ހުޅުމާލެ ދެވަނަ ފިޔަވަހީއާ ދިމާ ކަނޑުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް 16 އާ ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނުނީ އިއްޔެ ހަވީރު 5:56 ހާއިރު ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން, ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ.
އެއީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. މިހާރު އެމީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
މިހާތަނަށް ބެލި ބެލުމުން އެއީ ކާކުކަން ފުލުހުންނަށް ދެނެގަނެވިފައި ނުވާއިރު, އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި, ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.













