ހުލާސާކޮށް އިއްޔެ: ހަނިމާދޫން ޓޫރިޒަމަށް ބިން ދޫކުރުން

Jul 8, 2023, 1:27 AM
ހަނިމާދޫގައި ހިންގާ ހޮޓަލެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް: މިދިޔަ ޑިސެމްބަރު މަހު ވެސް ހަނިމާދޫއިން ފަތުރުވެރިކަމަށް ބިން ދޫކުރި -- ފޮޓޯ: ބެއާފުޓް އެކޯ ހޮޓެލް

ހަނިމާދޫގައި ހިންގާ ހޮޓަލެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް: މިދިޔަ ޑިސެމްބަރު މަހު ވެސް ހަނިމާދޫއިން ފަތުރުވެރިކަމަށް ބިން ދޫކުރި -- ފޮޓޯ: ބެއާފުޓް އެކޯ ހޮޓެލް

ހއ. ހަނިމާދޫގެ ޓޫރިޒަމަށް ހާއްސަކޮށްފައިވާ ސަރަހައްދުން 80،000 އަކަފޫޓުގެ ބިން ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ބުރާސްފަތި ދުވަހު އިއުލާނު ކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ،

ހަނިމާދޫ ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުއްޔަށް ދޫކުރަނީ ޖުމްލަ 12 ބިން ކަމަށެވެ. އެއީ 10،000 އަކަފޫޓުގެ ހަތަރު ބިމަކާއި 5،000 އަކަފޫޓުގެ އަށް ބިމެވެ

ކައުންސިލުން ދޫކުރަން އިއުލާނު ކުރި ބިންތަކުގެ ތެރެއިން 10،000 އަކަފޫޓުގެ ބިންތައް ދެނީ 40 އަހަރަށެވެ. ކުއްޔަށް ދޭ 5،000 އަކަފޫޓުގެ ބިންތައް ދޫކުރަނީ 30 އަހަރަށެވެ.

މީގެ ކުރިން ޑިސެމްބަރު، 2022، ގައި ވެސް އެ ރަށު ކައުންސިލުން ވަނީ ފަތުރުވެރިކަމުގެ ޒޯނުން 5،000 އަކަފޫޓުގެ ހަތް ބިން ދޫކުރަން އިއުލާނުކޮށްފަ އެވެ. އެއީ ޖުމްލަ 35،000 އަކަފޫޓެވެ.

ގާތްގަނޑަކަށް 305 ހެކްޓަރުގެ ބޮޑުމިން ހުންނަ ހަނިމާދޫއަކީ ކުރިން ފެށިގެން ވެސް އެއާޕޯޓެއް އޮންނަ ފަތުރުވެރިކަން ކުރަމުން އައި ރަށެކެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ ޕްރޮޖެކްޓެއް ސަރުކާރުން މިއަހަރު ވަނީ ފަށައިފަ އެވެ.

ހަނިމާދޫ އެއާޕޯޓު ސަރުކާރުން ތަރައްގީ ކުރަނީ 136 މިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާ ސަރުކާރުން ނަގައިގެނެވެ. އެ އެއާޕޯޓު ތަރައްގީކޮށް ނިންމުމުން ހަނިމާދޫގެ އިތުރުން މުޅި އެ ސަރަހައްދު ވެސް ތަރައްގީވާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

އެއިރުން ހަނިމާދޫ އެއާޕޯޓަށް އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ފައިބާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތަކާއި ދާއިރާތައް ވެސް އެއިރުން ތަރައްގީވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ދުވަހުގެ ފޮޓޯ

ފުވައްމުލަކު ގިރާ ސަރަހައްދަށް ގެންދިޔަ ބާޖެއް އަރިއަޅާލާފައި: ފުން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން -- ފޮޓޯ: ރިޒާ އިސްމާއިލް
ފުވައްމުލަކު ގިރާ ސަރަހައްދަށް ގެންދިޔަ ބާޖެއް އަރިއަޅާލާފައި: ފުން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން -- ފޮޓޯ: ރިޒާ އިސްމާއިލް

ފުވައްމުލަކު ގިރާ ސަރަހައްދަށް ގެންދިޔަ ބާޖެއް އަރިއަޅާލާފައި: ފުން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން -- ފޮޓޯ: ރިޒާ އިސްމާއިލް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox