މިއަދު ހުށަހަޅާ ނިންމީ ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތައް

ރައީސް އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން

ރައީސް އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން

އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25, 2022 ގަ އެވެ.

މިއަދު މެންދުރުފަހު 2:15 ހާއިރު ފެށި އަޑުއެހުން ނިންމާލީ ހަވީރު 4:20 ހާއިރެވެ. މިއަދު ކުރިއަށް ގެންދިޔައީ ޔޫސުފް ނައީމްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ހުށަހަޅުއްވާ ނުކުތާތައް ހުށަހެޅުއްވުމަށާއި އެއަށް ދައުލަތުން ދެއްވާ ޖަވާބު ޝަރީއަތަށް އިއްވުމަށެވެ.

ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި އެއް ނުކުތާއަކީ، ޝަރީއަތް ފަށައި ހެކިބަސް ވެސް ނެގި ފަހުން ދިފާއުން ހުށަހެޅި ހެކިބަސްތައް ނަފީކުރުމަށް ދައުލަތުން ފަހުން ހުށަހެޅި ހެކިތަކެއް ޝަރީއަތަށް ބަލައިގަނެފައިވާ މައްސަލަ އެވެ.

އޭނާގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ ޝަރީއަތަށް ހެކިބަސް ދިން މީހެއް ދެއްކި ވާހަކަ ނަފީކުރުމުގެ ބޭނުމުގައި ހެކި ހުށަހަޅާނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެއީ ގާނޫނުގައި ނެތް ފުރުސަތެއް ދައުލަތުން ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން ހުށަހެޅި ނުކުތާއަކީ، ޔޫސުފް ނައީމްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ނުފޫޒު ފޯރުވި ކަމަށް ދައުލަތުން ކުރާ ދައުވާގައި ހިމެނިފައިވީ ނަމަވެސް ޔާމީނަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ ވަރުގެ ބާރާއި ހައިސިއްޔަތެއް ނުލިބޭ ކަމަށެވެ.

ތިންވަނަ ނުކުތާއަކަށް ހުށަހެޅީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދޮޅު ގަޑިއިރުގެ ފުރުސަތެއް ދަށު ކޯޓުގައި ދިނުމުން އެއީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ. ފަހު ނުކުތާއަކަށް ހުށަހަޅާފައިވަނީ ޖަލު އަދަބު ލުއިކޮށްދިނުމަށް އެދުނު ސަބަބު ސާފުކޮށްދޭން ފުރުސަތު ނުދިނުމެވެ.

ދައުލަތުގެ ފަރާތުން ހަތަރު ވަކީލުން ހާޒިރުވެ ތިއްބެވިއިރު، ކޮންމެ ނުކުތާއަކަށް ރައްދު ދެއްވީ ފަހަރަކު ވަކީލެކެވެ. ފުރަތަމަ ނުކުތާގައި ވަކީލު އާދަމް އާމިރު ވިދާޅުވީ އާ ހެކި ހުށަހެޅުމުގެ އުސޫލުގައި، ފަހުން ފާޅުވާ ހެކިތަކާއި ފަހުން ހޯދޭ ހެކި ހުށަހެޅޭނެ އުސޫލުތައް ހިމެނޭ ކަމަށެވެ.

ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ރައްދު ދެއްވީ ޔާމީން ހުންނެވީ ނުފޫޒު ފޯރުވޭނެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށެވެ. އޭނާ ވިދާޅުވީ ރައީސަކީ ޓުއަރިޒަމް މިނިސްޓަރު ވަކިކުރެވޭނެ ބާރު އޮތް މީހަކަށް ވާތީ، އެ މިނިސްޓްރީގެ ކަންކަމަށް ނުފޫޒު ފޯރުވޭނެ ފުރުސަތު އޮންނާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު އީނާ މޫސާ، އަދަބުގެ ނުކުތާއަށް ރައްދު ދެއްވަމުން ވިދާޅުވީ، ގާނޫނުގައި އޮންނަ އަސާސީ އަދަބަށް ކުށް ސާބިތުވާ މީހެއްގެ މައްޗަށް އަދަބު ކަނޑައެޅުމަކީ ބޭއިންސާފެއް ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރު ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ދެން އޮންނަ އަޑުއެހުމުގައި ދައުލަތުގެ ޖަވާބުތަކާ ގުޅިގެން ވާހަކަ ދައްކަވަން ޔޫސުފް ނައީމަށް ފުރުސަތެއް ދެއްވާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާ ނުކުތާތަކަށް ފުރުސަތު ދެއްވާނީ އޭގެ ފަހުންނެވެ.

ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރަށް، ފަނޑީޔާރު ހުޒައިފާ މުހައްމަދާއި، ފަނޑީޔާރު މުހައްމަދު ސަލީމެވެ.

އާރަށު މައްސަލާގައި ދައުލަތުން ކުރާ ދައުވާ

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox