ޗާގޯސް ޖަޒީރާ އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގައި އެ ޓްރައިބިއުނަލް އިން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށާއި އެ މައްސަލަ ބައިނަލްއަގްވާމީ ކޯޓުތަކުގައި އިސްތިއުނާފު ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ބުންޏެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. އެޕްރީލް 28, ގައި އިޓްލޮސްއިން އެ މައްސަލަ ނިންމީ ރާއްޖޭން ހުށަހެޅި ގިނަ ނުކުތާތައް ބަލައިގަނެ ރާއްޖެެއަށް ބޮޑުބައި ލިބޭ ގޮތަށެވެ.
އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ވަނީ މި މައްސަލާގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވާ ގޮތަށް ކަންކަން ކޮށްފަ އެވެ. މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމަކު ސަރުކާރުން އެކަން ދޮގުކުރެ އެވެ.
އިޓްލޮސްގެ ނިންމުމުގެ ސަބަބުން މުޅި ދައުލަތަށާއި, ވަކިން ހާއްސަކޮށް މަސްވެރި އާއިލާތަކަށް އިޔާދަނުކުރެވޭ ވަރުގެއް ގެއްލުންތައް ލިބިފައިވާ ކަމަށް އިދިކޮޅުން މި މައްސަލާގައި ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވެ އެވެ. އަދި, ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އިތުރު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން
ދުވަހުގެ ކޯޓޭޝަން
"ވިއްކާލާފައިވާ މަސްކަނޑު" އަނބުރާ ހޯދަން އިދިކޮޅުން ބައިނަލްއަގްވާމީ ކޯޓުތަކަށް ދާނެ ކަމަށް ބުނެ ނެރުނު ބަޔާނުގައި ވަނީ،
މި މައްސަލަ އިސްތިއުނާފު ކުރުމަށް ބައިނަލްއަގްވާމީ ކޯޓުތަކަށް ހުށަހަޅައި, ވިއްކާލާފައިވާ ދިވެހި މަސްކަނޑު އަނބުރާ ހޯދުމަށް, މި ކޯލިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން,"
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ އޮފީސްތަކުގެ ވޮލީބޯލް މުބާރާތުގައި އެމްއެންޑީއެފް އާއި ވެމްކޯ ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު











