އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއިން ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ތިން އަހަރަށް ބަހާލައިގެން ދައްކަން އެޓާނީ ޖެނެރަލް އޮފީހުން ދިން ހުށަހެޅުން އަދީބު ގަބޫލުކޮށްފި އެވެ.
ނުދައްކާ އޮތް އެއް މިލިއަން ހޯދަން އެޓާނީ ޖެނެރަލްް އޮފީސް (އޭޖީ) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅީ ދެ ލައްކަ ދެއްކުމަށް ފަހު ބާކީ، އަށް ލައްކަ ރުފިޔާ ތިން އަހަރަށް ބަހާލައިގެން ދެއްކުމަށެވެ. އެ ހުށަހެޅުމަށް އަދީބު އެއްބަސްވީ އިއްޔެގެ އަޑުއެހުމުގަ އެވެ.
އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާއެކު އެ ހުކުމަށް ފަހު އަދީބު، ޖަލު ބަންދުން، ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ.
އަދީބު ސިއްހީ ހާލަތު ހުރި ނިދުމަށް ހާއްސަ މެޝިނެއް ބޭނުންކުރަންޖެހެ އެވެ.














