ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފި އެވެ.
ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެ ހުއްދައާއެކު، އަދި އޭނާ އަނބުރާ ގެނެވޭނެކަން ކަށަވަރުކޮށް ފުރާވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނުމާއެކު، ރޭ ދަންވަރު ރާއްޖޭން ފުރި ސިންގަޕޯ އެއާލައިންގެ ފްލައިޓުން އޭނާ ވަނީ ފުރާވަޑައިގެންފަ އެވެ.
އަދީބު ހައްޔަރުކުރީ ނައިބު ރައީސް ކަމުގެ މަގާމުގައި ހުއްޓައި އޮކްޓޯބަރު 24، 2015 ގަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު ޖަލުން ގެއަށް ބަދަލުކުރީ ވެސް އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލު ހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި އޮތީ އޭނާ ގެއަށް ބަދަލުކުރީ ނިދާއިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.
އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގަތުމަށް ހުއްދަ ދިނީ 10 ދުވަހަށެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރިން ޖިންސީ ގޯނާގެ މައްސަލައިގެ އެއްކޮޅަށް ވެސް އަދި ދެކޮޅަށް ވެސް ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
އަޅުގަނޑާ އިންސާފު އަރާ ހަމަވުމާ ހަމައަށް، ގަބޫލެއް ނުކުރަން ސަރުކާރަކުން އެކަމުގެ ތެރެއަށް އަޅުގަނޑާ އިދިކޮޅަށް ވެސް އަދި އެއްކޮޅަށް ވެސް މަސައްކަތް ކުރި ކަމަކަށް، ނުވަންނަވާ ކަމަށް ދެކެނީ،"
ދުވަހުގެ ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އިއްޔެ ސަން އައިލެންޑުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: ޕީޕީއެމް











