ހުލާސާކޮށް އިއްޔެ: މ.އަތޮޅުގެ އަގުލަބިއްޔަތު ލިބޭނެ ކަމާމެދު ރައީސަށް ޝައްކެއް ނެތް

Jul 16, 2023, 1:12 AM
މ. މުއްޔަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން ސަގާފީ ކުޅިވަރާއެކު މަރުހަބާ ކިޔަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މ. މުއްޔަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން ސަގާފީ ކުޅިވަރާއެކު މަރުހަބާ ކިޔަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

މުލީގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ކެމްޕެއިނު ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މި އަތޮޅަކީ މީގެ ކުރިން އެމްޑީޕީއާ "މާ ރައްޓެހި" އަތޮޅެއް ނޫން ނަމަވެސް މިއަދު އެ ކަން ބަދަލުކުރެވިއްޖެ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އިރާދަކުރެއްވިއްޔާ މުލި ހިމެނޭ ގޮތަށް މި އަތޮޅުގެ އަގުލަބިއްޔަތު، ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް ލިބިގެންދާނެ، އެއީ މިއަދު އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން މުއްޔަށް ގެންނަމުންދާ ތަރައްގީގެ މައްޗަށް އަލި އަޅުވާލައްވައި ރައީސް ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށްވާ މުލީ އެއާޕޯޓު މި އަހަރުގެ ނިޔަލަށް ނިންމައި ފްލައިޓު ޖެއްސުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މި ރަށަށް، މުއްޔަށް މި އަހަރުގެ ޖޫން މަހުގެ ނިޔަަލަށް 280 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރެއްވިއްޖެ، ބޭނުންވަނީ ރައްޔިތުން ބޭނުންވެފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.

މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް ރައްޔިތުން އެދޭ ކަމަށާއި އެއާޕޯޓު ނިމުމާއެކު އެ މަސައްކަތް ފަށާނެ ކަމަށާއި އޭރުން އެ ރަށޫގެ ރައްޔިތުންނަށް މުލިން ހިދުމަތް ހޯދައި އެތައް ހަރަދެއް ކުޑަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މުލީގައި ހިނގަމުން އަންނަ އުމްރާނީ ގިނަ މަސައްކަތްތައް ނިމިފައިވާ ކަން ފާހަގަކުރައްވައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށާއި ހޮސްޕިޓަލު އިތުރަށް ތަރައްގީކޮށް ރީހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

މި ދައުރުގައި މިހާރު ފަށާފައިވާ މަސައްކަތްތައް ވަރަށް އަވަހަށް ނިމިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް މި ދައުރުގައި ފަށާފައި މިހުރި މަސައްކަތްތައް ނިންމާލުމަށް މާ ގިނަ ދުވަހެއް ނުނަގާނެ، ދެން އޮންނާނީ އިތުރަށް ބޭނުންވާ ކަންކަމާއިގެން ކުރިއަށް ދިއުން،" ރައީސް ވިދާޅުވި އެވެ.

"މުޅި ރާއްޖެއަށް ގެންނަ ބަދަލަކީ ބޮޑު ބަދަލެއް، ނަތީޖާއަކަށް ވާނީ އިގްތިސޯދު ދެ ގުނަ ވުން، ދައުލަތަށް ލިބޭ އާމްދަނީ ދެ ގުނަވުން، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރަކީ ފުދުންތެރި ތަނަވަސް ސަރުކާރަކަށް ވުން،"

މީގެ ކުރިން މުލަކު ދާއިރާއާއި ދިއްގަރު ދާއިރާއަކީ އިދިކޮޅު ޕާޓީތަކުގެ ދާއިރާތަކެކެވެ. އެހެންނަމަވެސް 19 ވަނަ މަޖިލީހުގައި މި ދާއިރާތައް ނަގާފައިވަނީ އެމްޑީޕީންނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

"އަދަދު"ގެ 'އެތެރެފުށް' ޕްރޮގްރާމްގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ އެކުންފުނީގެ މުވައްޒަފުން މިހާރު ތިރީހަކަށް ސަައިޓެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއިން ކޮންމެ ސައިޓަކަށް ޕެޓީކޭޝްގެ ގޮތުގައި މަހަކު 10،000.ރ ޖަމާކުރާ ކަމަށެވެ. ޕެޓީކޭޝްގެ ގޮތުގައި ދޫކުރާ އެ ފައިސާ ޖަމާކުރަނީ މަސައްކަތު ސައިޓްތަކުގައި ތިބޭ މުވައްޒަފުންގެ އެކައުންޓަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބޮޑު އަދަދެއްގެ ގޮތުގައި ފެނިގެން އުޅެނީ މިދިޔަ ގާތްގަނޑަކަށް ހަތަރު އަހަރުގެ ތެރޭގައި ޖަމާކުރި ފައިސާ ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

އަަޅުގަނޑުމެންގެ ތިރީހަކަށް ސައިޓު މިހާރު ރާއްޖޭގައި އޮންނާނެ، މާލޭގައި ހަތް ޑިޕާޓްމަންޓް އޮންނާނެ. މި ކޮންމެ ތަނަކަށް ޕެޓީކޭޝްގެ ގޮތުގައި، އެކަމާ ހަވާލުވެ ހުރި މުވައްޒަފަކަށް ހަވާލުކުރާނެ 10،000 ރުފިޔާ. އެއީ ބޮޑު އަދަދެއްނޫން،"

ދުވަހުގެ ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މ. މުލަކަށް ވަޑައިގަތުމުން ސަގާފީ ކުޅިވަރާއެކު މަރުހަބާ ކިޔަނީ. -- ފޮޓޯ: މިރާޝް ނާޝިމް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މ. މުލަކަށް ވަޑައިގަތުމުން ސަގާފީ ކުޅިވަރާއެކު މަރުހަބާ ކިޔަނީ. -- ފޮޓޯ: މިރާޝް ނާޝިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މ. މުލަކަށް ވަޑައިގަތުމުން ސަގާފީ ކުޅިވަރާއެކު މަރުހަބާ ކިޔަނީ. -- ފޮޓޯ: މިރާޝް ނާޝިމް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox