ކިއު ދިގީ މާލޭ މީހުން ވޯޓުލާ ފޮށިތަކުގައި، ޖުމުލަކޮށް މަދު

ހިރިޔާ ސްކޫލަށް ވޯޓްލާން ގޮސް ތިބި ބަޔަކު ކިއުގަައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ހިރިޔާ ސްކޫލަށް ވޯޓްލާން ގޮސް ތިބި ބަޔަކު ކިއުގަައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރިޔާސީ އިންތިހާބުގައި ވޯޓުލާން މާލޭގެ ޕޯލިން ސްޓޭޝަންތަކަށް މީހުން ޖަމާވާން ފެށި އިރު މާލޭ މީހުުން ވޯޓްލާ ސްޓޭޝަންތަކުގައި އެހެން ތަންތަނަށް ވުރެ ދިގު ކިއުތައް ހަދައިފި އެވެ.

މާލޭގައި ވޯޓުލާ މަރުކަޒުތައް "އަދަދު"ގެ ނޫސްވެރިން ހެނދުނު ބަލައިލި އިރު ހުރިހާ މަރުކަޒުތަކުގައި ވެސް ކޮންމެވެސް ވަރަކަށް މީހުން ގޮސް ތިއްބެވެ. އެހެން ނަމަވެސް ދިގު ކިއުއެއް ދަމާލާފައި އޮތީ މާލޭގެ ބައެއް ދާއިރާތަކުގެ މީހުން ވޯޓްލާ ހިރިޔާ ސްކޫލްގަ އެވެ.

ހިރިޔާ ސްކޫލުގެ ކިއުގައި ހުރި މާލޭ މެދު ދާއިރާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ހަލީލު ބުނީ މީގެ ކުރިން ބޭއްވި އިންތިހާބުތަކާ އަޅައި ބަލާއި އިރު އެދާއިރާގައި އަވަހަށް ވޯޓުލާން ނުކުތް މީހުންގެ އަދަދު ގިނަކަން ފާހަގަވާ ކަމަށެވެ.

"އަަޅުގަނޑު އަވަހަށް އައިސް މިހިރީ އަވަހަށް ވޯޓުލައި ވޯޓުގެ ކަންތައް އަވަހަށް ނިންމަން. މިފަހަރު މިހާ ގިނަ ބަޔަކު އަވަހަށް ނުކުތީ ކީއްވެކަން ދަންނަވާކަށް ސީދާ ނޭނގޭ،" ހަލީލު ބުންޏެވެ.

ޣިޔާސުއްދީން ސްކޫލުގައި ހުރި ވޯޓުފޮށިތަކުގެ ކައިރީގައި ވެސް ކޮންމެވެސް ވަރަކަށް ކިއު ހަދައިގެން ތިބި އިރު އެ ސްކޫލުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ވޯޓްލާން އަވަސް އަވަހަށް ނުކުތީ މިއަދު ވެސް މަސައްކަތް ކުރަން ޖެހޭތީ މަސައްކަތަށް ނިމުމުގެ ކުރިން ވޯޓުގެ ކަންތައް ނިންމުމަށެވެ.

"އަހަރެންނަކީ ޓެކްސީ ދުއްވާ މީހެއް. އެހެންވީމާ ދަތުރުތަކަށް ފެށުމުގެ ކުރިން ވޯޓްލާން ނުކުތީ،" ޣިޔާސުއްދީން ސްކޫލުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދަރުމަވަންތަ ސްކޫލުގައި ހުރި ތ. އަތޮޅު ރަށެއްގެ ފޮށްޓެއްގެ ކައިރީ ހުރި "އަދަދުގެ" މޮނީޓަރަކު ބުނި ގޮތުގައި 2018 ވަނަ އަހަރާ އަޅާ ބަލާއިރު ވޯޓުލުމުގެ ފޯރި އޭނާއަށް ފެނުނީ ދަށްކޮށެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ އަށް ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު، ފާރިސް މައުމޫނު އަދި ހަސަން ޒަމީލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox