އާރުޓީއެލް އާއެކު ކުޅުދުއްފުށީ ރައްޔިތުންނަށް އުފާވެރިކަން، އެދެނީ އެހެން މަޝްރޫއުތަކުގެ މަސައްކަތްވެސް ހަލުވި ވާން

ރައީސަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީގައި ދަމާލި ސަފު : އާރުޓީއެލް އާއެކު ކުޅުދުއްފުށީ ރައްޔިތުންނަށް އުފާވެރިކަން - ފޮޓޯ: މިރާން ނާޝިމް / އަދަދު

ރައީސަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީގައި ދަމާލި ސަފު : އާރުޓީއެލް އާއެކު ކުޅުދުއްފުށީ ރައްޔިތުންނަށް އުފާވެރިކަން - ފޮޓޯ: މިރާން ނާޝިމް / އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް އިއްޔެ ވަޑައިގެންނެވީ ބޮޑުތިލަދުންމަތީގެ މައި ސިޓީ ކަމުގައިވާ ކުޅުދުއްފުށްޓަށެވެ. އެ ސިޓީއިން ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ސިޔާސީ ބަދަލުތަކެއް ދެކެފަ އެވެ. މަޖިލިސް މެންބަރުންނާއި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލަރުން ވަނީ އެމްޑީޕީ ދޫކޮށް ދިޔުމަށްފަހު އަނބުރާ ވެރިކަން ކުރާ ޕާޓީއާ ގުޅިފަ އެވެ.

އެއާއެކު އިއްޔެ ރައީސަށް މަރުހަބާ ކިޔުމަށް ދަމާލި ސަފުވެސް ދިގެވެ. އެ ރަށުން "އަދަދު" އާ ވާހަކަ ދެއްކި މީހުންގެ ރާގުވެސް ހުރީ ރައީސާ އެކުގަ އެވެ. ޑިމޮކްރެޓްސް އާ ގުޅުނު މުޅި ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީގެ އުތުރު ދާއިރާ ތަމްސީލު ކުރައްވާ ޔާސިރު އަބްދުއްލަތީފް އެނބުރި އެމްޑީޕީއަށް އައުމާއެކު ކުޅުދުއްފުށީގެ ސިޔާސީ ކުލަވަރަށް ބަދަލުތަކެއް އަނެއްކާވެސް ވަނީ އައިސްފަ އެވެ.

އެ ސިޓީއިން ވާހަކަ ދެއްކި އެންމެންވެސް އެއް ކަމެއް ފާހަގަކުރި އެވެ. މި ސަރުކާރުން ތައާރަފު ކުރި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ހިދުމަތެވެ. ކުރިން ބޮޑު ހޭދަކޮށް، ނުވަތަ ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކޮށްގެން ކުރަމުންދިޔަ ދަތުރުތަކަށް މި ސަރުކާރުން ހޯދައިދިން ހައްލު ކުޅުދުއްފުށީ ރައްޔިތުން ބަލައިގަނެފައިވަނީ ރުހުމާއި ތާއީދާއެކު އެވެ.

އާރުޓީއެލް ލޯންޗެއް : ކުޅުދުއްފުށީ ރައްޔިތުނަށް އެންމެ ކަމުދިޔަ މަޝްރޫއަކީ އާރުޓީއެލް ފެރީގެ ނިޒާމް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އާރުޓީއެލް ލޯންޗެއް : ކުޅުދުއްފުށީ ރައްޔިތުނަށް އެންމެ ކަމުދިޔަ މަޝްރޫއަކީ އާރުޓީއެލް ފެރީގެ ނިޒާމް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އާރުޓީއެލް ލޯންޗެއް : ކުޅުދުއްފުށީ ރައްޔިތުނަށް އެންމެ ކަމުދިޔަ މަޝްރޫއަކީ އާރުޓީއެލް ފެރީގެ ނިޒާމް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

"ކުރީގަ އަޅުގަނޑުމެން ރަށަކަށް ދިޔަޔަސް ކިހާ ހަރަދެއް ކުރަން ޖެހޭ، މިހާރު އިއްޔެވެސް އަޅުގަނޑު މިއައީ މަކުނޫދޫއަށް ގޮސްފަ، އެންމެ 100 ރުފިޔާ ދިޔައީ ކޮޅަކަށް، އެއީ މީގެ ކުރިން 4،000 - 5،000 ރުފިޔާ ހަރަދުކޮށްގެން މީގެ ކުރިން ދިޔަ ރަށްތައް" ޝަރީފާ ހަސަން، 40، ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީވެސް އާރުޓީއެލް ނިޒާމު ގާއިމުކުރުމެވެ. ޝަރީފާގެ އިތުރުން ކުޅުދުއްފުށިން "އަދަދު" އާ ވާހަކަ ދެއްކި އަހުމަދު ފަރުދީން، 43، ވެސް އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ކަމުގައި ފާހަގަކުރީ ފެރީގެ ނިޒާމުން ގުޅުވާލުން ކަމުގަ އެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަދި ގދ. އަތޮޅު އަދި އައްޑޫ އާއި ފުވައްމުލަކު ސިޓީގަ އެވެ.

އޭގެ އިތުރުން މި އަހަރު ތެރޭ ނ. އަދި ލ. އަތޮޅުގައިވެސް އާރުޓީއެލްގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. މި މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ޖެނުއަރީ، 2021 ގަ އެވެ.

އާރުޓީއެލްގެ އިތުރުން ދެން ކުޅުދުއްފުށީ ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރީ ސިޓީގައި ހުންނަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ވާހަކަ އެވެ. ކުރިން ވާހަކަދެއްކި ޝަރީފާގެ އިތުރުން ސަލްމާ މުހައްމަދު، 31، ވެސް ވަނީ ހޮސްޕިޓަލުގެ ހިދުމަތްތަކާއި ޑޮކްޓަރުންގެ ފެންވަރު ރަނގަޅުވިކަންވެސް ފާހަގަކޮށްފަ އެވެ. ހޮސްޕިޓަލުގެ ހިދުމަތް އަދިވެސް ރަނގަޅު ކުރެވޭނެ ކަމަށާއި އެކަން ކުރެވޭނެ ހަމައެކަނި ވެރިޔަކީ ރައީސް ސޯލިހު ކަމަށްވެސް ސަލްމާ ބުންޏެވެ.

އެހެން މަޝްރޫއުތަކުގެ މަސައްކަތް ހަލުވި ވުމަށް ރައްޔިތުން އެދޭ

ރައީސަށް ތާއީދުކުރި ނަމަވެސް ކުޅުދުއްފުށީ ރައްޔިތުންގެ ބައެއް ޝަކުވާތައްވެސް އެބަހުއްޓެވެ. އެންމެ ގިނައިން އިވުނީ މަޝްރޫއުތައް ލަސްވުމުގެ ވާހަކަ އެވެ. މަގުހެދުން ފަދަ މަސައްކަތްތައް ފެށުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް އަދިވެސް އެ ކަންކަން ހަލުވި ވާން ޖެހޭކަން "އަދަދު" އާ ވާހަކަ ދެއްކި ފަރާތްތަކުން ފާހަގަކުރި އެވެ.

ނަމަވެސް، މަޝްރޫއުތައް ލަސްވެގެންދިޔަ މައިގަނޑު ސަބަބަކީ ކޮވިޑުގެ ބަލިމަޑުކަން ކަމަށްވެސް ގިނަ މީހުން ގަބޫލުކުރެ އެވެ. ރައީސަށް ދެވަނަ ދައުރެއް ދޭން އެމީހުން ބޭނުންވާ ސަބަބަކީވެސް އެއީ އެވެ. ކޮވިޑާ ނުލާ ފަސް އަހަރުން ރައީސަށް ގެނެވޭނެ ތަރައްގީ އަންދާޒާކުރެވޭ ކަމަށް ކުޅުދުއްފުށީ ރައްޔިތުން ބުނެ އެވެ.

"ރައީސް ސޯލިހު ކަންކަން ކޮށްދޭނެ ކަންވެސް ގަބޫލުކުރަން، ބައެއް ކަންކަން ވެފަ ނެތީ ރައީސް ވެރިކަމަށް އެރިތަނުން ކޮވިޑާހެދި މުޅި ދުނިޔެ ހުއްޓިއްޖެ، އެހެންވެ ކަންކަން ނުވެފަ ހުރީ، ދެން މި އަންނަ ފަސް އަހަރު ރައީސް ސޯލިހަށް ލިބިއްޖިއްޔާ ކަންތައްތަކެއް ކުރެވިދާނެ ކަމަށް ގަބޫލުކުރަން" ހާރޫން މުހައްމަދު، 67، ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަޝްރޫއުތައް ލަސްވުމުގައި ހަވާލުކުރެވޭ ކުންފުނިތަކާއި ސިޓީ ތަމްސީލުކުރާ ފަރާތްތަކުގެ އިހުމާލުވެސް އެބައޮތެވެ. އެގޮތުން ސިޓީ ކައުންސިލާއި މަޖިލިސް މެންބަރުންގެ ދައުރު ހާރޫން ފާހަގަކުރި އެވެ.

"އެއީ ހަވާކުރާ ކުންފުނިތަކުންވެސް ވެދާނެ ކަމެއް، ރައީސާ ބެހޭ ކަމެއް ކަމުގައި ގަބޫލެއް ނުކުރަން މަސައްކަތް ލަސްވުމަކީ"

ހާރޫނުގެ އިތުރުން ކުޅުދުއްފުށިން ވާހަކަދެއްކި އާދަމް އަލީ، 63، ވެސް ފާހަގަކުރީ ކައުންސިލަރުންނާއި މެންބަރުންގެ ވާހަކަ އެވެ.

"އެ ރަށެއްގެ ކަމަކަށް އެދޭނީ އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލަރުންނާއި [މަޖިލިސް] މެންބަރުން، އަހަރަމެން ރަށުން ދެ މެންބަރުންނާއި ހުރިހާ ކައުންސިލަރުން ހޮވީ މެންބަރުން އެކައްވެސް އެމްޑީޕީއިން، އެހެންވީމަ އެމީހުން އެކަން ކުރީމަ ކަންކަން ވާނީ"

އާދަމް ބުނި ގޮތުގައި އެހެން ރަށްރަށުގެ ކައުންސިލާއި މެންބަރުންގެ މަސައްކަތުން ކަންކަން ވާތަން ފެންނަ ކަމަށާއި 'ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެ' ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox