ސިންގަޕޫރުގައި ހިފެހެއްޓި ކަމަށް ބުނެ ހަބަރު ފެތުރީ ޑިމޮކްރެޓްސްއިން ކަމަށް ބުނެ ސިޔާމްގެ ތުހުމަތު

ރާއްޖެ އައުމަށް ފަހު ސިޔާމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރާއްޖެ އައުމަށް ފަހު ސިޔާމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ: އަބްދުالله އިޔާން/އަދަދު

ސިންގަޕޫރުގެ ހައިކޯޓުގައި ސަން ޓްރެވަލްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލްއިން އުފުލާފައިވާ ދައުވާގެ އަޑުއެހުންތަކަށް ހާޒިރުވުމަށް ސަން ކުންފުނީގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އެ ގައުމަށް ވަޑައިގަތުމުން އޭނާ ހިފަހައްޓާފައިވާ ކަމަށް ބުނެ ދޮގު ހަބަރު ފެތުރުމުގު ތުހުމަތު އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއަށް އޭނާ ކުރައްވައިފި އެވެ.

ނ. އަތޮޅު އިރުފުށި ރިސޯޓް ހިންގަން 2009 ގައި ސަން ޓްރެވަލް އާއި ހިލްޓަން އިންޓަނޭޝަނަލްއާ ދެމެދު ހެދި އެއްބަސްވުން 2013 ގައި ސަން ޓްރެވަލްއިން އުވާލުމާ ގުޅިގެން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހިލްޓަނުން ހުށަހެޅި އެވެ. އަދި, މައްސަލާގައި ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދެއްކުމަށް އޮތީ ހުކުމްކޮށްފަ އެވެ.

ސިޔާމްގެ ކުންފުނިން ފައިސާ ދައްކާފައި ނުވާތީ, އެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތަކަށް އޭނާ ހުރީ ސިންގަޕޫރުގަ އެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައި އޭނާއަށް ސިންގަޕޫރުން ފުރުން އޮތީ މަނާކޮށްފަ އެވެ.

އެހެން ނަމަވެސް މިރޭ ރާއްޖެ އައިސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިޔާމް ވަނީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ ދަ ޑިމޮކްރެޓްސްއަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.

"އަޅުގަނޑަށް ހީވަނީ ރާއްޖޭގެ އެންމެ ފަހުން ހެދި ޕާޓީ, ދަ ޑިމޮކްރެޓްސްއިން ކުރެއްވި ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައި އޮތީ. އެއީ, ކޮންމެވެސް ކުރުސޮރެއް [ޓްވިޓާގައި ހިންގާ ހަސަން ކުރުސީ އެކައުންޓް} ކުރާ މީހަކު ޓްވީޓުކޮށްލީ. އެހެންވީމަ އެ ބޭފުޅުން ހިންގި ކަމެއް ކަމަށް ލަފާ ކުރެވެނީ," އެ ޕާޓީއަށް ތުހުމަތު ކުރައްވަމުން ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވަނީ އެ ހަބަރު ރާއްޖޭގެ މީޑިއާތަކުން ގެނެސްދިން ގޮތާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި, ހަގީގަތާ ހިލާފު ވާހަކަ ދެއްކުމަކީ ވާދަވެރިން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިފަހަރު ސިންގަޕޫރަށް ގޮސް އުޅުނުއިރު އެއްވެސް ވަރަކަށް ސިންގަޕޫރުން ނުފުރޭނެ ގޮތެއް ހަދާފައި ނުވޭ. އަޅުގަނޑު ވަރަށް ނަސޭހަތްތެރިވަން ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމަށް. ވަރަށް ޒިންމާދާރުކަން ކުޑަ ދެރަ ކަމެއް," ސިޔާމް މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މި މައްސަލާގެ އަޑުއެހުމެއް މި މަހުގެ 17 ގައި ވެސް ސިންގަޕޫރުގެ ހައިކޯޓުގައި ކުރިއަށްދިޔަ އެވެ. އެ އަޑުއެހުމަށް ވެސް ސިޔާމް ހާޒިރުވި އެވެ. ސިޔާމް އަދި އޭނާގެ ކުންފުނި ތަމްސީލުކުރީ އެ ގައުމުގެ ޑްރޫ އެންޑް ނެޕިއާ ލޯފާމުންނެވެ.

މި މައްސަލާގައި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހިލްޓަން އަށް ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ނިންމާފައިވަނީ ދެ ހަފުތާތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެ ނިންމުން ސަން ޓްރެވަލުން ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ވަނީ ނެރެދީފަ އެވެ.

ރިޔާސީ އިންތިހާބަށް 50 ދުވަހަށް ވެފައިވާއިރު ސިޔާމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އެކުލަވާލި ކޯލިޝަންގެ މައި ޕާޓްނަރެކެވެ. މިރޭ ވެސް ސިޔާމް ވަނީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox