ހުލާސާކޮށް އިއްޔެ: ކޮމިޓީތަކުގެ 64 ޕަސެންޓު އެމްޑީޕީއަށް، ޕީޕީއެމް އަށް ހަ ޕަސެންޓު

Jul 11, 2023, 1:10 AM
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ: ދައުރުން ބޭރުން ބޭއްވި މި ޖަލްސާގައި ކޮމިޓީތައް އެކުލަވާލާނެ ގޮތް ވަނީ ފާސްކޮށްފައި. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ: ދައުރުން ބޭރުން ބޭއްވި މި ޖަލްސާގައި ކޮމިޓީތައް އެކުލަވާލާނެ ގޮތް ވަނީ ފާސްކޮށްފައި. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ގޮތަށް އައި ބޮޑު ބަދަލާ ގުޅުވައި ދާއިމީ ކޮމިޓީތަކުގެ އެކުލެވުން ބަދަލުކުރަން ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެވެ.

މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ގޮތަށް ބޮޑު ބަދަލެއް އައީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން 13 މެމްބަރަކު ވަކިވެވަޑައިގެންނެވުމާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވުުމުންނެވެ.

މަޖިލީހުގެ ކޮމިޓީތަކަށް އަލުން މެމްބަރުން އައްޔަން ކުރަން ޖެހުނީ އެހެންވެ އެވެ. ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި އެކަން ނިންމަން އެމްޑީޕީން އެދުނީ މަޖިލީހަށް ހުށަހަޅާފައިވާ ބޮޑެތި ބައެއް މައްސަލަތައް ކުރިއަށް ގެންދަން އެކަން ހުރަހަކަށް ވެފައި އޮތުމުންނެވެ.

ދައުރުން ބޭރު ދެވަނަ ޖަލްސާގައި ވަނީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓުގައި އޮތް އެންމެ ފުރަތަމަ އޮޕްޝަން ފާސްކޮށްފަ އެވެ. އެއީ, އެމްޑީޕީން ހުށަހެޅި ގޮތެވެ.

އެމްޑީޕީން ހުށަހެޅި ގޮތް

އެމްޑީޕީ އަށް 64 ޕަސެންޓް

ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް 21 ޕަސެންޓް

ޕީޕީއެމްއަށް 06 ޕަސެންޓް

ޕީއެންސީއަށް 03 ޕަސެންޓް

އެމްއެންޕީ އަށް 03 ޕަސެންޓް

ޖޭޕީ އަށް 02 ޕަސެންޓް

އެމްޑީއޭއަށް 02 ޕަސެންޓް

އެމްޑީޕީން މި ގޮތަށް ހުށަހަަޅައި މިއަދުގެ ޖަލްސާގައި ފާސްކުރިއިރު މަޖިލީހުގައި އެ ޕާޓީގެ 54 މެމްބަރުން ތިއްބަވަ އެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ އަދަދަކީ 18 އެވެ. އިދިިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުން ތިއްބަވާއިރު ޕީއެންސީގެ ތިއްބެވީ ތިން މެމްބަރެކެވެ. ޖޭޕީގެ ދެ މެމްމަބަރުންނާއި އެމްއެންޕީގެ ވެސް ތިން މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އެމްޑީއޭގެ ތިއްބަވަނީ ދެ މެމްބަރެކެވެ.

އެގޮތަށް, ކޮމިޓީތައް އެކުލަވާލަން ފާސްކުރީ 35 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 14 މެމްބަރުންނެވެ.

އެއާއެކު, މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މިރޭ 9:00 ގެ ކުރިން ކޮމިޓީތަކުގައި ތިއްބަވާނެ މެމްބަރުންގެ ނަންތައް އެންގުމަށް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުންގެ ކިބައިން އެދިފަ އެވެ.

އެމްޑީޕީން އެދުނު ގޮތަށް ފާސްކޮށްފައި މިވަނީ އިދިކޮޅުން ހުށަހެޅި ހުރިހާ އިސްލާހެއް ބޭރުކުރުމަށް ފަހު އެވެ. އެ އިސްލާހުތަކުގެ ވެސް މައިގަނޑު ވިސްނުމަކީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ވެސް މައި ޕާޓީކަމަށް ވާތީ ކޮމިޓީތަކުގެ މެޖޯރިޓީ އެ ޕާޓީއަށް ނޯންނަ ގޮަތަށް ކޮމިޓީތައް އެކުލަވައިލުމެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި "ވަންގަވް" ގެ ނަމުގައި ޑިޖިޓަލް ޕްލެޓްފޯމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ؛

ޒަމާނުއްސުރެ ކަން ހިނގަމުން އައި ގޮތަކީ ސަރުކާރުގެ ހިދުމަތެއް ހޯދަން ޖެހިއްޖެ ނަމަ ކަނޑު ހުރަސްކޮށް ވެރިރަށް މާލެއަށް ދަތުރުކުރަން ޖެހުން. މާލެ އާދެވޭނެ ގޮތެއް ނެތިއްޔާ ހިދުމަތް ނުހޯދާ ތިބުން. ހިދުމަތެއް ހޯދަން އޮފީހަކަށް ދެވުނަސް ގިނަ ވަގުތު ކިއުގައި މަޑުކުރަން ޖެހުން. އެ ހުރިހާ ތަކުލީފެއް އުފުލަން ޖެހޭއިރު ބޭނުންވާ ހިދުމަތާ ގުޅޭ މައުލޫމާތު އެއްތަނަކުން ލިބޭކަށް ނުހުރޭ"

ދުވަހުގެ ފޮޓޯ

ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ޕްލޮޓްފޯމް، ވަންގަވް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އިފްތިތާހުކޮށް ދެއްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން
ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ޕްލޮޓްފޯމް، ވަންގަވް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އިފްތިތާހުކޮށް ދެއްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން

ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ޕްލޮޓްފޯމް، ވަންގަވް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އިފްތިތާހުކޮށް ދެއްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox