ހުލާސާކޮށް އިއްޔެ: އީވާގެ އިތުބާރު ނެތް މައްސަލަ އެޖެންޑާއިން ނެގުން

Jun 9, 2023, 1:18 AM
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވަން އެޖެންޑާ ކުރި ނަމަވެސް، ދާއިމީ ކޮމިޓީތައް އަލުން އެކުލަވާ ނުލެވޭ ކަމަށް ބުނެ، މުއްދަތެއް ނެތް ގޮތަކަށް އެ މައްސަލަ އެޖެންޑާއިން ނަގައިފި އެވެ.

ރައްޔިތުންގެ މަޖިލިހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އީވާގެ މައްސަލަ އެޖެންޑާނުކުރަން ނިންމީ މަޖިލިހުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ އަދަދަށް އައި ބަދަލަށް ފަހު ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ދެން ތިބޭނެ ގޮތް އަދިވެސް ފާސްނުވާތީ ކަމަށެވެ.

މަޖިލިހުގެ ގަވާއިދުގައި އޮންނަ ގޮތުން، އިތުބާރު ނެތް މައްސަލަތަކުގެ ގަރާރެއް ހުށަހެޅުމުން މެމްބަރުން ބަހުސްކުރަން ދެވޭ ވަގުތުތައް ފާސްކުރާނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ.

"ވީމާ، މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ބަަހުސް ކުރުމުގެ ވަގުތު ކަނޑައަޅައި ނިމުމުން، އެ ގަރާރު އެޖެންޑާކުރެވޭނެ ތާރީހެއް ފަހުން އަންގާނެ ވާހަކަ ދެންނެވިން،" މަޖިލިހުގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ މެމްބަރުކަމުން ވަކިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ މެންބަރުން އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގަތް 13 މަޖިލިސް މެމްބަރުންގެ ތެރޭގައި އީވާ ވެސް ހިމެނެ އެވެ.

އީވާ ވަކިކުރުމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ އޭގެ ފަހުންނެވެ. އަދި އެ މައްސަލާގައި އީވާ ވަކިކުރުމަށް ވޯޓު ދޭން ޖެހޭ ގޮތަށް ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ތްރީލައިން ވިޕެއް ނެރުމަށް ވެސް ފާސްކޮށްފައިވެ އެވެ.

އީވާގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު މަޖިލިހުގެ ރައީސްކަމުން ވަކިކުރަން ހުށަހެޅީ އެމްޑީޕީގެ 50 މެމްބަރުން ހިމެނޭ ގޮތަށް ޖުމުލަ 54 މެމްބަރުންގެ ސޮޔާއެކުގަ އެވެ.

ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވާދަވެރި ފަރާތްތަކުން ހުށަހެޅި ގަރާރެއްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސޮއިކުރެއްވުމުން އޭނާ ޕާޓީން ވަކިކޮށްފައިވަނިކޮށެވެ.

ނަޝީދު މަގާމުން ދުރުކުރުުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް މައްސަލާގައި ރިޔާސަތުގައި ނަޝީދު އިންނަވައިގެން ވޯޓަށް ނާހައި ލަސްކުރަނީ ގާނޫނު އަސާސީއާއި މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އިތުބާރު ނެތްކަމުގެ މައްސަލަތަކާ ގުޅިގެން މަޖިލީހުގައި މަރުތަޅު އެޅިފައިވާއިރު، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ،

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބުރައީސްގެ މައްސަލައެއް ހުށަހެޅި ނޯޓިސް ދެވި، ނޯޓިސްގެ މުއްދަތު ހަމަވެފައި ވާ ނަމަ އެއްވެސް މަަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު،"

ދުވަހުގެ ފޮޓޯ

ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންދިޔުމަށް ލޯންޗަށް އަރުވަން ގެންދިޔަ ވަގުތު އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން އަޑު އުފުލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންދިޔުމަށް ލޯންޗަށް އަރުވަން ގެންދިޔަ ވަގުތު އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން އަޑު އުފުލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންދިޔުމަށް ލޯންޗަށް އަރުވަން ގެންދިޔަ ވަގުތު އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން އަޑު އުފުލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox