ޔާމީނާ ބައްދަލުކުރި ކަމަށް ފެތުރޭ އަޑުތައް ފާރިސް ދޮގެއް ނުކުރެއްވި

ރިޔާސީ ކެންޑިޑޭތު ފާރިސް މައުމޫން : ޔާމީނާ ބައްދަލުކުރި ކަމަށް ފެތުރޭ އަޑުތައް ފާރިސް ދޮގެއް ނުކުރައްވާ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ ކެންޑިޑޭތު ފާރިސް މައުމޫން : ޔާމީނާ ބައްދަލުކުރި ކަމަށް ފެތުރޭ އަޑުތައް ފާރިސް ދޮގެއް ނުކުރައްވާ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ފާރިސް މައުމޫން، ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އޭނާގެ ބޮޑުބޭބެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރި ކަމަށް ފެތުރެމުންދާ އަޑުތައް ދޮގުނުކުރައްވައި، އެކަމާ ބެހޭގޮތުން ފަހުން ރަސްމީ ބަހެއް ވިދާޅުވާނެ ކަމަށް ފާރިސް ވިދާޅުވެެއްޖެ އެވެ.

ފާރިސް މިހެން ވިދާޅުވީ ރޭ އެންދެރިމާގޭގައި ބޭއްވި ކެމްޕޭން ހަރަކާތުގެ ތެރެއިން "އަދަދު" އަށް ދެއްވި ކުރު އިންޓަވިއުއެއްގަ އެވެ. މި ހަރަކާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

"އަޅުގަނޑު ކުރިންވެސް ދަންނަވާފަ އޮންނާނެ ތިކަމާ ބެހޭގޮތުން ފުރިހަމަ ތަފުސީލު ހާމަކުރާނެ ކަމަށް އިނގޭތޯ"

ޔާމީނާ ބައްދަލުކުރުމާ ބެހޭގޮތުން ވަކި ބަހެއް ނުބުނި ނަމަވެސް، ދެވަނަ ބުރަކަށް ނުގޮސްފިނަމަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ދޭވަހާ ފަދަ މޭރުމަކުން ފާރިސް ރޭ ވާހަކަދެއްކެވި އެވެ.

"އަޅުގަނޑު އެކަމަކަށް [ދެވަނަ ބުރެއްގައި އެހެން ކެންޑިޑޭޓަކަށް ތާއީދުކުރުމަށް] އަދިވެސް ނޫނެކޭ ނުބުނަން، އަޅުގަނޑުމެން މި ހުށަހަޅާ ކަންތައްތައް ބަލައިގަންނަ ބަޔަކާ އެކީގަ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ، އެހިސާބަށް ދިޔައިމަ ވަކި ގޮތެއް ނިންމޭނީ"

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޔާމީނު މިހާރު ހުންނެވި މާފުށި ޖަލަށް ވަދެ ނުކުންނަ މަންޒަރު ފެންނަ ވީޑިއޯ އަދި ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ދައުރުވާން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ނަމަވެސް، އެއާއެކު ޕީޕީއެމުން ވަނީ ފާރިސް ޔާމީނާ ބައްދަލުކުރިކަން ދޮގުކޮށްފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޔާމީންގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް ކަމަށާއި ފާރިސް، ޔާމީނާ ބައްދަލުކުރި އަޑުތަކަކީ ކޯލިޝަންގެ މެންބަރުން ބައިބައި ކުރަން ސަރުކާރުން ކުރާ މަސައްކަތެއް ކަމަށެވެ.

"މިއީ މި ކޯލިޝަންގެ މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުރަމުން ގެންދާ ދޮގު ހަބަރެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ލީޑަރު ޔާމީނު ޖަލުގައި ހުންނެވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ހިފުމާއި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެގެންނެވެ.

ޔާމީނުގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އަޑުއެހުންތައް ދަނީ ކުރިއަށެވެ. ޕީޕީއެމުން ޓިކެޓު ދިން ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ ވެސް މި ހުކުމުގެ ސަބަބުންނެވެ. އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox