާނެ ކަމަށް ފެތުރި ދޮގު ވާހަކަތަކަށެވެ. އިންޑިއާ އައުޓު ކެމްޕޭނުގައި ދެއްކި އެ ވާހަކަތައް ރައްޔިތުންނަށް ގަބޫލު ކުރެވޭ މިންވަރަށް ފެތުރި ކަމަށެވެ.

"އެއީ އެންމެ ބޮޑު ޗެލެންޖު ފުރަތަމަ ބުރުގައި، އިރާދަކުރެއްވިއްޔާ މި ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެން ރައްޔިތުންނަށް ހާމަކޮށްދޭނަން، އެއީ ދޮގު ކަމަށް، އޭގަ ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުގެ ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފަ ނޯންނާނެ ކަން،"

"އެ އެއްޗެހިތައް ކިޔައިދިނީމަ އަޅުގަނޑު ހިތުން ރައްޔިތުންނަށް ވިސްނޭނެ މިއީ އޮޅުވާލުމަކާއި ދޮގެއްގެ ތެރެއިން ކޮށްފަ ހުރި ކަންތައްތައް ކަން، އަޅުގަނޑު ހިތުން އެކަން ކުރެވޭނެ ދެވަނަ ބުރުގެ ތެރޭގަ."

އިންތިހާބަށް ފަހު މިއަދު ރާއްޖެ ޓީވީއަށް ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox