މާލޭގައި ދޮރުން ދޮރަށް ހިނގައި އާންމުންނާ ބައްދަލުކުރުމުގެ ހަރަކާތަކާއެކު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރަަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕެއިންގެ އަމަލީ މަސައްކަތް އިއްޔެ ފެއްޓި އެވެ.
އިއްޔެ ހަވީރު ފެށި އެ ހަރަކާތުގައި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސެނެޓަރުންނާއި ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި އާންމު މެމްބަރުން ވެސް ބައިވެރިވެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ވިދާޅުވީ، އިއްޔެ ކުރިއަށް ގެންދިޔަ މާލޭގެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަކީ ވޯޓު ލެވޭ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ވާސިލްވެ، އެފަރާތްތަކާ ބައްދަލުކުރުމަށް ފެށޭ ހަރަކާތެއް ކަމަށެވެ.
"ވަރަށް އަވަހަށް ރަށްރަށުގެ ރައްޔިތުންނާ ހަމައަށް ދަތުރުތައް ވެސް ފެށިގެންދާނެ." ހީނާ ވިދާޅުވި އެވެ.
ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފެށުމުގެ ކުރިން އެ މަސައްކަތް ކުރާ ޓީމުތަކާ އެކު ދޮންމަނިކު ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ހަވާލުވެގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ހައި ކޯޓުން ޔާމީން މިނިވަންވެވަޑައިގަތުމުން ކެމްޕެއިން އިތުރު ގިއަރަކަށް ދާނެ ކަމަށެވެ.

"ހައި ކޯޓުގައި މިހާރު ހިނގަމުން އެދާ މައްސަލަ އިރާދަކުރެއްވިއްޔާ ނިމިގެންދާއިރު، ރައީސް ޔާމީން މައުސޫމް ބޭފުޅެއްގެ ގޮތުގައި ނުކުމެވަޑައިގަންނަވާނެ. ނުކުމެވަޑައިގަތުމާއެކު ކެމްޕެއިން އިތުރު ގިއަރަކަށް އޮޓަމެޓިކުން ދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން ޑިމޮކްރެޓުންނާ ގުޅިގެން މަސައްކަތް ކުރާއިރު، ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފި ނަމަ އެ މީހުންނާއެކު ކުރިއަށްދާނެތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ދެވަނަ ބުރަކަށް ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރައީސް ޔާމީނާއެކު ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ކެމްޕެއިން ފެށި ނަމަވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނެތޯ އޮތީ ސުވާލެއްގެ ތެރޭގަ އެވެ. ސަބަބަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާފައިވުމުންނެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ދަނީ ކުރިއަށެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި ފައިސާ ލޯންޑާ ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުއްޓިފައިވާ މައްސަލަަ ހައްލުކުރުމަށް ޓަކައި މަޖިލީހުގެ ރިޔާސަތާ އެކު ކުރެވެން އޮތީ އެންމެ މަޝްވަރާއެއް ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިތުބާރުގެ އެއް މައްސަލަ އަނބުރާ ނެގުމުގެ މަޝްވަރާ އެވެ.
މިސާލަކަށް މައްސަލައެއް ނެގުމާ ދޭތެރޭގައި ވެސް ވިސްނަން ވެސް ޖާގައެއް ލިބިދާނެ ފުރިހަމައަށް، އަދިވެސް މިސާލަކަށް މަޖިލިސް ގެންދަވާ ނަމަ ވެސް،"
ދުވަހުގެ ކޯޓޭޝަން

ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން އެ މަނިކުފާނަށް ތާއިދު ހޯދަން ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ދޮރުންދޮރަށް ހިނގުމަށް އިއްޔެ ބޭއްވި ހަރަކާތުގެ ތެރެއިން. -- ފޮޓޯ: ޕީޕީއެމް












