ހުލާސާކޮށް އިއްޔެ: ސިޔާމް ރާއްޖެ ވަޑައިގަތުމާއި ޑިމޮކްރެޓްސްއަށް ކުރި ތުހުމަތު

Jul 22, 2023, 2:16 AM
ސަން ގްރޫޕުގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރޭ ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަން ގްރޫޕުގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރޭ ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނ. އަތޮޅު އިރުފުށި ރިސޯޓް ހިންގަން 2009 ގައި ސަން ޓްރެވަލް އާއި ހިލްޓަން އިންޓަނޭޝަނަލްއާ ދެމެދު ހެދި އެއްބަސްވުން 2013 ގައި ސަން ޓްރެވަލްއިން އުވާލުމާ ގުޅިގެން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހިލްޓަނުން ހުށަހެޅި މައްސަލާގައި ބަދަލުގެ ގޮތުގައި ދޭން ހުކުމްކޮށްފައިވާ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިންގަޕޫރުގެ ހައިކޯޓުން އިއްޔެ އަންގައިފި އެވެ.

އާބިޓްރޭޝަންގެ ހުކުމާ އެއްގޮތަށް މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު ސިޔާމްގެ ކުންފުނިން ފައިސާ ދައްކާފައި ނުވާތީ، އެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމަށް ފަހު ޝިޔާމް ވަނީ ރޭ ރާއްޖެ ވަޑައިގެންފަ އެވެ. އަދި އޭނާއާ ގުޅޭ ގޮތުން ފެތުރުނު ވާހަކަތައް ދޮގުކުރެއްވުމަށް ފަހު، އެ ވާހަކަތައް ފެތުރުވީ ދަ ޑިމޮކްރެޓްސް ކަމަށް ސިޔާމް ތުހުމަތު ކުރެއްވެވި އެވެ.

އިއްޔެ އަޑުއެހުމުގައި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާކަން "އަދަދު" ނޫހަށް ވަނީ ޔަގީން ކުރެވިފަ އެވެ. ސިޔާމް އަދި އޭނާގެ ކުންފުނި ތަމްސީލުކުރީ އެ ގައުމުގެ ޑްރޫ އެންޑް ނެޕިއާ ލޯފާމުންނެވެ.

"އަޅުގަނޑު މި ހުރީ ފައިސާ ދައްކާ ގޮތަށް. ޕާސްޕޯޓު ވެސް ހިފަހައްޓާފައި ނުވޭ އަދި ފުރުން ވެސް މަނާ ނުކުރޭ. މިރޭ ސިންގަޕޫރު އެއާލައިންސްއިން ރާއްޖެ އަންނާނަން," ސިޔާމް ދާދި ދެންމެއަކު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

މި މައްސަލާގެ އަޑުއެހުމެއް މި މަހުގެ 17 ގައި ވެސް ސިންގަޕޫރުގެ ހައިކޯޓުގައި ކުރިއަށްދިޔަ އެވެ. އެ އަޑުއެހުމަށް ސިޔާމް ސިންގަޕޫރަށް ދިއުމާއެކު އެ ގައުމުން ފުރުން މަނާކުރި ކަމަށް މީޑިއާތަކުން ރިޕޯޓުކުރި އެވެ. އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

"ރާއްޖޭގެ ބައެއް މީޑިއާތަކުން ފެތުރީ ދޮގު ހަބަރެއް. ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އެ އަޑު ފެތުރީ," އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދ. މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ.

މި މައްސަލާގައި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހިލްޓަން އަށް ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ނިންމާފައިވަނީ ދެ ހަފުތާތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެ ނިންމުން ސަން ޓްރެވަލުން ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ވަނީ ނެރެދީފަ އެވެ.

ރިޔާސީ އިންތިހާބަށް 50 ދުވަހަށް ވެފައިވާއިރު ސިޔާމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އެކުލަވާލި ކޯލިޝަންގެ މައި ޕާޓްނަރެކެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ފައިސަލުގެ 50 ވަނަ އުފަން ދުވަހާ ގުޅިގެން ރޭ ނެރުނު އެ މަނިކުފާނުގެ ބަޔޯގްރަފީއަށް ރައީސް ސޯލިހު ދެއްވި ބަޔާނުގައި ވިދާޅުވީ،

ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތްކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް. ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް،"

ދުވަހުގެ ފޮޓޯ

ސަން ގްރޫޕްގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ސިންގަޕޫރުން ފުރުން މަނާކޮށްފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް، ރޭ އޭނާ މާލެ ވަޑައިގަތުމުން، ސަޕޯޓަރުން އޭނާގެ ކަރުގައި މާފަތި އަޅުވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ސަން ގްރޫޕްގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ސިންގަޕޫރުން ފުރުން މަނާކޮށްފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް، ރޭ އޭނާ މާލެ ވަޑައިގަތުމުން، ސަޕޯޓަރުން އޭނާގެ ކަރުގައި މާފަތި އަޅުވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަން ގްރޫޕްގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ސިންގަޕޫރުން ފުރުން މަނާކޮށްފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް، ރޭ މާލެ ވަޑައިގަތުމުން، ސަޕޯޓަރުން އޭނާގެ ކަރުގައި މާފަތި އަޅުވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox