ނުކުޅެދުންތެރިކަން ގިންތިކޮށް, އެލަވަންސްތަކަށް ގެނައިި ބަދަލުގެ ތަފުސީލު

ނުކުޅެދުންތެރިކަމުގެ އެލަވަންސަށް އަލަށް ތައާރަފްކުރި ބައިތަކުގެ ތެރޭގައި ކެއަރާ އެލަވަންސް އަދި ސެލްފް ކެއާ އެލަވަންސް ވެސް ހިމެނޭ

ނުކުޅެދުންތެރިކަމުގެ އެލަވަންސަށް އަލަށް ތައާރަފްކުރި ބައިތަކުގެ ތެރޭގައި ކެއަރާ އެލަވަންސް އަދި ސެލްފް ކެއާ އެލަވަންސް ވެސް ހިމެނޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީތެރިކަމެއް ދިނުމުގެ ޕްރޮގްރާމެއް ތައާރަފުކޮށް, އެ ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް މަހަކު 2,000 ރުފިޔާގެ އިނާޔަތެއް ދޭން ފެށީ 2011 ވަނަ އަހަރެވެ. އޭރުގެ އިގްތިސޯދީ ހާލަތަށް ބަލާއިރު, އެއީ ފުދޭ އެއްޗެކެވެ. އެ އިނާޔަތް މުރާޖައާ ނުކުރެވި އޮތުމަށްފަހު އޭގެ 13 އަހަރު ފަހުން ސަރުކާރުން މުރާޖައާ ކުރީ ނުކުޅެދުންތެރިކަން ގިންތިކޮށް އިތުރު އިނާޔަތްތަކެއް ވެސް އިތުރުކުރުމަށްފަހު އެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ތަހަންމަލު ކުރަމުންދާ 11,371 މީހުންނަށް މީގެ ކުރިން ލިބެމުން ދިޔަ 2,000 ރުފިޔާގެ އިނާޔަތް މި މަހުން ފެށިގެން 3,000 ރުފިޔާއަށް ބަދަލުވެގެންދާނެ އެވެ. އަދި އެ މީހެއްގެ ހުރި ނުކުޅެދުންތެރިކަން ގިންތި ކުރުމަށްފަހު ކެއަރާ އެލަވަންސް, ސެލްފް ކެއާ އެލަވަންސް އަދި ގޭބިސީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު ތިނަކަށް އަރާނަމަ ލިބޭ އެލަވަންސް ވެސް ލިބިގެންދާނެ އެވެ.

  • ކެއަރާ އެލަވަންސް - 2,000 ރުފިޔާ
  • ސެލްފް ކެއާ އެލަވަންސް - 1,000 ރުފިޔާ
  • ގޭބިސީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 3 ނުވަތަ އެއަށްވުރެ އިތުރުނަމަ - 1,000 ރުފިޔާ

ކެއަރާ އެލަވަންސަކީ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާ މީހުންނަށް ދޭ އެލަވަންސެކެވެ. އަދި ސެލްފް ކެއާ އެލަވަންސަކީ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަންޖެހޭ ތަކެތި ހޯދުމަށް އެހީތެރިވުމުގެ ގޮތުން ދޭ އެލަވަންސެކެވެ. ނެޕީ ޖަހާ ފަރާތްތަކަށް މި އެލަވަންސް ލިބޭނެ އެވެ.

Advertisement

މި ދެ އެލަވަންސް ވެސް ދޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އުމުރުން 65 އަހަރު ނުވާ މީހުންނަށެވެ.

ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުން އުޅޭއިރު އޭގެ ތެރެއިން އެއްވެސް މީހަކަށް ކެއަރާ ނުވަތަ ސެލްފް ކެއާ އެލަވަންސް ނުލިބުނަސް އެމީހުންނަށް ލިބޭ އެލަވަންސްގެ ޖުމްލަ އަދަދު 12,000 އަށް އަރާނެ އެވެ. އަދި ސެލްފް ކެއާ އަދި ކެއަރާ އެލަވަންސް ލިބޭ މިންވަރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ނަމަ އެލަވަންސްގެ އަދަދު 21,000 އަށް އަރާނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެލަވަންސް ލިބޭނެ އަދަދުތައް:

  • 42 ޕަސަންޓު (4775) މީހުން - 3,000 ރުފިޔާ (ހަމައެކަނި އަސާސީ އެލަވަންސް)
  • 15 ޕަސަންޓު (1705) މީހުން - 4,000 ރުފިޔާ (އަސާސީ + ސެލްފް ކެއާ އެލަވަންސް)
  • 25 ޕަސަންޓު (2842) މީހުން - 5,000 ރުފިޔާ (އަސާސީ + ކެއަރާ އެލަވަންސް)
  • 15 ޕަސަންޓު (1705) މީހުން - 6,000 ރުފިޔާ (އަސާސީ + ކެއަރާ + ސެލްފް ކެއާ އެލަވަންސް)

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ބަދަލު ގެނެސސްފައިވާއިރު, ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލާފަ އެވެ. ޑިޖިޓަލްކޮށް އެކުލަވާލި އެ ދަފްތަރަށް މިއަހަރުގެ ފުރަތަމަ ފަސް މަސް ތެރޭގައި ވެސް ޖުމްލަ 644 މީހުން ވަނީ އަލަށް ރަޖިސްޓްރީ ކޮށްފަ އެވެ. އަދި އެ ރަޖިސްޓްރީން, އެމީހެއްގެ ހާލަތު އަދާހަމަ ކުރެވޭނެ އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ގެންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕިއުޓިކް ފައުވާއަށް ވެސް ފައިސާގެ އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން 550 އަށްވުރެ ގިނަ މީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރު ސަރުކާރުން ވަނީ 31 މިލިއަން ރުފިޔާ އެކަމަށް ހަރަދުކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ކުރަން ޖެހޭ ހޭދަ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ކުރަން ޖެހޭ ހޭދަ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ކުރަން ޖެހޭ ހޭދަ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 2011 ވަނަ އަހަރު ތައާާރަފުކުރި އިރު, އެ އެލަވަންސް ލިބޭ 3,560 މީހުންނާއެކު އެކަމަށް ސަރުކާރުން ހަރަދުކުރީ 79.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރަކަށްވުރެ އަހަރެއް އެ އަދަދު އިތުރުވަމުން އައިސް, މިދިޔަ އަހަރު 10,701 މީހުންނަށް ސަރުކާރުން 244.3 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު އިތުރުވަމުން އައުމާއި, އެލަވަންސަށް ގެނައި ބަދަލާއެކު ސަރުކާރުން މިކަމަށް އެއަށްވުރެ ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ.

އިނާޔަތް ބޮޑުކުރުމާ ބެހޭގޮތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ, ހަމަ ތިބެފައި ބުނާ އަދަދެއް އެންމެނަށް އިތުރު ކުރުމުގެ ބަދަލުގައި ހާލަތަށް ރިއާޔަތްކޮށް އެންމެ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ގޮތަށް ކަން ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކެއަރާ އެލަވަންސްގެ މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަލަހައްޓާ މީހަކީ އޭނަގެ އަމިއްލަ ކަންކަމުން މަހުރޫމުވެފައިވާ މިނިވަންކަން ވެސް ގެއްލިފައިވާ މީހެއް ކަމަށެވެ.

"އަޅުގަނޑަށް މިހާރުވެސް 2,000 ރުފިޔާ މަދު ކެއަރާ އަކަށްދޭން. އެކަމަކު މިވަގުތު ބަޖެޓު ތެރެއިން ދެވެން އޮތީ އެވަރު" ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މީހުންގެ ހިތްވަރާއި, އެމީހުންވާ ގުރުބާނީއަށް ތައުރީފު ކުރައްވަމުން މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވި އެވެ.

ސެލްފް ކެއާ އެލަވަންސަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ބޮޑެތި މީހެއްގެ ނެޕީއަށް މަހަކު މަދުވެގެން 1,000 ރުފިޔާ އަރާނެ ކަމަށެވެ. ނެޕީގެ އިތުރަށް ވެސް އެހެނިހެން ސާމާނު ބޭނުންވާނެކަން ފަހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ މަދު އަދަދެއް ނަމަވެސް މިވަގުތު ބަޖެޓުގެ ހާލަތު ހުރި ވަރުން މިއީ ދެވެން އޮތް އެންމެ މަތީ މިންވަރު ކަމަށެވެ.

އަލަށް ތައާރަފުކުރާ އެލަވަންސްތަކަކީ ހަގީގަތުގައި ވަރަށް މަދު އެއްޗެއް ކަމުގައި ވީނަމަވެސް ސަރުކާރުގައި ދެމި ތިބި ކަމަށްވާނަމަ ކުރިއަށް އޮތް އަހަރުތަކުގައި އެލަވަންސްތަކަށް ބަދަލުގެންނާނެ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox