މަރާމާތުކުރުމަށް ދެމަސް ދުވަހަށް ބަންދުކުރި އާސަހަރާ ނިންމަން އިތުރު އެއް މަސް ނަގާނެ: ސިޓީ ކައުންސިލް

އާސަހަރާ: އެތަން މަރާމާތުކުރުމަށް ދެމަސްދުވަށް ބަންދުކުރި ނަމަވެސް ނިންމަން އަދި މަހެއް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ބުނޭ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އާސަހަރާ: އެތަން މަރާމާތުކުރުމަށް ދެމަސްދުވަށް ބަންދުކުރި ނަމަވެސް ނިންމަން އަދި މަހެއް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ބުނޭ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ އާސަހަރާގެ މަރާމާތުގެ މަސައްކަތް ނިންމުމަށް އަދި އިތުރު އެއް މަސްދުވަސް ނަގާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އާސަހަރާ ހިންގަމުންދާ މާލެ ސިޓީ ކައުންސިލުން މަރާމާތުގެ މަސައްކަތަކަށް ބަންދުކުރީ މިދިޔަ މޭ މަހު އެވެ. އޭރު ސިޓީ ކައުންސިލުން ބުނީ މަރާމާތުގެ މަސައްކަތަށް ދެމަސްދުވަސް ނަގާނެ ކަމަށެވެ.

އެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ މިއަދު "އަދަދު" އިން ގުޅުމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މޫސުންފަދަ ކަންކަމާހުރެ މަސައްކަތުގައި ކުދި ލަސްތަކެއް ހުރި ނަމަވެސް ނުހުއްޓި ކުރިއަށްދާ ކަމަށެވެ. ނަމަވެސް ސަހަރާގެ ބައެއް ތަންތަން މަރާމާތު ކުރުމުގައި ކުރިން ހީކުރެވުނު ވަަރަށްވުރެ ގިނަ ދުވަސް ހޭދަވިކަން މޭޔަރުވެސް ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑަށް ހީވަނީ އިތުރު 30-45 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެހެން" މުއިއްޒު ވިދާޅުވި އެވެ.

އާސަހަރާ ބަންދުކޮށްފައިވާއިރު މާލެ ސަރަހައްދުގައި މިހާރު ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސަހަރާގަ އެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ ދުވަސްތަކުގައި ވެސް އާ ސަހަރާ މިސްކިތުގައި ނަމާދު ކުރާނެ ކަމަށެވެ. އެގޮތުން މަސައްކަތްތައް ކުރިއަށް ގެންދާނީ ކޮންމެ ދެ ނަމާދު ދޭތެރޭގައި ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އާސަހަރާއަށް ބަދަލުތަކެއް ނައިސް ގިނަ އަހަރުތަކެއް ވެފައިވާއިރު މިފަހަރު ގެންނަ ބަދަލުތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި އަންހެންނުނަށް ހާއްސަކޮށް ވުލޫ ކުރާނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ސަހަރާއަށް އިތުރުކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox