ނަޝީދު ޖަރުމަނަށް ވަޑައިގެންނެވި ފަހުން ވެސް ދެ ރައީސުން ފޯނުން ވާހަކަ ދެއްކެވި: ބިގޭ

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ނަޝީދު އަދި ރައީސް ސޯލިހު. ދެ ބޭފުޅުންގެ މެދުގައި މައްސަލަ ގޯސްވީ އެމްޑީޕީގެ ކޮންޓްރޯލާ ގުޅޭގޮތުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ނަޝީދު އަދި ރައީސް ސޯލިހު. ދެ ބޭފުޅުންގެ މެދުގައި މައްސަލަ ގޯސްވީ އެމްޑީޕީގެ ކޮންޓްރޯލާ ގުޅޭގޮތުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުގައި ހުންނެވި ދުވަސްވަރުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައި ނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ދެއްކެވި ވާހަކައަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރައްދު ދެއްވައި އެކަން ދޮގުކުރައްވައިފި އެވެ.

މިއަދު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއްގައި އީވާ ވިދާޅުވި ގޮތުގައި އޭނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު އުއްމީދު ކަނޑުއްވައިލެއްވީ "ފަރުވާ ހޯއްދެވުމަށް ފަހު އަނބުރާ [ނަޝީދު] މާލެ ވަޑައިގަންނަވަންދެން އެންމެ ފަހަރަކު ވެސް" ރައީސް ގުޅުއްވާފައި ނުވާތީ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ މެއި 6, 2021 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށް ފަހު ކަންކަން ވެގެންދިޔަ ގޮތް އޭނާ ވަރަށް ގާތުން ދެކުނު ކަމަށާއި ހޮސްޕިޓަލުގައި ނަޝީދު އެޑްމިޓު ކުރުމާއި ހަމައިން ފެށިގެން އެމަނިކުފާނުގެ ހާލުކޮޅު ރައީސް ސޯލިހު ގާތުން ބައްލަވަމުން ގެންދެވި ކަމަށެވެ.

އީވާއަށް އެކަން އެނގިވަޑައިގެންނެވީ، އޭރު ނަޝީދު އަރިހުގައި ޖަރުމަނަށް ވަޑައިގެން އުޅުއްވީ އީވާގެ ފިރިކަލުން ސާބެ އާއި ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަަމަށްވާ ފާތިނާ އަބްދުލްހަކީމް ކަމަށް ވެފައި، ނަޝީދުގެ ހާލު ބެއްލެވެން އޮތީ ހަމަ އެކަނި އެ ދެބޭފުޅުންނާ ގުޅައިގެން ކަަމަށް ވާތީ ވިދާޅުވި އެވެ.

އެހެން ނަމަވެސް, ކައިރީގައި ތިއްބެވި އާއިލީ އެހެން ބޭފުޅުންނާ ވެސް ރައީސް މުއާމަލާތް ކުރައްވަމުން ގެންދެވި ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ހޮސްޕިޓަލުގައި އެޑްމިޓު ކުރެއްވި ހިސާބުން އޭގެ އިތުރުން, ޖަރުމަނަށް ވަޑައިގެންނެވި ފަހުން ވެސް ސީދާ ރައީސް އާއި ދެ ރައީސުން ފޯނުން ވާހަކަ ދެއްކެވިކަން ވެސް. ހާލު ބައްލަވައި ހުރިހާ ކަމެއް އޮޅުން ފިލުއްވައި ކުރަން ޖެހޭ ކަމެއް ވެއްޖިއްޔާ ހުރިހާ ސަޕޯޓެއް ދެއްވުމުގަ އެކަން ގާތުން ދުށް މީހެއް އަޅުގަނޑު މިއީ," ބިގޭ ވިދާޅުވި އެވެ.

އީވާގެ ވާހަކަތައް ބިގޭ ސިފަކުރެއްވީ "ހަގީގަތާ ހިލާފު" ވާހަކަތަކެއްގެ ގޮތުގަ އެވެ. އަދި, އެއީ ކޮން ބޭނުމަކު, ކޮން ނިޔަތެއްގައި ދައްކާ ވާހަކަތަކެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ބޮމުގެ ހަމަލާގެ މައްސަލާގައި ބިގޭއަށް ވެސް ނަޝީދު ފެކްޝަނުގައި ތިއްބެވި މެމްބަރުންގެ ހަމަލާތައް އޭރު އަމާޒުވި އެވެ. އެގޮތުން, މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ އިންކުއަރީއަށް ވެސް ބިގޭ ހުރަސް އެޅިކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ.

ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ލިބުމާ އެކު އޭރުއްސުރެެ އެމްޑީޕީގައި އުފެދުނު ދެ ފެކްޝަންގެ ކޯޅުން ކޮޅުންލައި ޕާޓީން އިސް މެމްބަރުންތަކެއް ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް ހަދަން ވަނީ ނިންމާފަ އެވެ. އެ ޕާޓީގެ އެންމެ އިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި އީވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox