ހުލާސާކޮށް އިއްޔެ: އިދިކޮޅު ކޯލިޝަނަށް ހައިކޯޓުގައި "ތަންމަތި އަޅައިގެން" ނުތިބެވުނު

Jul 19, 2023, 1:12 AM
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން އިހުތިޖާޖު ކުރުމުގެ ގޮތުން ހައިކޯޓުން ނުނިކުމެ ތިބުމުން އެސްއޯ ފުލުހުން ގޮސް ސުވާލުކުރަނީ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން އިހުތިޖާޖު ކުރުމުގެ ގޮތުން ހައިކޯޓުން ނުނިކުމެ ތިބުމުން އެސްއޯ ފުލުހުން ގޮސް ސުވާލުކުރަނީ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައާ ގުޅޭ ގޮތުން ހޯމަ ދުވަހު ހައިކޯޓަށް ހުށަހެޅި ސިޓީގެ ޖަވާބު ހޯދަން އެ ކޯލިޝަންގެ އިސްވެރިން އިއްޔެ ކޯޓަށް ވަޑައިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ނުނިކުމެ ތިބުމުން އެސްއޯ ފުލުހުން ގޮސް ސުވާލުކުރި އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ހެނދުނު ދިހައެއް ޖެހިއިރު ހައިކޯޓަށް ވަޑައިގެން އެތަނުގައި "ތަންމަތި އަޅައިގެން" ތިބުމަށް ފަހު ވަޑައިގަތީ ތިނެއް ޖެހި ފަހުން ފުލުހުން ގޮސް ސުވާލުކުރުމުން ނެވެ.

"އަޅުގަނޑުމެން ބުނިން ވަޑައިގަންނަވާށޭ. ޖަވާބެއް ދޭނަމޭ. ނަމަވެސް އޮފީސް ބަންދުކުރުމުގެ ވަގުތު ޖެހުނުއިރު ވެސް އެ ބޭފުޅުން ކޯޓުގައި ތިއްބެވި. އަޅުގަނޑަކަށް ނޭނގެ އެ ބޭފުޅުން ދިޔައީ ފުލުހުން ބުނެގެން ކަމެއް، ނުވަތަ ނޫން ކަމެއް،" ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވި އެވެ.

އަދަދަށް އެނގިފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަނުން ހޯމަ ދުވަހު ހައިކޯޓުގެ އިސް ފަނޑިޔާރަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން ވަކި ޖަވާބެއް އަދި ނުދެ އެވެ.

ފުލުހުން ގޮސް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާ ސުވާލުކުރީ ކޯޓުގެ ރަސްމީ ވަގުތު ދިޔައިރު އެ ބޭފުޅުން އެތަނުން ނުނިކުންނަވައި ތިއްބެވުމުންނެވެ. އޮފީހުގެ ނުރަސްމީ ވަގުތެއްގައި އޮފީހުގައި ނުތިއްބެވޭނެކަން ފުލުހުން އެންގި އެވެ.

"އެހެންވެ މިއަދަށް ނިންމާލާފައި ނުކުތީ،" އަދަދު ނޫހާ ވާހަކަ ދެއްކެވި ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފާ އެ ފައިސާ ލޯންޑާ ކުރިކަން ޔާމީންގެ މައްޗަށް ސާބިތުވި ނަމަވެސް އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އިސްތިއުނާފީ މައްސަލަ ލަސްވަމުންދާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމު ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާއިރު، މިހާރު މިއޮތް ހާލަތުގައި ޔާމީނުގެ ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތު ކުޑަ އެވެ. އެހެންކަމުން، އިދިކޮން ވަނީ ޔާމީނަށް "އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރަން" ގޮވާލައިފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ސަރުކާރުން އަޅާ ސަބްމެރިން ކޭބަލުގެ ނަތީޖާއަކަށް ވެގެން ދާނީ "އިންޓަނެޓު ހިދުމަތް [މިހާރަށް ވުރެ] އަގުހެޔޮވެ، ހަލުއިވެގެން ދިޔުން،" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން ކުރަން މިއުޅޭ ކަމަކީ ކޮންމެހެން އިންޓަނެޓުގެ ރީޓެއިލް ހިދުމަތުގެ ތެރެއަށް ވަންނާކަށް ނޫން. މޯބައިލް ފޯނުގެ ހިދުމަތް ދޭކަށް ނޫން. މިހާރު ވެސް އެ ހިދުމތް ދޭ ފަރާތްތަކާއި އަލުން އޭގެތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން. ފަސޭހައިން އަގުހެޔޮކޮށް ދުނިޔެއާ ގުޅާލާނެ ނިޒާމެއް އަޅުގަނޑުމެން މި ފޯރުކޮށްދެނީ،"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ކްރޮސްރޯޑާއި މީޑިއާނެޓު ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ކްރޮސްރޯޑާއި މީޑިއާނެޓު ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ކްރޮސްރޯޑާއި މީޑިއާނެޓު ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox