ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އެ ކޯޓަށް ހުށަހެޅި ހެކިތައް ބަލައިގަތުމާ މެދު ނިންމި ނިންމުންތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި އިސްތިއުނާފު އެމަނިކުފާނަށް ނާކާމިޔާބުވި އެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ބައެއް ސިއްރު ހެކިތައް ހާމަ ކުރުމަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. ދަށު ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ ނިންމުން ދެމެހެއްޓި އެވެ.
ހައި ކޯޓުގެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމް ތާއީދުކުރެއްވި އެވެ.
ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް އެދި ޔާމީންގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅުމެއް ހުށަހެޅި އެވެ. އެކަމަކު، ނިންމީ ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ދިނުމަށް މިރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވީ،
ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުން މަތީ ސާނަވީގައި ރަނގަޅު ނަތީޖާ ހޯދިޔަސް، އިތުރަށް ކިޔެވުމުގެ ފުރުސަތު، މީގެ ކުރިން އޮތީ އެހާ ތަނަވަސް ގޮތަކަށް ނޫން. އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށް ހެދީ އެ ތަފާތުތައް ނައްތައިލުން. މިއަދު ދިވެހި ކޮންމެ ދަރިވަރަކަށް އެ ފުރުސަތު އެބަ އޮތް. އަޅުގަނޑުމެން ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތައުލީމު ދިނުމަށް ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމް،"
ދުވަހުގެ ފޮޓޯ

ފުއްގިރި މައްސަލައިގެ ނިންމުންތަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އަބްދުﷲ ޔާމީނަށް ނާކާމިޔާބު ލިބިވަޑައިގެންނެވުމަށް ފަހު، އެ މަނިކުފާނު އެނބިރި މާފުށީ ޖަލަށް ގެންދިޔުމަށް މޯލްޑިވްސް ކަރެކްޝަންސްގެ ލޯންޗުގައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު












