ހުލާސާކޮށް އިއްޔެ: މޭރީއާ ދެކޮޅަށް ލަމްހާ ފުލުހަށް މައްސަލައެއް ހުށަހެޅި

May 23, 2023, 2:27 AM
މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަމްހާ

މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަމްހާ

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވުމުން އެ މައްސަލާގައި ދައުވާ އުފުލާފައިވާ ލަމްހާ އަބްދުލްރަހްމާން މޭރީއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައިގެން އުޅުނު ކަމަށް ޝަރީއަތަށް ހެކިބަސް ދިން ލަމްހާގެ އެކުވެރިޔަކު ބުނެފި އެވެ.

މޭރީ ދަންޖެހިފައި ހުއްޓައި ފެނުނު ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ރިޕޯޓް ކުރި ނަމަވެސް އޭނާ މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. އޭނާ މަރާލުމުގެ ދައުވާ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިހާރު ހިނގަމުން ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ތިން މީހަކު ހެކިބަސް ދިނެވެ. ހަތަރު މީހުންގެ ހެކިބަސް ނެގުމަށް ތާވަލުކުރި ނަމަވެސް އެއިން އަކަކު ހެކިބަސް ދޭން ހާޒިރުވެފައެއް ނުވެ އެވެ.

ހެކިބަސް ނެގި ތިން މީހުން؛

ޝުޒުނާ މުހައްމަދު، އައިޖީއެމްއެޗްގެ ނަރުހެއް އަދި މޭރީގެ އެކުވެރިއެއް

ސައިފުﷲ އަބްދުލްޣަނީ، އައިޖީއެމްއެޗް އީއާރުގައި މޭރީއަށް ފަރުވާ ދިން ޑޮކްޓަރެއް

ޝަހީމާ އާދަމް، ސީން އޮފް ކްރައިމް އޮފިސަރެއް

މޭރީގެ އެކުވެރިޔާގެ ބަސް؛

ޝުޒުނާއަކީ އައިޖީއެމްއެޗްގައި މޭރީ މަސައްކަތް ކުރި ޑައިލެސިސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދާ ނަރުހެކެވެ. ހެކިބަސް ދެމުން އޭނާ ބުނި ގޮތުގައި މޭރީ އެހެން އުޅޭއިރު ޒާތީ ދިރިއުޅުމުގެ ކަންކަން އޭނާއާ ހިއްސާކުރެ އެވެ. އެ ގޮތުން ލަމްހާއާއި މާވިންއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ވާހަކަތައް ވެސް އޮތީ ހިއްސާކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ވެއްޓަށް ގެއްލުން ނުވެ ޓޫރިޒަމް ތަރައްގީ ކުރެވޭނެ ކަމުގެ މިސާލެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ،

މުޅި މާލެ އަތޮޅުގެ ލޭންޑްސްކޭޕް މި ވަނީ ބަދަލުވެފައި. ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ތަރައްގީކޮށްފައި ވަނީ އެ ތަނުގެ ފަރަށް ގެއްލުން ނުވާނެ ގޮތަށް. ހިއްކި ރަށެއްގެ އިހުސާސެއް އެ ތަނުން ނުވޭ،"

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ ވަގުތު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެ މެމްބަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ ވަގުތު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެ މެމްބަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ ވަގުތު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެ މެމްބަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox