މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ލިސްޓު އާންމު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން:

ލިސްޓު އާންމު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން:

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ވެރި ރަށް މާލެ ސަރަހައްދުން ގޯތި ލިބުނު މީހުން ދާއިމީ ލިސްޓު ރޭ ގެސެޓުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ރޭ އާންމުކޮށްފައި ލިސްޓުގައިވާ ގޮތުން މިހާރު ޖުމްލަ 18،000 އަށް ވުރެ މައްޗަށެވެ. މުޅި ޖުމްލަ 9001 ގޯތި، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން މިބުރުގައި ގޯތި ނުލިބެނީ 684 މީހުންނަށެވެ. އެއީ އެކަނި ފޯމު ހުށަހަޅާފައިވާ ތިބި، ކައިވެންޏެއްކޮށްގެން ނުއުޅޭ އަދި ދަރިން ވެސް ނެތް މީހުންނެވެ. ގޯތި ނުލިބޭ އެންމެނަކީ ވެސް 25 އަހަރުން ދަށުގެ މީހުން ކަމަށް ސަރުކާރުން ބުނެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންގެ މެދުގައި ގުރު ނެގުން މާދަމާ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ގޯތި ދޫކުރަން ފެށި ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ދޫކުރެވޭނީ ކިތައް ގޯތި ކަމެއް އަކްރަމް ވިދާޅެއް ނުވެ އެވެ. ނަމަވެސް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ނޮވެމްބަރު 11، ގެ ކުރިން ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ގޯތީގެ ބޮޑުމިނާއި ދޫކުރާ ތަންތަން:

  • 1250 އަކަފޫޓު - 3551 ގޯތި (ހުޅުމާލެ 250, ގުޅީފަޅު 260, ގިރާވަރު 3041)
  • 1650 އަކަފޫޓޫ - 2802 ގޯތި (ހުޅުމާލެ 340, ގުޅީފަޅު 558, ގިރާވަރުފަޅު 1904)
  • 2050 އަކަފޫޓު - 1547 ގޯތި (ހުޅުމާލެ 370, ގުޅީފަޅު 690, ގިރާވަރުފަޅު 487)
  • 2450 އަކަފޫޓު - 656 ގޯތި (ހުޅުމާލެ 180, ގުޅީފަޅު 476)
  • 2850 އަކަފޫޓު - 254 ގޯތި (ހުޅުމާލެ 100, ގުޅީފަޅު 154)
  • 3250 އަކަފޫޓު - 109 ގޯތި (ހުޅުމާލެ 60, ގުޅީފަޅު 49)
  • 3650 އަކަފޫޓު - 53 ގޯތި (ހުޅުމާލެ 31, ގުޅީފަޅު 22)
  • 4000 އަކަފޫޓު - 29 ގޯތި (ހުޅުމާލެ 20, ގުޅީފަޅު 9)

އޭގެ ތެރެއިން، 1250 އަކަފޫޓުގެ 3551 ގޯއްޗަކީ, ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. އަދި 1650 އަކަފޫޓުގެ 2802 ގޯއްޗަކީ, ދެ މީހަކު އެކުވެގެން އެޕްލިކޭޝަން ހުށަހެޅި މީހުންނެވެ. ގޯތީގެ ބޮޑުމިން ބަލާފައި ވަނީ އެޕްލިކޭޝަނަށް ޖޮއިންޓުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުުވާ ގޮތަށެވެ. ހަތަރުހާސް އަކަފޫޓުގެ 29 ގޯތި ލިބެނީ މަދުވެގެން އަށް މީހުން އެކުވެގެން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox