ޓީމްގެ ތާއީދު ރައީސް ސޯލިހުއަށް: "ރިސޯޓު މަސައްކަތްތެރިންނަށް އެންމެ ފައިދާ އާއި ލާބަ ހުރި ގޮތަކީ އެއީ"

މިދިޔަ އަހަރުގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ޓޫރިޒަމް ސެކްޓަރަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި --- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރުގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ޓޫރިޒަމް ސެކްޓަރަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި --- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ރިޔާސީ އިންތިހާބުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެހެން އެއްވެސް ދައުރެއްގައި ކޮށްދީފައިނުވާ މިންވަރަށް ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރިސޯޓުތަކުގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްތަކެއް ކޮށްދީ، އެއްބާރުލުން ދީފައިވާ ކަމަށެވެ.

ޓީމްގެ ބަޔާނުގައި ވަނީ ފަތުރުވެރިކަމުގެ ސިނާޔަތުގެ މަސައްކަތްތެރިންނަށް ރައީސް ސޯލިހުގެ ވެރިކަމުގައި ކޮށްދެއްވާފައިވާ ކަންކަމާއި، އިތުރު ދައުރެއް ލިބިއްޖެ ނަމަ ކޮށްދެއްވާނެ ކަމަށް ވެފައިވާ ވައުދުތައް ވެސް ފާހަގަކޮށްފަ އެވެ.

ފާއިތުވެދިޔަ ފަސް އަހަރު ފަތުރުވެރިކަމުގެ ސިނާޔަތުގެ މަސައްކަތްތެރިންނަށް ކޮށްދިން ކަންކަން

  • އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އަދި ބައިނައްލަގުވާމީ ޖަމިއްޔާތަކާއި ގުޅުން ބަދެހިކޮށް ގިނަ މަސައްކަތްތަކެއް ކުރަން ފެށިފައިވުން
  • މަސައްކަތްތެރިންގެ ބައިވެރިވުމާއި މަޝްވަރާއާއެކު މިނިމަމް ވޭޖް ކަނޑައަޅައި، ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބުން
  • 10 ފަސެންޓު ސާވިސް ޗާޖް ނެގުން ލާޒިމުކޮށް، މޮނީޓާ ކުރުމުގެ ނިޒާމް ހަރުދަނާކޮށް ގާނޫނަށް އިސްލާހު ގެނެވި، ތަންފީޒުކުރަން ފެށުން
  • އުސޫލެއް ހަމައެއް ނެތި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް ގާނޫނު އިސްލާހުކުރެވި، ގަވާއިދު އެކުލަވާލުން
  • ރިސޯޓު މުއައްޒަފުން އެދުނު ގޮތަށް ބޮޑު ޗުއްޓީ ބަދަލުކުރުން
  • ރިސޯޓުގައި މަސައްކަތްކުރާ ވަގުތު ފިޔަވައި ހުސްވަގުތުތަކުގައި އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ރިސޯޓުން ފޭބޭ ގޮތަށް ގާނޫނު ބަދަލުކުރުން
  • މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
  • ޓީމްގެ މަޝްވަރާއާއެކު އިންޑަސްޓްރިއަލް ރިލޭޝަން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

ކުރިއަށް އޮތް ދައުރުގައި ފަތުރުވެރިކަމުގެ ސިނާޔަތުގެ މަސައްކަތްތެރިންނަށް ވެފައިވާ ވައުދުތައް

  • ފަތުރުވެރިކަމުގެ މަސައްކަތްތެރިންނަށް ހާއްސަ ބޯހިޔާވަހިކަން.
  • މަސައްކަތްތެރިންނަށް ފަސޭހަކަމާއެކު އާއިލާ ގާތަށް ދެވޭނެ ގޮތަށް ރިސޯޓްތައް ޒަމާނީ ހައި ސްޕީޑް އާރްޓީއެލް ފެރީތަކާ ގުޅާލުން.
  • ރިސޯޓްތަކުގެ އިސް މަގާމުތައް މަދުވެގެން 50 ފަސެންޓު ދިވެހިންނަށް ހަމަޖެއްސުން.
  • ރިސޯޓުތަކުގެ މުއަައްޒަފުންނަށް ހާއްސަ ތައުލީމީ ޕްރޮގްރާމުތައް ހިންގުން.
  • ބައިނައްލަގުވާމީ މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލް ކެމްޕަސްއެއް ގާއިމްކުރުން.
  • ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ 500 ލީޑާޝިޕް ސްކޮލާޝިޕް ފުރުސަތު ހޯދައިދިނުން.

މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރުން ކޮށްދީފައިވާ ކަންކަން އެ ޖަމިއްޔާއިން ބަލައިގަންނަ ކަމަށް ޓީމްއިން ބުނެ އެވެ.

"ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ހާއްސަކޮށް މުހިއްމު ސިޔާސަތުތަކެއް އެކުލަވާލައިފައިވާތީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާޞުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމާފައިވާކަމުގައި ދަންނަވަމެވެ." ޓީމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު ފަތުރުވެރިކަމުގެ ނުމޫސުން ޖޫން ޖުލައި މަހު އޮންނަ ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓީމްއިން ވަނީ މިކަމާއި ދެކޮޅަށް އަޑު އުފުލައި ނުރުހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox