ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އެކުލަވާލަން މުއިއްޒުގެ ވައުދު

މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ރަސްމީ ދަފުތަރެއް އެކުލަވައިލުމުގެ ރިޔާސީ ވައުދާއި އެކު އެމީހުންގެ ކަންބޮޑުވުންތައް ހައްލުކޮށް ނުދެވި އޮތީ ސަރުކާރުގެ ސަބަބުން ކަމަށް ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެހެން ވިދާޅުވީ ޓެކްސީ ޑުރައިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ޕީއެންސީގެ ސަރުކާރެއްގައި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކަށް ހާއްސަކޮށް ކޮށްދޭން ނިންމާފައިވާ ކަންކަން ހިއްސާ ކުރުމަށް މިއަދު ހ. މީރުމާގެ ކޮންފަރެންސް ހޯލުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ 16 ސެންޓަރެއްގެ ވެރިންނާއި ބައެއް ޓެކްސީ ޑްރައިވަރުން ބައިވެރިވި އެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން އެ ބައްދަލުވުމުގައި ވަނީ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ ވާހަކަތައް މުއިއްޒުއާ ހިއްސާ ކޮށްފަ އެވެ. އެގޮތުން އެ މީހުން ވަނީ ޓެކްސީ ޑުރައިވަރުންނަކީ ރަސްމީ ގޮތުން ވަޒީފާއެއްގައި އުޅޭ ބައެއްގެ ގޮތުގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ވެސް އަދި ބޭންކު ތަކުން ވެސް ގަބޫލު ނުކުރުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ވާހަކަތައް ހިއްސާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަޅުގަނޑުމެންނަކީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ބޭންކުތަކުން ނުބަލާ، އަޅުގަނޑުމެންނަކަށް ލޯނެއް ނުލިބޭ، އިންޝުއަރެންސެއް ވެސް ނުލިބޭ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ކުރިމަތިލުމަށް ޝަރުތު ހަމައެއް ނުވޭ ވަޒީފާއެއްގައި އުޅޭކަމަށް ނިޒާމުގެ ތެރެއިން ފެންނަން ނޯންނާތީ،" މާލޭގައި ޓެކްސީގެ ހިދުމަތްދޭ ސެންޓަރެއްގެ ވެރިޔަކު ބުންޏެވެ.

މިއަދު ބޭއްވި ބައްދަލުމުގައި ބައިވެރިވި ބައެއް ޓެކްސީ ޑްރައިވަރުން.

އެނާ ބުނީ ޓެކްސީގެ ހިދުމަތްދޭ ޑްރައިވަރުންނަކީ ވަރަށް އަގުހުރި އަދި މުހިންމު، އަސާސީ ހިދުމަތެއް ފޯރުކޮށްދޭ ބައެއް ނަމަވެސް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ވެސް އެކަމަށް އެކަށީގެންވާ ވަރުގެ ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ޓެކްސީ ޑްރައިވަރުންގެ ރަސްމީ ލިސްޓެއް އެކުލަވާލުން ކަމަށް އޭނާ ބުންޏެވެ. އޭނާގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވި އެހެން ޑްރައިވަރުން ވެސް އެ ޝަކުވާ ތަކުރާރު ކުރި އެވެ.

އެ ކަންބޮޑުވުމާ ގުޅިގެން މުއިއްޒު ވަނީ ޕީއެންސީގެ ސަރުކާރެެއްގައި ޓެކްސީ ޑްރައިވަރުންގެ ރަސްމީ ދަފުތަރެއް އެކުލަވައިލާނެ ކަމަށް ވައުދުވެޑައިގެންފަ އެވެ.

"އަޅުގަނޑުމެން ވާނީ މިހާރު ވެސް އިއުލާނުކޮށްފައި މަސްވެރިންނަށް، އެއީ ވަޒީފާއެއް ގޮތަށް ކެޓެގަރައިޒް ކުރެވިގެން ރަސްމީ، ގައުމީ ދަފުތަރެއް އުފައްދައި، އެ ދަފުތަރުގައި ރެޖިސްޓަރީ ވީމާ އެއީ ގާނޫނީ ހައިސިއްޔަތު ލިބޭނެ ދަފުތަރެއް، އޭރުން ބޭންކުތަކުން ލޯނު ނެގުމާއި އެކަހަލަ ފުރުސަތުތައް ލިބޭނެޔޭ، ހަމަ ސޭމް ތިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޓެކްސީ ޑްރައިވަރުންނަށް ވެސް ހަމަޖައްސާނަން" މުއިއްޒު ވިދާޅުވި އެވެ.

ޑްރައިވަރުންގެ ފަރާތުން ދެން ވާހަކަދެއްކި ބައެއް މީހުނ ް ވަނީ މާލޭގެ ކާރޫބާރު ބޮޑު މައްސަލަ ފާހަގަކޮށް އެކަމުގެ ސަބަބުން ހިދުމަތް ދިނުމުގައި އުނދަގޫތަކެއް ކުރިމަތިވާކަމަށް ބުނެފަ އެވެ. އެގޮތުން ,މާލެ ތެރޭގައި ޕާކިންގެ މައްސަލަ ހުރި ގޮތުންނާއި އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކުގެ ސަބަބުން ޓުރެފިކް ފުލޯއަށް ބާރުބޮޑުވާކަން ފާހަގަކޮށް އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދިފަ އެވެ.

އޭގެ އިތުރުން, މުދާ ބަރުކޮށްގެން މާލޭގައި ދުއްވާ ބޮޑެތި އުޅަނދުފަހަރުތަކުގެ ސަބަބުން ވެސް އާންމުދަތަރުފަތުރަށް ކުރިމަތިވާ އުނދަގުލުގެ މައްސަލަ ޑްރައިވަރުން ފާހަގަކުރި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޓެކްސީ ޑުރައިވަރަކު ޝަކުވާ ހުށަހަޅަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
މިއަދުގެ ބައްދަލުވުމުގައި ޓެކްސީ ޑުރައިވަރަކު ޝަކުވާ ހުށަހަޅަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިއަދުގެ ބައްދަލުވުމުގައި ޓެކްސީ ޑުރައިވަރަކު ޝަކުވާ ހުށަހަޅަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމުގައި މިހާރު ވެސް ހުންނެވި، މުއިއްޒު ވިދާޅުވީ، އެ ކަންކަން ހައްލު ނުކުރެވި އޮތީ އެކަންކަން ކުރުމަށް ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި މާލެއާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އިމާރާތް ކުރުމަށް ކުރި މަސައްކަތާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ އިތުރުން މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ އިންޑަސްޓުރިއަލް ޒޯނު، އެތަނުގެ ޕްލޭނާ އެއްގޮތަށް ތަރައްގީ ނުކުރާކަން ފާހަގަ ކޮށްފަ އެވެ.

ސަރުކާރަށް އެ ތުހުމަތުތައް ކުރުމަށްފަހު މުއިއްޒު ވިދާޅުވީ އެކަންކަން ކުރެވުނު ނަމަ ޓެކްސީ ޑްރައިވަރުންގެ ގިނަ ޝަކުވާތަކަށް މިހާރު ހުރީހީ، ހައްލު ލިބިފައި ކަމަށެވެ.

"އެހެންވީމާ ޕާކިން ބިލްޑިން އެޅުނު ނަމަ، މަގު ހެދުނު ނަމަ، އިންޑަސްޓުރިއަލް ވިލެޖުގެ ޕްލޭނާ އެއްގޮތަށް އެތަނުގެ ކުރިއަށް ގެންދާނަމަ، ވަރަށް ގިނަ ކަންކަން ހައްލުވެފައި ހުންނާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، އެ ތިން ކަންތައް ވެސް ކުރާނެ ކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި ޓެކްސީ ޑުރައިވަރުންނަށް ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox