ޕްރައިމަރީ އޮންނަ ދުވަހު ޑިމޮކްރެޓްސްއަށް ސޮއިކުރާ މީހުންނަށް ވެސް ވޯޓު ލެވޭނެ

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓު އިލްޔާސްގެ ކެމްޕޭން ޖަލްސާއެއް؛ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އޮންނަ ދުވަހު ސޮއިކުރާ މެންބަރުންނަށް ވެސް ވޯޓު ލުމުގެ ހައްގު ދެނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓު އިލްޔާސްގެ ކެމްޕޭން ޖަލްސާއެއް؛ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އޮންނަ ދުވަހު ސޮއިކުރާ މެންބަރުންނަށް ވެސް ވޯޓު ލުމުގެ ހައްގު ދެނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އޮންނަ ދުވަހު އެ ޕާޓީއަށް ސޮއިކުރުމަށް ފަހު، ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން، އެމަނިކުފާނާ އެކު އެ ޕާޓީން ވަކިވި މީހުން ވެގެން އުފައްދާފައިވާ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެކަންޏެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ޕްރައިމަރީގައި ވާދަކުރަން އެއް ކެނޑިޑޭޓަށް ވުރެ އިތުރަށް ކުރިމަތިނުލައިފި ނަމަ އެމީހަކު ހޮވާނީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

Advertisement

އެ ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ޕާޓީގެ 20 މެންބަރުން ހަމަވާ ކޮންމެ ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި އޮންލައިންކޮށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ.

"މީގައި ޑަބަލް ވޯޓިންއެއް މިއަކު ނުހިނގާނެ، އެ ކަން ޔަގީން ކުރެވޭ ވަރަށް އަޅުގަނޑުމެން [އޮންލައިން ވޯޓިން] އިންތިޒާމު ހަމަޖައްސާނީ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ދަފްތަރުގައި 4،100 މެންބަރުން ހިމެނެ އެވެ. ހަސަން ލަތީފު ވިދާޅުވީ އެ މެންބަރުންގެ އިތުރަށް ޕްރައިމަރީ އޮންނަ ދުވަހާ ހަމައަށް ސޮއިކުރާ މެންބަރުންނާއި، އެ ދުވަހު ވެސް ޕާޓީއަށް ސޮއިކޮށްފައި ވެސް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށެވެ.

"ވޯޓުލާ ދުވަހު ވޯޓުލަމުން ދަނިކޮށް ވެސް ޕާޓީގެ މެންބާޝިޕަށް ވަންނަން ބޭނުންވާ މީހުނަށް އެ ފުރުސަތު ދެވޭނެ، އަދި އެ ކަމަށް ކެމްޕޭން ވެސް ކުރެވޭނެ، ވޯޓުލާ ދަމުންދާއިރު ވެސް ޕާޓީގެ މެންބަރުންނަށް ވުމަށް ފަހު ވޯޓު ލެވޭނެ އިންތިޒާމު ވެސް،" ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ ޕްރައިމަރީއަކީ ވާދަވެރި ޕްރައިމަރީއަކަށް ނުވާތީ އޭގައި މައްސަލައެއް ނުފެންނަ ކަމަށް ޕާޓީގެ އިންތިގާލީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް ފެންނަނީ ނުކުމެ ހުރި ކެންޑިޑޭޓާއެކު ކުރިއަށް ދިޔުން ކަމަށް ވިދާޅުވި އެވެ.

އާ ސިޔާސީ ޕާޓީ އުފެއްދުމަށް ފަހު ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ވެސް ބެލެވުނެވެ. ނަމަވެސް ނަޝީދު ވަނީ އެ ކަމަށް އެމަނިކުފާނުގެ ޝައުގެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ޒުވާން ލީޑާޝިޕަކަށް ދޫކޮށްލައްވަން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox