ބައްދަލުކުރަން ދިއުމުން އެޗްއާރުސީއެމުން ކަންކުރި ގޮތާމެދު ހިތާމަ ކުރަން: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނޫސްވެރިންނާ ބައްދަލުކުރަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނޫސްވެރިންނާ ބައްދަލުކުރަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް ޔާމީނަށް ނުހައްގު އަނިޔާތަކެއް ކުރަމުން ގެންދާ ކަމަށް ކުރާ ތުހުމަތާއި ޔާމީން މިނިވަން ކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާތަކުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އެޗްއާރުސީއެމްއާ ބައްދަލު ކުރުމަށް މިއަދު ދިއުމަށް އެ ކޮމިޝަނުން ކަންތައް ކުރި ގޮތާ މެދު ހިތާމަކުރާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "އަދަދު" އަށް ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ވަފުދާ ބައްދަލު ކުރުމަށް އެޗްއާރުސީއެމުން ހަމަޖައްސާފައި އޮތީ މިއަދު ހެނދުނު 11:15 ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ އެޗްއާރުސީއެމަށް ހާޒިރުވީ މިއަދު 12:30 ހާއިރު ކަމަށާއި، އެޗްއާރްސީއެމުން ކަނޑައެޅި ގަޑިއަށް ވުރެ ލަސްވާތީ އެކަން އެންގެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރައީސް އޮފީހުން 10:30 އަށް ގަޑި ދީފައި އޮތްކަން އެނގިގެން ދެންނެވިން [އެޗްއާރުސީއެމަށް]، އަޅުގަނޑުމެންނެއް ނުނިމޭނެޔޭ 11 ޖަހާއިރަކަށް، އަޅުގަނޑުމެން ލަސްވާނެޔޭ،" ލަސްވި ސަބަބުން އޮޅުންފިލުއްވައިދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް، އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮސް ހުށަހަޅަން އުޅޭ މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި މިއަދުން މިއަދަށް އެ މައްސަލަ ހުށަހަޅަން ބޭނުންވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން އެންމެކުޑަމިނުން، އެސްޖީ ނުވަތަ ކޮމިޝަނުގެ މެންބަރަކު ނަމަވެސް އަޅުގަނޑުމެންނާ ބައްދަލު ކޮށްލަދޭށޭ، އެންމެ ފަސް ވަރަކަށް މިނެޓެއް ނޫންހެއްޔޭ ވާނީ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުން އެދުނު ގޮތަށް، ބައްދަލު ކުރުމަށް އެ ކޮމިޝަނުން އުޒުރުވެރިވި ކަމަށާއި އެއީ ދެރަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިދާޅުވީ މީޓިންއެއްގައޭ ތިބީ މަޑުކޮށްލާށޭ، އޭގެ ގަޑިއެއްގެއިރު ފަހުން އަހާލީމަ ބުނީ އަދި ނުނިމެޔޭ، އަނެއްކާ ގަޑިއެއްގެއިރު ކޮށްފައި އަހާލީމާ ވެސް ބުނީ ނުނިމެޔޭ،" ޝިޔާމް ވިދާޅުވި އެވެ.

މަޑުކޮށްގެން ތިބޭތާ ހަތަރު ގަޑިއިރާ ބައި ވީމަ އަޅުގަނޑުމެން އަހާލީމަ ބުނީ އެ ބޭފުޅުން ވަޑައިގެންފިއޭ، އޭރު ގަޑިން ހަވީރު ހަތަރު ގަޑި ބައި،"

އޭނާ ވިދާޅުވީ މިއަދަކީ ރާއްޖޭގެ ޑިމިކުރެސީގެ ހަޔާތުގައި ހަޑި ދުވަހެއް ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅަންދިޔަ ބަޔަކު ނެރެން ފުލުހުން ފޮނުވަންޖެހޭ ހިސާބަށް ކަންކަން ދިޔައީމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ޑިމޮކުރެސީގެ ހަޔާތުގައި މިއަދަކީ ހަޑި ދުވަހެއް، ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅަންދިޔަ ބަޔަކު ނެރެން ފުލުހުން ފޮނުވަންޖެހޭ ހިސާބަށް ކަންކަން ދިޔައީމަ،" ޝިޔާމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ޕީޕީއެމް/ ޕީއެންސީން އެ ކޮމިޝަނުގެ ތެރެއަށް ވަދެ އަޑުގަދަކޮށް ބައެއް މަސައްކަތްތައް ކުރުމަށް ދަތިވާ ފަދަ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޕްރޮގްރެސިވް ކޯލިޝަނާ ބައްދަލު ކުރުމަށ ހަމަޖެއްސި ވަގުތު ފާއިތުވެގެންދިޔަ އިރުވެސް އެ ކޮމިޝަނަށް ކޯލިޝަންގެ ބައިވެރިން ހާޒިރުވެފައި ނުވާތީ މާދަމާއަށް އެޕޮއިންޓުމަންޓު ބަދަލުކޮށް އެކަން ސިޓީއަކުން އެންގި ކަމަށެވެ. ނަމަވެސް އެ ކޯލިޝަނުގެ ބައިވެރިން އެޗްއާރުސީއެމަށް ދިޔައީ ބައްދަލުވުން ލަސްކުރިކަން އެންގިފަހުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ކޮމިޝަނުގެ މެންބަރުންގެ އެހެން ބައްދަލުވުމެއް ކުރިއަށްދިޔަ ވަގުތު މެންބަރުން ބައްދަލުވުމެއްގައި ތިބިކަން ތަކުރާރުކޮށް އެންގުމުން ވެސް މެންބަރުންނާ ބައްދަލުކޮށްފައި ނޫނީ އޮފީހުން ނުދާނެ ކަމަށް ބުނެ، އޮފީސް ރިސެޕްޝަނުން ދިއުމަށް އިންކާރުކޮށް އޮފީސް ތެރޭގައި އަޑުގަދަ ކޮށްފައިވެ އެވެ،" އެ ބަޔާނުގައި ލިޔެފައިވެ އެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ބުނީ ފުލުހުން އައުމުން ނޫނީ އެތަނުން ނުނިކުންނާނެ ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ބައިވެރިން ބުނެ، ކޮމިޝަނުގެ ހުއްދައެއް ނެތި އެތަނުގެ ތެރެއަށް މީޑިއާއެއް ވައްދައި ވަގުތުން އެތަނުގެ ތެރެއިން އެ މަންޒަރުތައް ގެނެސްދެމުންދިޔަ ކަމަށެވެ.

އެކަމާ ގުޅިގެން ޕްރޮގުރެސިވް ކޯލިޝަނުގެ ނައިބު ރައީސް، އިބްރާހިމް ސުޖާއު ވެސް ވަނީ އެޗްއާރުސީއެމަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެޗްއާރުސީއެމާ ބައްދަލު ކުރުމަށް އެ ކޮމިޝަނަށް ދިއުމުން އެތަނުގެ ވެރިން ވަލު ދޮރާށިން ނުކުމެގެން ފިލީ ކަމަށެވެ. އަދި އެމީހުން އެތަނުން ނުކުމެގެން ދިޔައީ ޕްރޮގްރެސިވް ކޯލިޝަނުގެ ވެރިން އެތަނުގެތެރޭގައި ތަޅުލާފައި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕްރޮގުރެސިވް ކޯލިޝަނުގެ ބައިވެރިން އަމަލު ކުރި ގޮތުގެ ސަބަބުން ކޮމިޝަނުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުން ލިބެންޖެހޭ ރައްކާތެރިކަމަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.

އަދި މަސައްކަތުގެ ވަގުތު ނިމި، އޮފީސް ބަނދު ކުރަންޖެހޭ ވާހަކަ ބުނުމުން ވެސް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ބައިވެރިން ކޮމިޝަނުގެ އޮފީހުން ނުކުތުމަށް ދެކޮޅު ހެދުމުގެ ސަބަބުން އޮފީސް ބަންދު ނުކުރެވި އެތައް އިރެއް ހޭދަވީ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއަދުގެ ހާދިސާއާ ގުޅިގެން އެޗްއާރުސީއެމުން ބުނީ އިންސާނީ ހައްގުތަކާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ އޮންނަ އުސޫލުގެ ތެރެއިން ކޮމިޝަނުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި އެފަދަ މައްސަލަތަކާ ގުޅޭގޮތުން ބައްދަލުވުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ހައްގުތައް ހޯދުމަށް ކުރާ މަސައްކަތުގައި އަނެކާގެ ހައްގަށް އަރައިނުގަނެ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox