ހުލާސާކޮށް އިއްޔެ: ދިވެހި ރައްޔިތަކަށްވި އިންޑިއާ މީހާގެ ނަން ގޯތި ލިސްޓުން އުނިކުރާނެ!

Jun 29, 2023, 2:17 AM
ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް އާއި އެ ކޮމިޓީގެ އެހެން މެމްބަރުން ބައްދަލުވުމެއްގައި. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް އާއި އެ ކޮމިޓީގެ އެހެން މެމްބަރުން ބައްދަލުވުމެއްގައި. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އިންޑިއާ ރައްޔިތަކަށް މާލެއިން ގޯތި ނުދޭ ކަމަށާއި، ގޯތި ލިބޭ މާލޭ ރައްޔިތުންގެ ލިސްޓުގައި ހިމެނިފައިވާ، ދާދި ފަހުން ދިވެހި ރައްޔިތުކަން ދިން އިންޑިއާ މީހެއްގެ ނަން، ދާއިމީ ލިސްޓުން އުނިކުރާނެ ކަމަށް ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހޯމަ ދުވަހު ހާމަ ކުރި ބިންވެރިޔާ ސްކީމުގައި މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ، އިނީ ޝަރުތުހަމަވާ، އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގަ އެވެ. އެ ލިސްޓުގައި ތިބި ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ހަބީބް، 46، އަށް ދިވެހި ރައްޔިތުކަން ދިނީ މި ފާއިތުވި ހަތް އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އޭނާއަކީ ކުރިން ފެށިގެން ރާއްޖޭގައި ދިރިއުޅޭ މީހެއް ކަމަށްވެ އެވެ.

ނަމަވެސް "އަދަދު" އާ މިއަދު ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ ހަބީބުގެ ނަން ލިސްޓުގައި އޮތް މައްސަަލަ ކޮމެޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭނާގެ ނަން އޮތީ އޮޅުމަކުން ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"އިންޑިއާ ރައްޔިތަކަށް ގޯތި ދީފައެއް ނުވާނެ، އެއީ މާލެ ރައްޔިތެއް، އެކަން ވަނީ ސަމާލުކަމަށް އައިސްފައި، އެކަމަކު ގޯތި ދިނުމުގެ އުސޫލުގެ ތެރެއިން ގޯތި ލިބުމުގެ ޝަރުތު އޭނާގެ ހަމައެއް ނުވޭ، އެކަން ދާއިމީ ލިސްޓުގައި އިސްލާހު ވާނެ،" އަކްރަމް ވިދާޅުވި އެވެ.

ހަބީބަކީ 2021 ވަނަ އަހަރު ހުޅުމާލެއިން ގޯތި ވިއްކުމަށް ހުޅުވާލުމުން ވެސް ބިޑު ކުރި މީހެކެވެ. އޭނާގެ ބިޑު ގަބޫލު ކުރި ނަމަވެސް ކާމިޔާބުވެފައެއްނުވެ އެވެ.

އޭނާ ވިދާޅުވީ ހަބީބަކީ މީގެ ކުރިން އިންޑިއާ ރައްޔިތެއް ނަމަވެސް މިހާރު އެއީ މާލެ ރަށްވެއްސެއް ކަމަށެވެ. ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން އާންމު ކުރި އުސޫލުގެ ދަށުން އޭނާއަށް ގޯތި ލިބުމުގެ ޝަރުތު ހަމަނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާންމުކުރި އުސޫލުގައި އޮންނާނެ، އެއްވެސް އިރެއްގައި އެހެން ރަށެއްގައި ރެޖިސްޓަރީވެފައި ނުވާ ފަރާތްތަކަށޭ މާލެއިން ގޯތި ލިބޭނީ، އަޅުގަނޑުމެން ބެލީ ޑީއެންއާރުގެ ސިސްޓަމް، އޭނާއަކީ މީގެ ކުރިން އެހެން ގައުމެއްގައި ރެޖިސްޓަރީވެފައި އޮތް މީހެއް ވީމާ އެކަން ސިސްޓަމުން ޕިކް ނުކޮށް އިނީ، އިސްލާހު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ވަގުތީ ލިސްޓެއް އާންމު ކުރުމުގެ ބޭނުމަކީ ވެސް އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު އެހެން ހުންނަ ކަންކަން ދެނެގަނެ އެކަންކަން އިސްލާހު ކުރުން ކަމަށެވެ. އަދި މި ހަފުތާގައި އާންމު ކުރި ލިސްޓުން ފާހަގަ ކުރެވިފައި ވަނީ އެ މައްސަލަ އެކަނި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ އެކަންޏެއް ނޫން، އިތުރު މައްސަލަތައް ވެސް އެބަހުރި ފާހަގަކުރެވިފައި، އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން، ދާއިމީ ލިސްޓި އާންމުކުރާއިރު، އެކަންކަން އިސްލާހު ކުރެވިފައި ހުންނާނީ" އަކްރަމް ވިދާޅުވި އެވެ.

"ދެމަފިރިންނަށް ވެސް ހުރެދާނެ ގޯތި ދެވިފައި، އެކަންކަން ދާއިމީ ލިސްޓުގައި އިސްލާހު ވާނެ،" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ.

އެ ސްކީމްގެ ދަށުން މިބުރުގައި ދޫކުރުމަށް ނިންމާފައިވާ 5000 ގޯތީގެ އިތުރުން ވެސް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ކުރިއަށް އޮތް ތަނުގައި ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން 12،794 ފޯމުގެ ޝަރުތު ހަމަވާކަމަށް މިދިޔަ ހޯމަ ދުވަހު އިއުލާނު ކުރި ލިސްޓުގައިވެ އެވެ.

ގޯތީގެ އިތުރުން، މާލެ ސަރަހައްދުން ފުލެތު ދޫލުރުމަށް ވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި އެވެ. އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ވަގުތީ ލިސްޓު މިފެށޭ ޖުލައި މަހުގެ ތެރޭގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ދުވަހުގެ ކޯޓޭޝަން

މާލެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތައް ބެލުމަށް ފަހު ދާއިމީ ލިސްޓު އާންމުކުރާނެ ކަމާއި އެ ލިސްޓުގައި އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށް ގެދޮރުވިޔާ ކޮމިޓީގެ ޗެއާ އަކްރަމް ވިދާޅުވި އެވެ.

އެ މައްސަލަ އެކަންޏެއް ނޫން، އިތުރު މައްސަލަތައް ވެސް އެބަހުރި ފާހަގަކުރެވިފައި، އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން، ދާއިމީ ލިސްޓި އާންމުކުރާއިރު، އެކަންކަން އިސްލާހު ކުރެވިފައި ހުންނާނީ"

ދުވަހުގެ ފޮޓޯ

ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ރާއްޖެ އާއި ލެބަނަން ބައްދަލު ކުރި މެޗްގެ ތެރެއިން. އެ މެޗު ލެބަނަން 1-0 އިން ކާމިޔާބު ކުރުމުން، ރާއްޖެ ވަނީ މުބާރާތުން ކަޓާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ރާއްޖެ އާއި ލެބަނަން ބައްދަލު ކުރި މެޗްގެ ތެރެއިން. އެ މެޗު ލެބަނަން 1-0 އިން ކާމިޔާބު ކުރުމުން، ރާއްޖެ ވަނީ މުބާރާތުން ކަޓާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ރާއްޖެ އާއި ލެބަނަން ބައްދަލު ކުރި މެޗްގެ ތެރެއިން. އެ މެޗު ލެބަނަން 1-0 އިން ކާމިޔާބު ކުރުމުން، ރާއްޖެ ވަނީ މުބާރާތުން ކަޓާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox