ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދޭން ނިންމައި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އިއްޔެ ގެޒެޓުކޮށްފި އެވެ.
ހައުސިން މިނިސްޓަރީން ގެޒެޓު ކުރި އިއުލާނުގައި ބުނެފައި ވަނީ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ ދިރިއުޅުމުގެ ހާލަތާގުޅޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުމުގެ މަސައްކަތް އެ މިނިސްޓަރީން ކުރަމުން ގެންދާނެ ކަމަށެވެ.
ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޯގަސްޓު، 22 އާ ހަމަ އަށެވެ.
ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކުގެ ފޯމާމެދު "ގެދޮރިވެރިން ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅިއިރު، ވެފައިވާ އިގުރާރުގައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓަރީން ކުރި އިއުލާނުގައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1200 އެޕާޓުމެންޓާއި ތިން ކޮޓަރީގެ 2800 އެޕާޓުމެންޓެވެ.

މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 26 ގައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ފްލެޓަށް އެދި 20،697 މީހުން ފޯމު ހުށަހެޅި އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ހުޅުޖަހައި, ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ނަމަވެސް, އެކަމާ މެދު މަޑަވެލީގެ ރައްޔިތުންނާއި ސަޕޯޓަރުންނަށް އަދި ކެމްޕޭން ޓީމުން ކަންބޮޑުނުވުމާއި, އެކަމަށް ރައްދު ނުދިނުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު މަޑަވެލީގެ ރައްޔިތުންނާއި ސަޕޯޓަރުންނަށް އަދި ކެމްޕޭން ޓީމަށް ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށް ވެސް އެއާ ދޭތެރޭ ކަންބޮޑުވެވަޑައިނުގަތުމަށް. އަދި އެއާ ދޭތެރޭގައި ޖަވާބު ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް،"
ދުވަހުގެ ފޮޓޯ

މަޑަވަލީގައި އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ހުޅުޖަހައި، ތަކެއްޗަށް ގެއްލުން ދީފައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު











