ޕީޕީއެމް އޮތީ ޕެރަލައިޒްވެފައި، އެހެން ލީޑަރަކު އުފަންވާ ޔާމީން ފުރުސަތު ނުދޭނެ: މައުރޫފު

ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު މައުރޫފު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު މައުރޫފު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ އުއްމީދަށް ފެނަށް ދިޔުމުން، އެހެން ލީޑަރަކަށް ފުރުސަތު ނުދެއްވައި ޕީޕީއެމް އެ ވަނީ ޕެރަލައިޒްކޮށްލާފައި ކަމަށް، ކުރީން ޔާމީނާ ވަރަށް ގާތް ގުޅުމެއް އޮތް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވަން ކެމްޕޭނު ކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި މައުރޫފު ވިދާޅުވީ ޕީޕީއެމް ކަރަންޓީނު ވެފައިވާ ކަމަށް ކުރިން ބުނުމުން ފާޑުކިޔުން އަމާޒުވި ކަމަށެވެ.

"އަޅުގަނޑު މިއަދު ބުނާނީ ޕީޕީއެމް އެއޮތީ ޕެރަލައިޒްވެފައޭ. ހުރިހާ ސިޔާސީ ވެރިންގެ އުއްމީދުތައް ކަފުންކޮށް ޕާޓީގެ އާންމު މެމްބަރުންގެ އުއްމީދުތައް [އެވަނީ] މުޅިން ވަޅުޖެހި ގޮސްފައި. އަޅުގަނޑު އެކަމާ ވަރަށް ބޮޑަށް ހިތާމަކުރަން،" ކުރިން ޕީޕީއެމްއާއެކު ކޯލިޝަން ހެދި އެމްޑީއޭގެ މައުރޫފު ވިދާޅުވި އެވެ.

"އެ ދުވަހު އަޅުގަނޑު އެހެން [ޕީޕީއެމް ކަރަންޓީނު ވެފައިވާ ވާހަކަ] ބުނީ އަޅުގަނޑަށް ރައީސް ޔާމީންގެ ވިސްނުންފުޅު ވަރަށް ރަނގަޅަށް އެނގޭތީ. އަޅުގަނޑަށް އެނގޭ އެހެން ސިޔާސީ ލީޑަރަކު އުފަންވާ އެ މަނިކުފާނު ފުރުސަތު ނުދޭނެކަން."

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށް ލުމުގެ އިތުރުން، ފަސް މިލިއަން ޑޮލަރުން ކުރި ޖޫރިމަނާ ހުކުމް ދެމިއޮތުމުގެ ސަބަބުން، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލިގެން ދިޔަ އެވެ.

އެ ހާލަތު އަތުވެދާނެތީ ޕީޕީއެމްގެ ޓިކެޓު ހޯއްދެވުމަށް މުއިއްޒުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫން ވެސް ހުންނެވީ ތައްޔާރަށް ކަމަށް މައުރޫފު ފާހަގަ ކުރެއްވެވި އެވެ. ނަމަވެސް ޔާމީން ކަންކުރެއްވި ގޮތުން އެ ބޭފުޅުންގެ ސިޔާސީ އުއްމީދާއި ހަޔާތް އެ ވަނީ ބޭކާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓުގެ މައްސަލައިގައި ޑރ. ވަހީދު ވަނީ އެ ޕާޓީން އިއްޔެ ވަކިވެވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ މާލޭގެ މޭޔަރު މުއިއްޒަށް ތާއިދު ހޯދަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ މާލޭގެ މޭޔަރު މުއިއްޒަށް ތާއިދު ހޯދަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ މާލޭގެ މޭޔަރު މުއިއްޒަށް ތާއިދު ހޯދަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

"ޕީޕީއެމްގެ ކޯލިޝަނަކީ ހުދުމުހުތާރު ފޯމިއުލާއެއް"

ރައީސް ޔާމީން އަދި ޕީޕީއެމްއަކީ ހުދުމުހުތާރު އުސޫލުތަކެއް ގެންގުޅޭ ބައެއްކަން މައުރޫފު ސިފަކުރެއްވީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ އެ ކޯލިޝަންގެ އަސްލު އުފެދިފައިވާ ގޮތާއި ހިންގަމުންދާ ގޮތުގެ މައްޗަށް އަދި އެމްޑީއޭގެ ލީޑަރު ސިޔާމްގެ ސިޔާސީ މުސްތަގުބަލު ހުއްޓުވަން ކުރިން ކުރެއްވި ކަންތަކަށެވެ.

ޔާމީން އެމްޑީއޭ ޕެރަލައިޒްކޮށްލި ކަމަށާއި "ސިޔާސީ މުސްތަގުބަލު ހުއްޓަވަން އެންގެވި" ކަމަށް މައުރޫފު ފުރަތަމަ ފަހަރަށް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ސިޔާމްއަށް ކުރިމަތިވެވަޑައިގަތް ފިއްތުންތަކުގައި އޭނާގެ ސަން އޮންލައިން އާއި ސަން ޓީވީ ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލި އެވެ.

އެފަދަ ތަޖުރިބާތަކުގެ ސަބަބުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމް އާއި އެމްޑީއޭގެ ތާއިދު ސިއްރިޔާތުގައި ދީފައި އޮތީ، ރައީސް ސޯލިހަށެވެ.

ފުވައްމުލަކުގައި ހެދި އެމްޑީއޭގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި އެމްޑީއޭގެ ރައީސް ސިޔާމް ސަލާމްކުރައްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ފުވައްމުލަކުގައި ހެދި އެމްޑީއޭގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި އެމްޑީއޭގެ ރައީސް ސިޔާމް ސަލާމްކުރައްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ފުވައްމުލަކުގައި ހެދި އެމްޑީއޭގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި އެމްޑީއޭގެ ރައީސް ސިޔާމް ސަލާމްކުރައްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

"ޕީޕީއެމްގެ ފަހަތުން ޕީއެންސީ އުފެއްދީ. ހަމަ ޕީޕީއެމްއިން މެމްބަރުން ނަގައިގެން. ކޯލިޝަނެއް ނުހަދާނެ އެއް ޕާޓީގެ މެމްބަރުން އަނެއް ޕާޓީއަށް ލައިގެނެއް،" ޕީޕީއެމް/ޕީއެންސީއަކީ ހުދުމުހުތާރު ފޯމިއުލާގެ ކޯލިޝަނެއް ކަމަށް ފާހަގަ ކުރެއްވުމަށް ފަހު މައުރޫފު ވިދާޅުވި އެވެ.

"އަޅުގަނޑު އަބްދުއްރަހީމަށް ދަންނަވާލަން އޮތީ އިތުރަށް އަނެއްކާ ވެސް ޕާޓީއެއް އުފައްދަންވީ ނޫންތޯއޭ. އެއީ މުހައްމަދު ސައީދަށް ފިނިފެންމާ ޕާޓީ ހަދާފައި މުހައްމަދު ސައީދު ރައީސަކަށް ލާފައި އިތުރަށް ތިބޭފުޅުން ކޯލިޝަން ހަދާށޭ."

ޕީޕީއެމް އަށް ފާޑު ވިދާޅުވިޔަސް، މައުރޫފު އެމްޑީޕީ ސިފަކުރެއްވީ "ވަރަށް ތަހުޒީބު ޕާޓީއެއް" ގޮތަށެވެ. އޭނާ "މިއަދު ދިވެހިރާއްޖޭގައި ރިޔަސީ އިންތިހާބަކަށް ކުފޫ ހަމަވާ ޕާޓީއަކަށް ހަމައެކަނި އޮތީ މިއަދުގެ އެމްޑީޕީ" ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަކީ ދިވެހިރާއްޖެ އިސްލާހުކުރި ޕާޓީކަމަށާއި އެ ޕާޓީ ނުކުތީ ތަހުޒީބު ޑިމޮކްރަސީއެއް ގެނައުމަށް ކަމަށް މައުރޫފު ވިދާޅުވި އެވެ. މިހާރުގެ ރައީސް ސޯލިހު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox