ހުލާސާކޮށް އިއްޔެ: ގޯތީގެ ގުރުއަތު ނެގުން އަންގާރަ ދުވަހު

Aug 14, 2023, 3:08 AM
ހުޅުމާލެ

ހުޅުމާލެ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކޮށް، ގޯތި ލިބޭނެ ތަންތަން ކަނޑައަޅަން އަންނަ އަންގާރަ ދުވަހު ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރަނީ 1351 ގޯއްޗެވެ. ގުޅިފަޅުން، 2218 އަދި ގިރާވަރުން 5432 ގޯއްޗެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ދޫކުރަނީ އިންވަކިކޮށް، ރަޖިސްޓްރީއާއެކު ކަމަށެވެ. އެ ނިންމުމަކީ ދެން އަންނަ ސަރުކާރަކުން ބަދަލު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން ނިންމަވާ ކަމެއް [ގޯތި ދިނުން] ސަރުކާރު ބަދަލުވިޔަސް އެކަމަށް ބަދަލެއް އަންނާނެހެން ހިއެއް ނުވޭ. އަޅުގަނޑުމެން މި ދެނީ ރަޖިސްޓްރީއާއެކު ޕްލޮޓު ކަނޑައަޅާފައި. އޭގައި ގާނޫނާ ހިލާފު ކަމެއް ނެތް،" އަކްރަމް ވިދާޅުވި އެވެ.

ގޯތި ދޫކުރަން ފެށި ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ދޫކުރެވޭނީ ކިތައް ގޯތި ކަމެއް އަކްރަމް ވިދާޅެއް ނުވެ އެވެ. ނަމަވެސް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ނޮވެމްބަރު 11 ގެ ކުރިން ގޯތި ދޭނެ ކަމަށާއި އެ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފު ވިދާޅުވީ ގޯތީގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ގަލޮޅު ދަނޑުގައި ކަމަށާއި، އެކަމަށް ދެ ދުވަސްވަރު ނަގާނެ ކަމަށެވެ.

"ގޯތި ލިބޭ ކޮންމެ މީހަކު ވެސް ފޮށިން ގޮސް ކަރުދާސްކޮޅު ނަގާ ގޮތަށް ކުރިއަށް ގެންދާނީ،" އާރިފު ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ގުޅިފަޅާއި ގިރާވަރުން ދޫކުރާ ގޯތިތައް އިމާރާތްކޮށް މީހުން އާބާދު ވާއިރަށް، އެ ތަންތަނުގެ މަގުތަކާއި، ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތަށް ހިދުމަތްތައް ގާއިމުކުރާނެ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.

އަކްރަމް ވިދާޅުވީ ގޯތި ލިބޭނީ ކޮން ތަނަކުން ކަން ކަނޑައަޅާނީ އަންގާރަ ދުވަހު އޮންނަ ގުރުއަތުލުން ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުން ހުށަހެޅި އިރު ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ގޯތި ލިބޭ މީހުންގެ ތެރޭގައި 18،955 މީހުން ހިމެނެ އެވެ. މިބުރުގައި ގޯތި ނުލިބޭ ތިބީ 684 މީހުންނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރޭ ވެލިދޫގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ މެނިފެސްޓޯ ހާމަ ކުރެއްވުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެމަނިކުފާނު ހުށަހަޅުއްވާ ސިޔާސަތުތަކާ ހަމަހަމަ ކުރެވޭ ސިޔާސަތެއް ވާދަވެރިންނަށް ހުށަނޭޅޭނެ ކަމަށް،

އެއް ބޭފުޅަކު އެ ހުންނެވީ އައްޑަނަ އާއި ހަތިޔާރު ކަނޑި ބަޑި ހިއްޕަވައިގެން. އަނެއް ބޭފުޅަކީ ހެނދުނު ތެދުވާ ގޮތަށް އެއް ސިޔާސަތެއް ހާމަ ކުރުމަށް ފަހު މެންދުރު އަނެއް ގޮތަށް ބަދަލުވާ ބޭފުޅެއް. ރޭގަނޑު އެހެން ވާހަކައެއް ދައްކަވާނީ,"

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox