މޯލްޑިވްސް އިސްލާމިކް ބޭންކް (ބީއެމްއެލް)އިން ބިޒްނަސް ސެންޓަރެއް ހުޅުވައިފި އެވެ.
މީގެ ކުރިން ބީއެމްއެލްއިން ޑޮލަރު އޭޓީއެމް ބެހެއްޓި ހ.މެރިންޑްރީމުގެ ގްރައުންޑް ފްލޯގައި ހުންނަ އެމްއައިބީގެ އައު ބިޒްނަސް ސެންޓަރު، މިއަދު ހުޅުވައިދެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ.
މި ބިޒްނަސް ސެންޓަރުން ވިސާ ކާޑު ނެގުމާއި، އޭޓީއެމް ހިދުމަތުގެ އިތުރުން ބިޒްނަސް ލޯންޖުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މި ސެންޓަރުގައި ދިވެހި ފައިސާ ޖަމާކުރުމާއި ނެގުމަށް އޭޓީއެމެއް ހުންނައިރު، ޑޮލަރު ޖަމާ ކުރުމާއި ނެގުމަށް ވެސް އޭޓީއެމް ހުންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވީ މި ސެންޓަރާ އެކު އެ ބެންކުގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ކަސްޓަމަރުންނަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އެމްއައިބީން ބޮޑުތަކުރުފާނު މަގުގައި ބިޒްނަސް ސެންޓަރެއް ހުޅުވި އިރު މިދިޔަ މަހު އެ ބޭންކުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޭޓީއެމްގެ ހިދުމަތް ފަށައިފަ އެވެ.











