އިންތިހާބަށް މަހެއް، އޮފިޝަލުން ލިބުމުގައި އީސީއަށް ދަތިކަން

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު؛ ބައެއް ރަށްރަށުން އޮފިޝަލުން ހޯދުމުގައި ދަތިކަމެއް އެބަ އުޅޭ ކަމަށް ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު؛ ބައެއް ރަށްރަށުން އޮފިޝަލުން ހޯދުމުގައި ދަތިކަމެއް އެބަ އުޅޭ ކަމަށް ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރިޔާސީ އިންތިހާބަށް ބާކީ 38 ދުވަސް އޮތް އިރު، ރަށްރަށުގައި ވޯޓު ލުމުގެ އިންތިޒާމުތައް ހަމަޖައްސައިގެން ގެންދަން ބޭނުންވާ އޮފިޝަލުން ހޯދުމުގައި ދަތިކަމެއް އުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުތަކުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ފޮއްޓަކަށް ގާތްގަނޑަކަށް 1،200 މީހުން ވޯޓު ލެވޭ ނިސްބަތުންނެވެ. އޭގެ ބަދަލުގައި އެ ނިސްބަތް 850 މީހުނަށް ދަށްކޮށް ގިނަ ވޯޓު ފޮށިތަކެއް ބެހެއްޓުމަށް ކޮމިޝަނުން ނިންމި އެވެ.

އޭގެ އިތުރުން މީގެ ކުރިން ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 50 މީހުން އެ ރިސޯޓެއްގައި ވޯޓުލާން ރަޖިސްޓްރީކޮށްފިނަމަ އެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް މި ފަހަރު މަދުވެގެން 30 މީހުން ވޯޓުލާން ރަޖިސްޓްރީވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަ އެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓަ އެވެ. މިހާ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ ފުރަތަމަ އިންތިހާބެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އަޅާ ބަލާއިރު 128 ފޮށީގެ އިތުރުވުމެކެވެ.

އެހެންކަމުން ކުރީގެ އިންތިހާބުތަކަށް ވުރެ މި އަހަރު އޮފިޝަލުން އިތުރަށް ބޭނުންވެ އެވެ. އީސީގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް، ގިނަ އިރު ކިއޫގައި ތިބެން ނުޖެހޭ ގޮތަށް، އަވަަހަށް ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމުތަކެއް މި އިންތިހާބުގައި ހަމަޖެއްސުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު "އަދަދު" ނޫހަށް ވިދާޅުވީ ބައެއް އަތޮޅުތައް ވެސް ހިމެނޭހެން ރަށްރަށުގައި އޮފިޝަލުން ލިބުމުގައި ދަތިކަމެއް އެބަ އުޅޭ ކަމަށެވެ. ނަމަވެސް އިންތިހާބާ ގާތްވާއިރު އޮފިޝަލުން ހަމަނުވެއްޖެނަމަ އެހެން ގޮތް ގޮތުން ވެސް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮފިޝަލުން ނުލިބިއްޖެއްޔާ، ދެން ހަމަ އޮފިޝަލުން ހޯދެން އޮތް ގޮތަކަށް އޮފިޝަލުން ހޯދަން މަސައްކަތް ކުރާނަން،" ހަބީބު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އޮފިޝަލުން ހޯދަން ދަތިވެގެން އީސީން ވަނީ އާބާދީ ބޮޑެތި ރަށްރަށުން އިތުރަށް ލިބޭ މީހުން އާބާދީ ކުދި ރަށްރަށަށް މީހުން ފޮނުވައިފަ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަނާއި، ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ވެސް އިންތިހާބުގެ މަސައްކަތްތަކަށް ހޯދައިފަ އެވެ.

"އާންމުކޮށް އޮފިޝަލުން ނުލިބޭ ރަށްރަށް، އަދި އަތޮޅުތައް، ވ. އަތޮޅު ބައެއް ރަށްރަށަށް، ހަމަ މީހުން އިތުރަށް ލިބޭ އާބާދީ ބޮޑެތި ރަށްތަކުން މީހުން، ކައިރިކައިރި ރަށްރަށުން ވެސް އޮފިޝަލުން ފޮނުވާނަން،" ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.

ޖުމްލަ 604 ވޯޓުފޮށީގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ. އަދި 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދީފައިވެ އެވެ.

ކެންޑިޑެސީ އިއުލާންކުރި މީހުން؛

  1. ޕީޕީއެމް: ކުރީގެ ރައީސް އަބްދުﷲ ޔާމީން
  2. އެމްޑީޕީ: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  3. އެމްއެންޕީ: މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  4. ޖޭޕީ: މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  5. ދަ ޑިމޮކްރެޓްސް: މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
  6. އަމިއްލަ ގޮތުން: ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  7. އަމިއްލަ ގޮތުން: ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު
  8. އަމިއްލަ ގޮތުން: އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން

ކުރިމަތިލާނެ ކަމަށް އިއުލާންކުރި މީހުންގެ ތެރެއިން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ހޯމަ ދުވަހު ހުށަހެޅި ކެންޑިޑެސީ ބަލައިނުގަންނަން ނިންމާފައިވާތީ ޕީޕީއެމުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ރައީސްކަމަށް ކުރިމަތިލާ މީހުންގެ އެއް ޝަރުތުގެ ގޮތުގައި ގާނޫނު އަސާސީގައި އޮތީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

އެހެންކަމުން އެ ހުކުމް ދެމިއޮތްހާ ހިނދަކު ވާދަނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެ އެވެ. ނަމަވެސް ގާނޫނު އަސާސީގެ އެ މާއްދާގައި ބަޔާންކުރާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތައް ނިމި ނިހާއީ ހުކުމެއްކަން ނުވަތަ ނޫން ކަން ސުޕްރީމް ކޯޓުން މާނަކޮށްދޭން ޖެހޭ ކަމަށް ވެސް ވަކީލުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox