އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ދަށުން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ނަމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގެ އޮކްޓޯބަރު އިންޓޭކަށް ހުޅުވާލައިފި އެވެ.
މޯލްޑިވިއަން ފްލައިން ސްކޫލުން މައުލޫމާތު ދޭ ގޮތުގައި އެ ސްކޫލުން ހިންގާ ޕައިލެޓް ޓްރެއިނިން ޕްރޮގްރާމަކީ އެއް އަހަރުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ފުރަތަމަ ހަ މަސް ތިއަރީ ކިޔެވުމަށް ހޭދަވާއިރު ގޭގައި ހުރެގެން އޮންލައިންކޮށް ތިއަރީ ޓްރެއިނިންތަކުގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮގްރާމުގެ ޕްރެކްޓިކަލް ޓްރެއިނިން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި މިހާރު ހުޅުވާލާފައިވާ އޮކްޓޯބަރު އިންޓޭކުގައި ހުރީ ވަރަށް ލިމިޓެޑް ސްލޮޓް ތަކެކެވެ. އަދި އެ ސްލޮޓްތަކަށް އެދި ކުރިމަތިލާ ދިވެހި ދަރިވަރުންނަށް އިސްކަންދޭނެ ކަމަށާއި ދިވެހި ދަރިވަރުންނަށް ކޯހުގެ ފީ ރުފިޔާއިންވެސް ދެއްކޭނެ ކަމަށްވެސް ބުންޏެވެ.
މޯލްޑިވިއަން ފްލައިން ސްކޫލުގައި މިހާރުވެސް އެތައް ދަރިވަރުންތަކެއް އަންނަނީ ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމަތު ބޭނުން ނަމަ ފްލައިންސްކޫލުގެ އީމެއިލް admissions@maldivianaviationacademy.com އަށް މެއިލް ކޮށްލައިން ހޯދޭނެ އެވެ.












