ހުލާސާކޮށް އިއްޔެ: މާލޭގައި ފެތުރެން ފެށި ރޯގާ

Jul 29, 2023, 1:07 AM
މީހަކު އިއްޔެ ކުޑަ ކުއްޖަކު ގޮވައިގެން އައިޖީއެމްއެޗްގެ އީއާރު ބަޔަށް ވަންނަނީ. މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ހޮޑާއި ބޭރަށް ހިންގުމުގެ ރޯގާއެއް ވަނީ ފެތުރެން ފަށާފައި. -- ފޮޓޯ: އަދަދު

މީހަކު އިއްޔެ ކުޑަ ކުއްޖަކު ގޮވައިގެން އައިޖީއެމްއެޗްގެ އީއާރު ބަޔަށް ވަންނަނީ. މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ހޮޑާއި ބޭރަށް ހިންގުމުގެ ރޯގާއެއް ވަނީ ފެތުރެން ފަށާފައި. -- ފޮޓޯ: އަދަދު

މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހޮޑާއި ބޭރަށް ހިންގުމަކީ ވަކި ކާނާއެއްގެ ސަބަބުން ފެތުރޭ ރޯގާއެއް ނޫންކަން އެޗްޕީއޭއިން އިއްޔެ ބުންޏެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ, މާލެ ސަރަހައްދުަގއި ގަދަޔަށް ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ވައިރަހެއެއްގެ ސަބަބުން ފެތުރެމުންދާ ރޯގާއެއް ކަމަށް އެ އެޖެންސީން ހޯދި ހޯދުމުން އެނގިފައިވާ ކަމަށެވެ.

"ތަހުގީގުތަކުގެ ވަގުތީ ނަތީޖާ ފެންނަ ގޮތުގައި ކުއްލިއަކަށް މި ފެތުރިގެން އުޅޭ ބައްޔަކީ ވައިރަހެއްގެ ސަބަބުން ފެތުރޭ ބައްޔެއް. އެއީ ވަކި ބާވަތެއްގެ ކާނާއަކުން ފެތުރެމުންދާ ބައްޔެއް ކަމަށް ނުބެލެވޭ،" އެޗްޕީއޭއިން ބުނެފައިވެ އެވެ.

Advertisement

ބަލި ފެތުރެނީ ވަކި ކާނާއެއްގެ ސަބަބުން ނޫންކަން އެޗްޕީއޭއިން ޔަގީން ކޮށްދީފައި ވާއިރު, ބަލި ފެތުރެނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބެހި މެޓައެއްގެ ސަބަބުން ކަމަށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިޔާގައި ދަނީ ހަބަރު ފަތުރަމުންނެވެ.

ކުއްލިއަކަށް ގިނަ ބަޔަކަށް ބަލި ޖެހުނު ސީދާ ސަބަބު ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ބަލި ފެތުރޭތާ ދެ ހަފުތާވެފައިވާ ކަމަށެވެ. އަދި މިއީ ކޮންމެ އަހަރަކު ވެސް ސްކޫލު ޗުއްޓީއާ ދިމާކޮށް ފެތުރޭ ބައްޔެއް ކަން ފާހަގަކޮށް އެ އެޖެންސީން ބުނީ, ރެއިން ފެށިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ ކޭސްތައް ޖަމާވެފައިވާ ކަމަށެވެ.

ހޮޑާއި ބޭރަށް ހިންގުމުން ފެތުރުން ހުއްޓުވައި ރޯގާއިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން, ބަލީގެ އަލާމާތްތައް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި, އަލާމާތްތައް ހުއްޓޭތާ 24 ގަޑިއިރު ނުވަނީސް ކައްކާ, ކާން ހަދައިދިނުން ފަދަ ކަންކަން ނުކުރުމާއި, ގިނަގިނައިން އަތްދޮވުން އަދި, މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފައި ވެއެވެ.

އަދި ބަލި ޖެހިފައިވާ މީހާ ހޮޑުލާ, ނުވަތަ ބޭރަށް ހިންގާތަން ސާފުކޮށް, ޑިސްއިންފެކްޓް ކުރުމަށް ވެސް އެ އެޖެންސީން އިލްތިމާސް ކުރެ އެވެ.

މާލޭގައި ކުއްލިއަކަށް ބަލި ގިނަވެފައި މިވަނީ, މިނިވަން ދުވަހާ ގުޅިގެން, ގިނަ ބަޔަކު އެއްވެ ހަރަކާތްތައް ބާއްވާފައި ވަނިކޮށެވެ. އެގޮތުން, މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އެއްވެ, އެކި ކަހަލަ ހަރަކާތްތައް ބާއްވާފައިވެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

މާލޭ-ހުޅުމާލޭ ބްރިޖު ބުޑަށް ވާ ގޮތަށް ބޮޑުތަކުރުފާނު މަގު ދުވާރު މަތީގައި ހަރުކޮށްފައި ހުރި، ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ މާސިންގާ ޕޯސްޓަރުގެ ފޮޓޯގަނޑަކާއެކު އެމްއެންޕީގެ ނައިބު ލީޑަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ،

އިންތިހާބުތަކުގަ ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ ޕާޓީތަކަށް ވެސް ލިބެންޖެހޭނެ. މާލޭގެ ހުސްބިންތަކުގަ ޕީޕީއެމްގެ ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ފުރުސަތު އެޕާޓީއަށް ލިބިފަ އެހެން ޕާޓީތަކަށް އެފުރުސަތު ނުދިނުމަކީ މާލޭ ސިޓީ ކައުންސިލުން ވަރަށް ބޭއިންސާފުން ކުރާ ކަމެއް،"

ދުވަހުގެ ފޮޓޯ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދު ބުރުގައި ސްޕައިޑާ މޭން ހެނދުން އަޅާފައިވާ މީހަކު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދު ބުރުގައި ސްޕައިޑާ މޭން ހެނދުން އަޅާފައިވާ މީހަކު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދު ބުރުގައި ސްޕައިޑާ މޭން ހެނދުން އަޅާފައިވާ މީހަކު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox